Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ އިން ދެމުން އަންނަ ބަހުގެ ޚިދުމަތް

ބަސް ކާޑުތައް ބޭނުން ކުރުމުގައި ދަތިތަކެއް އެބަހުރި، އާ ކާޑުތަކާއެކު އެކަން ހައްލުވާނެ: އާޒިމް

މިނީ ބަސްތަކުގައި މިހާރުގެ ބަސް ކާޑު ބޭނުން ނުކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 12:11
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މެދުގައި)

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މެދުގައި)

ބަހުގެ ޚިދުމަތް ދިނުމުގައި މިހާރު ބޭނުންކުރަމުން އަންނަ "ބަސް ކާޑު" ބޭނުން ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެމްޓީސީސީން ތައާރަފުކުރާ އާ ކާޑުތަކާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މިނީ ބަހުގެ ޚިދުމަތުން އަގު ނަގަން ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން އާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ހޯދުމަށް ބޭނުން ކުރާ ބަސް ކާޑުތައް މިނީ ބަހުގެ ޚިދުމަތް ހޯދުމުގައި ބޭނުން ނުކުރެވެނީ އޭގައި ވަރަށް ގިނަ ލިމިޓޭޝަންތައް ހުރުމުން ކަމަށެވެ. އެގޮތުން، އެ ކާޑުތަކަށް ފައިސާ އެޅުމުގައި ނުވަތަރިލޯޑު ކުރުމުގައި ރައްޔިތުންނަށް ދަތިތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ބަސް ކާޑުގައި ހުރި މި ލިމިޓޭޝަންތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމްޓީސީސީން މިހާރު އާ ކާޑެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކާޑު މިއަހަރު ނިމުމުގެ ކުރިން ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މި ކާޑު ތައާރަފު ކުރުމާއެކު މިހާރު ބޭނުން ކުރަމުން އަންނަ ހުރިހާ ބަސް ކާޑުތަކެއް އުވާލާނާއެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތަކުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އެ ޚިދުމަތް ދެމުން އައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. މިހާރު ބޭނުން ކުރާ ބަސް ކާޑަކީ ވެސް އެ ކުންފުނިން ތައާރަފު ކޮށްފައިވާ ކާޑެކެވެ.

މިހާރު ގެންގުޅޭ ބަސް ކާޑުތަކަށް ރީލޯޑް ކުރެވެނީ ބައެއް ބަސް ސްޓޮޕްތަކުންނާއި ބައެއް ފިހާރަތަކުންނެވެ. މީގެ ސަބަބުން ކާޑު ޓޮޕްއަޕް ކުރުމުގައި ގިނަ ދަތިތަކާ ދިމާވާ ކަމަށް ރައްޔިތުން ބުނެއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއާ ބަހުގެ ޚިދުމަތް ހަވާލު ކުރިތާ އެއް އަހަރު ދުވަސްވިއިރު ބަސް ކާޑުގެ އިތުރުން އެހެން ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ބަސް ކާޑުވެސް މިއަހަރު ނިމުމުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިއަހަރު ފެށި މިނީ ބަހުގެ ޚިދުމަތުގައި މިހާރު ޓިކެޓް ވިއްކަނީ އޮންލައިންކޮންނާއި ބަސްތެރެއިން ކަރުދާސް ޓިކެޓުގެ ގޮތުގައެވެ. އެގޮތުން އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ކިޔުއާރު ޓިކެޓް ނެގޭއިރު މި މަސް ނިމުމުގެ ކުރިން އީއެމްވީ ކާޑު ބޭނުން ކުރެވޭ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތާއެކު ވިސާ، އެމެކްސް އަދި މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑުތައް ބޭނުންކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު