Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލޮލުގެ ބަލި

މަޔޯޕިޔާ ނުވަތަ ދުރު ފުސްވާބަލި މިހާ ގިނަވަމުން ދަނީ ކީއްވެ؟

ލޮލުގެ ބައްޔެއްކަމަށްވާ މަޔޯޕިޔާ ޖެހޭކުދިންގެ ރޭޓް އިތުރުވާތީ ބެލެނިވެރިންނާއި ޑޮކްޓަރުން ކަންބޮޑުވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 18:28
މަޔޯޕިޔާ ޖެހެނީ ފޮތް ކިޔާ ވަގުތު ގިނަވުމުން

މަޔޯޕިޔާ ޖެހެނީ ފޮތް ކިޔާ ވަގުތު ގިނަވުމުން

1980 އަދި 1990ގެ އަހަރުތަކުން ފެށިގެން, ސިންގަޕޫރު މީހުންނަށް އެމީހުންގެ ދަރިންގެ ލޮލުގެ ފެނުމަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައި ވެއެވެ. އެއީ ކުދިންގެ ލޮލުގެ ފެނުމަށް މައްސަލަޖެހި، ދުރު ސާފުކޮށް ނުފެންނަގޮތްވުމެވެ. ނުވަތަ މަޔޯޕިޔާ ޖެހުމެވެ.

ޖުމްލަގޮތެއްގައި އަށްޑިހައިގެ އަހަރު ތަކުންފެށިގެން ސިންގަޕޫރުގެ އާންމު އިޖްތިމާއީ ހާލަތު އައީ ވަރަށް ރަނގަޅުވަމުންނެވެ. އެންމެންނަށް ތައުލީމުގެ ފުރުސަތުތައް ފަހިވެ ތަނަވަސް ދިރިއުޅުމެއް ހޯދުމަށް އެންމެންނަށްވެސް މަގުފަހިވެގެން ދިޔައެވެ. މި އަންނަންފެށި ރަނގަޅު ބަދަލާއެކު، އެހާ ރަނގަޅު ނޫން ބަދަލެއްވެސް އަންނަކަން ފާހަގަކުރެވުނެވެ. އެއީ ކުދިންގެ ލޮލުގެ ފެނުމަށް މައްސަލަޖެހި ދުރު ފެންނަލެއް ފުސްވުމެވެ. މިކަން ހުއްޓުވާނެ ގޮތެއް އެއްވެސް ބަޔަކަށް ނުހޯދުނުކަމަށްވެއެވެ. މިއަދު ސިންގަޕޫރުގެ ފުރާވަރު އުމުރުގެ ކުދިންނާއި ވިއްސަކަށް އަހަރުގެ ޒުވާނުންގެ 80 އިންސައްތައަކީ ލޮލުގެ ފެނުމަށް މިމައްސަލަ ކުރިމަތިވެފައިވާ ކުދިންނެވެ. އަދި މި ސަބަބަށްޓަކައި ސިންގަޕޫރަކީ ދުނިޔޭގެ "މަޔޯޕިޔާ ކެޕިޓަލް"ގެ ނަމުންވެސް ނަން ލިބިފައިވާ ގައުމެއްކަމަށް ވެއެވެ.

ސިންގަޕޯ ނެޝަނަލް އައި ސެންޓަރުގެ ސީނިއަރ ކޮންސަލްޓަންޓް އޮޑްރި ޗިއާ ވިދާޅުވިގޮތުގައި، ސިންގަޕޫރުން މިމައްސަލައަށް ހައްލު ހޯދަން އުޅޭތާ ވިއްސަކަށް އަހަރު ވެފައި ވުމާއެކު، މިހާރު އެކަމަށް ވަނީ ޒާތަކަށް އެއްގޯސްވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ސިންގަޕޫރުގެ ގާތްގަނޑަކަށް އެންމެންނަކީވެސް "މަޔޯޕިކް" ނުވަތަ ދުރުން ތަންތަން ފެނުމުގައި މައްސަލަ ޖެހިފައިވާ މީހުންނެވެ.

ސިންގަޕޫރަށް ދިމާވި ގޮތް މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުތަކަށް ދިމާވަމުން ދާކަމަށް ބީބީސީގެ ރިޕޯޓެއްގައި ވެއެވެ. ރިޕޯޓް ބުނާ ގޮތުން އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ މިއަދު މަޔޯޕިއާ ތަހައްމަލުކުރަމުންދާ މީހުންނެވެ. އަދި އިނގިރޭސިވިލާތުގައި ވެސް މިކަން އޮތީ ހަމަ މިފަދައިންކަމަށް ބުނެފައިވެއެވެ.

މިމައްސަލަ އެންމެ ބޮޑީ ދެކުނު ކޮރެއާ، ޓައިވާން އަދި ޗައިނާގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މި ތިން ގައުމުގައި މިކަން ތަހައްމަލުކުރާ ކުދިންނާއި މީހުންގެ ނިސްބަތް ހުރީ 84 އިންސައްތައާ 97 އިންސައްތައާ ދެމެދުގައިކަމަށްވެއެވެ. މިކަން މިގޮތަށް ދާނަމަ 2050ގެ ނިޔަލަށް، މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް މިކަން ކުރިމަތިވާނެކަމަށް ބެލެވޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެކުރިން މަޔޯޕިޔާ އާންމުކޮން ކުރިމަތިވަނީ އުމުރުން 8 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް އޮތީ ފާހަގަ ކުރެވިފައެވެ. ނަމަވެސް މިހާރު މާ ޅައުމުރުގެ ކުދިންނަށްވެސް މިކަން ދަނީ ކުރިމަތި ވަމުންނެވެ. އެހާ ތުއްތު އުމުރުގައި މަޔޯޕިޔާ ޖެހިއްޖެނަމަ، ބޮޑުވެ ފުރާވަރަށް އަޅަންވާއިރަށް ލޮލުގެ އިތުރު މައްސަލަތައް ކުރިމަތިވެ އަދި ލޮލުގެ ފެނުން ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިކަން އާއިލީގޮތުން ވާރުތަވުމުގެ ފުރުސަތު ވަރަށްވެސް ކުޑަކަމަށް މާހިރުން ވިދާޅުވެއެވެ. އަދި ހަމަ އެކަނި މިގޮތުން ވާރުތަވާ ތަން ފެންނަލެއް ވަރަށް މަދުކަމަށްވެސް ޑަކްޓަރުން ވިދާޅުވެއެވެ.

މަޔޯޕިއާ ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދިރިއުޅުމުގެ އާދަކާދަތައް ގެންގުޅޭ ގޮތްތައް ކަމަށްވެއެވެ. ޚާއްސަކޮށް، ގެއިން ބޭރުގައި ހޭދަކުރާ ވަގުތު މަދުވުމާއި އަދި ފޮތް ކިއުންފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު ގިނަވެ، މާ ކައިރިން އެއްޗެތި ބެލުން ގިނަވުމެވެ. މިކަމަށް ވިސްނާލުމުން، ތައުލީމު ފުޅާކުރުމުގެ ތެރެއިން މަޔޯޕިއާ ފެތުރުން އާންމުވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޑަކްޓަރުން ވިދާޅުވެއެވެ.

ތައުލީމް ދިނުމަކީ (މައުލޫމާތާއި ތަމްރީން ހޯދުމަކީ) އޭގެ ޒާތުގައި ލޮލުގެ ފެނުމަށް އަސަރުކުރާނެ ކަމެއް ނޫނެވެ. އަދި ތައުލީމު ލިބިގަތުމުގެ ތެރެއިންވެސް ސިއްހަތަށާއި ހަށިގަނޑަށް ފައިދާހުރި ކަންކަން ދެނެގަނެ، އެކަންކަން ހާސިލްކުރެވޭނެކަން ޔަގީނެވެ. ނަމަވެސް މިއަދުގެ ތަހުޒީބު ދުނިޔޭގައި ތައުލީމު ދެނީ ގިނަ ވަގުތު ކުދިން ކްލާސްރޫމް ތަކުގައި ބައިތިއްބައިގެންނެވެ. އަދި އެވަގުތުތަކަކީ ފޮތް ކިއުމާއި ޓެބްލެޓާއި އައިޕެޑްފަދަ އެހެންވެސް އެފަދަ ތަކެއްޗަށް ގާތުން ބަލަން ތިބޭ ވަގުތުތަކެވެ. މިއީ ލޮލަށް ވަރަށް ގެއްލުންވާ ކަމެއް ކަމަށް ޑަކްޓަރުން އެއްބަސްވެއެވެ. ހަމަ އެއާއެކު ގޭތެރޭގައި ހޭދަ ކުރާވަގުތު ގިނަ ވުމުން، ތަކެއްޗާއި ތަންތަން ދުރުން ފެނުމުގެ ނުވަތަ ބެލުމުގެ ފުރުސަތު ކުޑަވުމަކީވެސް ދުރު ފުސް ވުމަށް ދިމާވާ ސަބަބެކެވެ.

މިކަމާބެހޭ ރިސަރޗްތައް ހަދަމުންދާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުން، ގޭތެރޭގައި ކުދިން ހޭދަކުރާ ވަގުތު ގިނަވުމަކީ މިކަމުގެ ސަބަބެކެވެ. އެހެނީ ބޭރުގައި އަލި ހުންނަ ގޮތާ ގޭތެރޭގައި އަލި ހުންނަ ގޮތް ތަފާތުވާނެތީއެވެ. ޑޮކްޓަރުން ފާހަގަކުރައްވާގޮތުގައި، ބައްޕަމެންގެ ޖީލުގެ މީހުންނަށް މިކަން ކުރިމަތިވެފައިނުވަނީ އޭރުގެ ކުދިން ގަސްތަކުތެރޭގައި ކުޅެން އުޅުމާއި މޫދަށް އެރުމާއި މަސްބާނަން ދިއުންފަދަ ހަރަކާތްތަކުގައި ގިނަ ވަގުތު ތަކެއްގައި ޝާމިލުވެ އުޅުނީތީއެވެ. ނަމަވެސް މިއަދު ކޮންމެ ބެލެނިވެރިޔަކުވެސް ބޭނުންވަނީ އެމީހުންގެ ދަރިން މަތީ ސްކޫލްތަކަށް ފޮނުވައިގެން ތައުލީމީގޮތުން ރަނގަޅު ނަތީޖާތައް ހޯދުމަށެވެ. މިހެން ވުމުން ކުދިން ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ގޭތެރޭއި ފިލާވަޅު ދަސްކުރާށެވެ. ނޫނީ ކްލާސްރޫމްގަ ލިޔެކިޔުމުގައެވެ. ހުސްވަގުތެއްވެސް ހޭދަކުރަނީ ޓީވީ ބެލުމުގައެވެ. ނުވަތަ ގޭމް ކުޅުމުގައެވެ. ހައްތަހާވެސް ގާތުން ބަލަންޖެހޭ ތަކެއްޗެވެ.

އާމްދަނީގެ ގޮތުން ތަނަވަސްވީވަރަކަށް ކުދިން ގޭތެރޭގައި ހިފަހައްޓާ ވަރު އިތުރުކަމަށް ރިސަރޗްތަކުން ދައްކައެވެ. މިގޮތުން ޕިއާނޯ ކުޅުމާއި އަގުބޮޑު މިއުޒިކް ސާމާނުތައް ކުޅުންފަދަ ކަންތައް އޮންނާނެކަން ފާހަގަ ކޮށްފައިވެއެވެ.

މާލީ ގޮތުން ދަށް އަދި މެދުމިނުގެ ގައުމުތައް ކަމަށްވާ ބަންގްލާދޭޝްއާއި އިންޑިޔާފަދަ ގައުމުތަކުގައި ޕަޔޯޕިޔާގެ ރޭޓަކީ 20 އިންސައްތައާ 30 އިންސައްތައާ ދެމެދުކަމަށްވެއެވެ. އެފްރިކާއަށް ބަލާއިރު މަޔޯޕިޔާ ކުރިން ވަރަށްވެސް މަދެވެ. ނަމަވެސް ފާއިތުވި ދިހަ ވަރަކަށް އަހަރުގެތެރޭގައި އެކަން ފެންނަވަރު އިތުރުވެގެން ގޮސްފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކުޑަކުދިންގެ މެދުގައި މަޔޯޕިޔާ ވަރަށް ބޮޑަށް ފެތުރިފައިވާކަން ކޮވިޑަށްފަހުވެސް ވަނީ ހާމަވެފައެވެ. އެހެނީ ސްކޫލްތައް ބަންދުކޮށް ކުދިން ގޭތެރޭގައި ޓީވީ ނުވަތަ ލެޕްޓޮޕުން ފިލާވަޅުތައް ނެގުމާއި، ހުސްވަގުތުވެސް އަބަދު ޓީވީތަކުގެ ކުރިމަތީ ތިބެންޖެހުމުންނެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ކުދިން ގެންގުޅެންޖެހޭނީ ވީހާވެސް ބޮޑަށް ގުދުރަތީ ވެށިތަކުގައެވެ. އޭރުން ކުދިންގެ ފުރިހަމަ ހެދިބޮޑުވުން ފެންނާނެއެވެ.      

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

26 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު