Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ބަލީގެ ހާލަތު

ސެޕްޓެމްބަރު މަހު 229 މީހުންނަށް ޑެންގީ ހުން ޖެހުނު

5 އޮކްޓޯބަރު 2022 | ބުދަ 13:11

ލޮލު ރޯގާ އާއި ފާނަބަސަންދާއި ހޭންޑް، ފުޓް އެންޑް މައުތު ފަދަ ބަލިތައް ވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އިތުރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 އޮކްޓޯބަރު 2022 | ބުދަ 13:11
އައިޖީއެމްއެޗް

އައިޖީއެމްއެޗް

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ޑެންގީ ބަލި ޖެހިގެން 229 މީހުން ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުދަ ދުވަހު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އެގޮތުން، ސެޕްޓެމްބަރު 2021 ގައި ރިޕޯޓް ކޮށްފައިވަނީ އެންމެ އަށް ކޭސް ކަަމަށް އެ އިދާރާއިން ބުނެއެވެ.

Advertisement - newsAdvertisement

ސެޕްޓެމްބަރު މަހުގެ އިތުރުން މިއަހަރުގެ އޮގަސްޓް މަހުވެސް ރާއްޖޭން ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ވަނި ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އޮގަސްޓް 2021 ގައި ނުވަ މީހަކު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓް މަހު 268 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އޮގަސްޓް މަހާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު މަދުވެފައި ވީ ނަމަވެސް މަދިރީގެ ޒަރީއާއިން ޖެހޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. އެގޮތުން، މަދިރިން ރައްކާތެެރިވުމުގެ ގޮތުން، ހަޑިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަނާއި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމާއި ފަތިސް ގަޑިއާއި ހަވީރު ގަޑީގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ ކުރެވިދާނެ ކަންކަން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުސް ފުޅި އާއި ދަޅު ފަދަ ތަކެތި ގޯތި ތެރެއާއި މަގުމައްޗަށް އުކާލުމަކީ އެފަދަ ތަކެތީގައި ފެން ހަރުލައި މަދިރި ބިސް އަޅައި އާލާވުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުން ޖެހިއްޖެ ހާލަތެއްގައި ގޭގައި ވެސް ފަރުވާ ދެވޭނެއެވެ. އެގޮތުން، އަރާމު ކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެެއެވެ. ތިން ދުވަހަށްވުރެ ގިނަ ދުވަހަށް ހުން އައިސް މާބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ޑެންގީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު 2021 ގައި އަރިދަފުސް ރޯގާ ޖެހިގެން 18777 މީހުން ރިޕޯޓް ކުރިއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު 33584 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން ލޮލު ރޯގާ އާއި ފާނަބަސަންދާއި ހޭންޑް، ފުޓް އެންޑް މައުތު ފަދަ ބަލިތައް ވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އިތުރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް