Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މެސީތަ ރޮނާލްޑޯތަ؟ ވޯލްޑް ކަޕްގައި އެންމެ އުހަށް ދެވޭނީ ކޮން ކުޅުންތެރިޔަކަށް؟

އެތައް ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، މިހާތަނަށް މި ދެ ކުޅުންތެރިންނަށް ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 11:44
މެސީ އަދި ރޮނާލްޑޯ

މެސީ އަދި ރޮނާލްޑޯ

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތެވެ. އެންމެ ބޮޑު މުބާރާތެވެ. ޤައުމުތަކުގެ "ފުޓްބޯޅައިގެ ރަސްގެފާނު" ކަނޑައެޅިގެންދާނެ މުބާރާތެވެ.

މިއަހަރު ޤަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަކީ ޚާއްސަ މުބާރާތެކެވެ. އެތައް ގޮތަކުންނެވެ. މިއަހަރުގެ މުބާރާތަކީ ދުނިޔޭގައި މިވަގުތުތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ އެންމެ ފަހު ވޯލްޑް ކަޕަށްވުން ގާތްކަމުންނެވެ. މި ދެ ކުޅުންތެރިންގެ އުމުރުން މިހާރު ގުނަނީ ތިރީހުގެ ފަހު ބައިގެ ދުވަސްތަކެވެ. މެސީގެ އުމުރުން 35 އަހަރެވެ. ރޮނާލްޑޯގެ އުމުރުން 37 އަހަރެވެ. މިހެންވެ މީގެ ހަތަރު އަހަރު ފަހުން އުމުރުން ސާޅީހާ ގާތުގައި ބާއްވާ ވޯލްޑްކަޕުން މި ދެ ކުޅުންތެރިން ނުފެންނާނެ ކަމަށް ގަބޫލުކުރާ މީހުންނާއި ތަޖުރިބާކާރުން ގިނަ އެވެ.

މި ދެ ކުޅުންތެރިންނަކީ މިއަދުގެ ޖީލުގައި ފުޓުބޯޅައިގެ އުދަރެސް ފަތަހަ ކުރި ދެ ކުޅުންތެރިންނެވެ. އެތައް ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، މިހާތަނަށް މި ދެ ކުޅުންތެރިންނަށް ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ތައްޓާ އެންމެ ގާތަށް ދެވިފައިވަނީ ވެސް މެސީއަށެވެ. އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި އޭނާ ކުޅުނެވެ. އެއަހަރުގެ ފައިނަލުން އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުން 1-0 އިންނެވެ. ރޮނާލްޑޯ އަށް ޕޯޗުގަލާއެކު ވޯލްޑް ކަޕްގައި ދެވުނު އެންމެ ދުރު ހިސާބަކީ، 2006 ވަނަ އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމެވެ.

ޝައްކެތްނެތް ގޮތުގައި އަންނަ މަހުގެ 18އިން ޑިސެމްބަރު 20 އަށް ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ވެސް އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނާނީ މި ދެ ކުޅުންތެރިންނެވެ. ވޯލްޑް ކަޕްގައި މި ދެ ކުޅުންތެރިންގެ ތެރެއިން އެންމެ ދުރަށް ދެވޭނީ ކޮން ކުޅުންތެރިޔަކަށްބާއެވެ؟ މި ސުވާލަކީ މުބާރާތުގެ ކުރިންނާއި މުބާރާތް ތެރޭގައި ކުރެވޭނެ ބޮޑު ބަހުސެކެވެ.

މެސީ އަށް ބަލާނަމަ، މި ވަގުތު އާޖެންޓީނާއާއެކު މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ފޭވަރިޓުންގެ ގޮތުގައި ބަލާނެ އެއް ޤައުމަކީ ވެސް އާޖެންޓީނާއެވެ. ސަބަބަކީ މިހާތަނަށް އެ ޓީމު ދައްކަމުން އައި ކުޅުމާއި، ޓީމުގެ ފޯމަށް ބަލާފައެވެ. 2019 ވަނަ އަހަރުގެ ފަހުން މިހާތަނަށް އާޖެންޓީނާ އިން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ޤައުމުން ވަނީ މިހާތަނަށް ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ.

ހަތް ފަހަރު ބެލެންޑޯ އެވޯޑު ހޯދި މެސީ ވަނީ އާޖެންޓީނާއާއެކު 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އެ ޓީމު އޮތީ ތަފާތު ރޫޙެއްގައެވެ. މީގެ އިތުރުން ކުލަބް ލެވެލްގައި ވެސް މި ސީޒަންގައި މެސީ ފެންނަނީ ކުރިއަށްވުރެ މޮޅަށެވެ. މިދިޔަ ސީޒަނާ ޚިލާފަށް މި ސީޒަންގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި އޭނާގެ ގޯލުތައް ގިނަވެފައި މޮޅުވާ މެޗުގައި އޭނާގެ ހިއްސާ ބޮޑެވެ.

ފާއިތުވި އަހަރުތަކުގައި އާޖެންޓީނާ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބެލެންސް ސްކޮޑެއް ނެތުމެވެ. މުޅިން ހުރިހާ ކަމެއް ޖެހެނީ މެސީ އަށް ބަރޯސާވާށެވެ. ނަމަވެސް މިހާރު އާޖެންޓީނާގައި އޮތީ ބެލެންސް ސްކޮޑެކެވެ. ޓީމުގެ އެޓޭކުގައި މެސީ އަށް އެހީވުމަށް ލައުޓާރޯ މާޓިނޭޒް އާއި ހޫލިއަން އަލްވަރޭޒް ފަދަ ހުނަރުވެރި ކުޅުންތެރިން އެބަ ތިއްބެވެ. މީގެ އިތުރުން މެދު ތެރެއިން ކުޅުމަށް ރޮޑްރީގޯ އާއި ޑީ ޕައުލްގެ އިތުރުން ލިއާންޑްރޯ ޕަރްޑޭސް ފަދަ ކުޅުންތެރިން އެބަ ތިއްބެވެ. އާޖެންޓީނާގެ ގޯލުގައި ދިމާވި މައްސަލަ އަށް ހައްލު ލިބުނީ ހުނަރުވެރި ކީޕަރު އެމިލިއާނޯ މާޓިނޭޒް ޓީމުގެ ގޯލާ ހަވާލުވި ފަހުންނެވެ. އާޖެންޓީނާއިން ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބު ކުރުމާއި، މިފަހުން ދައްކަމުން އަންނަ މޮޅު ކުޅުމުގައި އޭނާގެ ދައުރު ބޮޑު ވަރަށް ބޮޑެވެ. މިހެންވެ ލިއޮނެލް ސްކަލޯނީގެ ކޯޗުކަމުގެ ދަށުން ވޯލްޑް ކަޕްގައި އާޖެންޓީނާ އަކީ ފޭވަރިޓުންގެ ގޮތުގައި ބެލެވެ އެވެ.

ގައުމީ ޓީމާއި ކުލަބުގައި ވެސް ރޮނާލްޑޯ އަށް މިއީ ދަށް އަހަރެކެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ދަތުރުކުރާ ޓީމުތަކުގެ ތެރެއިން ޕޯޗުގަލްއަކީ ޑޮމިނެންޓް ޓީމެކޭ ނުބުނެވޭއެވެ. ނަމަވެސް ޕޯޗުގަލާއެކު ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަތަރު ވަނަ ލިބުނު ފަހުން ޕޯޗުގަލަށް ގަދަ 16 ފަހަނަ އަޅާ ދެވޭ ގޮތެއް ނުވިއެވެ. 2014 ވަނަ އަހަރު އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ކެޓީ ގަދަ 16 އިންނެވެ.

ޕޯޗުގަލް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ނޭޝަންސް ލީގުގައި ސްޕެއިން އަތުން 1-0 އިން ބަލިވެ ޕޯޗުގަލް ވަނީ ކަޓާފައެވެ.

ނަމަވެސް ޕޯޗުގަލްގެ ސްކޮޑުގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަ ތިއްބެވެ. ބެނާންޑޯ ސިލްވާ، ބްރޫނޯ ފެނާންޑޭޒް، ޔާއޯ ފެލިކްސް އަދި ރުބެން ޑިއާސް ފަދަ ކުޅުންތެރިންނަނީ ކުލަބު ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިން އެންމެ ގިނަ އެއް ޓީމަކީ ވެސް ޕޯޗުގަލްއެވެ.

ކުލަބުގައި ވެސް ރޮނާލްޑޯ އަށް މިއީ ހުރިހާ ގޮތަކުން ވެސް ދަށް ސީޒަނެކެވެ. ފަސް ފަހަރު ބެލެންޑޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ މި ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުނީ އެންމެ މެޗަކުންނެވެ. ސީޒަންގެ މިހާތަނަށް ރޮނާލްޑޯ އަށް ޖެހުނީ އެންމެ ގޯލެކެވެ. ދާދި ފަހުން ނޭޝަންސް ލީގުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ފެނުނީ ދަށްކޮށެވެ.

ރޮނާލްޑޯއާއެކު ޕޯޗުގަލް ހިމެނިފައިވަނީ ވެސް އުނދަގޫ ގްރޫޕެއްގައެވެ. އެއީ ގާނާ، ސައުތު ކޮރެއާ އަދި އުރުގުއޭއާ އެއް ގްރޫޕެއްގައެވެ.

އެހެންކަމުން މެސީ އާއި ރޮނާލްޑޯގެ މި ވަގުތުގެ ފޯމަށް ބަލާނަމަ، ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވޭނީ މެސީ އަށް ކަމަށް ތަޖުރިބާކާރުން ވެސް ބުނެއެވެ. ނަމަވެސް އެ ފަރާތްތަކުން ވެސް ބުނާ އެހެން ވާހަކައެއް އޮވެއެވެ. ރޮނާލްޑޯއާއެކު ޕޯޗުގަލް "އަންޑަ އެސްޓިމޭޓް" ނުކުރާށެވެ.

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2022

މިއަހަރުވެސް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އަށް ރާއްޖެ ވެދާނެތަ؟

14 އޮކްޓޯބަރު 2022
މިއަހަރުވެސް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އަށް ރާއްޖެ ވެދާނެތަ؟
13 އޮކްޓޯބަރު 2022

ވަރުގަދަ އިލްޒާމަކާއެކު ވޯލްޑް ބޭންކާ ދެކޮޅަށް ބައިސްކަލު މުޒާހަރާއެއް!

13 އޮކްޓޯބަރު 2022
ވަރުގަދަ އިލްޒާމަކާއެކު ވޯލްޑް ބޭންކާ ދެކޮޅަށް ބައިސްކަލު މުޒާހަރާއެއް!
18 ސެޕްޓެމްބަރު 2022

ވޯލްޑް ކަޕްގައި ބީޓީއެސް، ގިނަ ބަޔަކަށް ކަމުދާނެބާ؟

18 ސެޕްޓެމްބަރު 2022
ވޯލްޑް ކަޕްގައި ބީޓީއެސް، ގިނަ ބަޔަކަށް ކަމުދާނެބާ؟
05 ސެޕްޓެމްބަރު 2022

ވޯލްޑް ކަޕްގެ ފުރަތަމަ އަންހެން ރެފްރީންނަށް ބޮޑު ޕްރެޝަރެއް!

05 ސެޕްޓެމްބަރު 2022
ވޯލްޑް ކަޕްގެ ފުރަތަމަ އަންހެން ރެފްރީންނަށް ބޮޑު ޕްރެޝަރެއް!
27 ޖުލައި 2022

މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން

27 ޖުލައި 2022
މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން
22 ސެޕްޓެމްބަރު 2020

ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!

22 ސެޕްޓެމްބަރު 2020
ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!
07 އެޕްރީލު 2020

"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟

07 އެޕްރީލު 2020
"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟
27 އޮކްޓޯބަރު 2018

މައުމޫނާ އެކު އުހަށް އެރި ޕީޕީއެމް، ޔާމީނާ އެކު ފުލަށް!

27 އޮކްޓޯބަރު 2018
މައުމޫނާ އެކު އުހަށް އެރި ޕީޕީއެމް، ޔާމީނާ އެކު ފުލަށް!
10 އެޕްރީލު 2018

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!
23 ޖެނުއަރީ 2018

ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ

23 ޖެނުއަރީ 2018
ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް