Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޑެންމާކު ޓީމު ޤަތަރަށް ދާއިރު އާއިލާ މެމްބަރުން ނުގެންދާނެ

5 އޮކްޓޯބަރު 2022 | ބުދަ 11:21

ޑެންމާކުން މިގޮތަށް ނިންމީ އެޤައުމުގެ ފަރާތުން ގަތަރަށް ލިބޭ އާމްދަނީ ކުޑަ ކުރުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 އޮކްޓޯބަރު 2022 | ބުދަ 11:21
މިފަހަރުގެ ވޯލްޑް ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމް

މިފަހަރުގެ ވޯލްޑް ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމް

މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ޑެންމާކް ޓީމު ދަތުރުކުރާއިރު އެޓީމު ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާ މެމްބަރުން ގަތަރަށް ނުގެންދިއުމަށް ނިންމައިފިއެވެ.

ޑެންމާކު ޓީމުން މިގޮތަށް ނިންމީ އިންސާނީ ޙައްޤުތަކާއި ޚިލާފަށް ގަތަރުގައި ކުރާކަމަށް ތުހުމަތުކުރާ އަމަލުތަކާއި ދެކޮޅުކަން އެންގުމުގެ ގޮތުންނެވެ. ޑެންމާކު ފުޓްބޯޅަ އެސޯސިއޭޝަންގެ ކޮމިއުނިކޭޝަން މެނޭޖަރު ޖެކޮބް ހޯޔާ ވިދާޅުވީ މުބާރާތާއި ދިމާކޮށް ޑެންމާކުގެ ފަރާތުން ގަތަރަށް ބޮޑު އާމްދަނީއެއް ލިބޭނެ މަގު ފަހިކުރަން ބޭނުން ނުވާ ކަމަށެވެ.

މީގެ ކުރިން ވޯލްޑް ކަޕްތަކުގައި މުބާރާތް އޮންނަ ޤައުމަށް ޓީމުތަކުގެ ކުޅުންތެރިން ދަތުރުކުރަނީ އެމީހުންގެ އަނބިންނާއި ލޯބިވެރިން ގޮވައިގެންނެވެ. މީގެ ސަބަބުން އެމީހުން ހުރުމާއި ކެއުން ފަދަ އެކިކަންކަމަށް ކުރާ ޚަރަދުން މުބާރާތް ބާއްވާ ޤައުމަށް ބޮޑު އާމްދަނީއެއް ލިބެއެވެ. ޑެންމާކުން މިގޮތަށް ނިންމީ އެޤައުމުގެ ފަރާތުން ގަތަރަށް ލިބޭ މިފަދަ އާމްދަނީތައް ކުޑަ ކުރުމަށްޓަކައެވެ.

އިންސާނީ ޙައްޤުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މީޑިއާ ތަކުގައާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ވަރަށް ބޮޑަށް ގަތަރަށް ފާޑުކިޔަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން 2010 ވަނަ އަހަރުން ފެށީގެން 2021 ވަނަ އަހަރާއި ހަމައަށް ގަތަރުގައި މަސައްކަތްކުރި 6،500 ބިދޭސީ މަސައްކަތްތެރިން ވަނީ މަރުވެފައެވެ. އަދި އިންޓަރނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ބުނެފައިވާ ގޮތުގައި މަސައްކަތްތެރިން މަރުވާ އަދަދުގެ ފުރިހަމަ ރިޕޯޓެއް ގަތަރުން ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ގަތަރުން ވަނީ އެކަން ދޮގުކޮށްފައެވެ. ގަތަރުގައި އޮންނަ ވޯލްޑް ކަޕް އިންތިޒާމުކުރާ ސުޕްރީމް ކޮމިޓީ ފޯރ ޑެލިވެރީ އެންޑް ލެގަސީން ވަނީ، މުބާރާތް ބޭއްވުމަށް ބިނާކުރި ސްޓޭޑިއަމްތައް ހެދުމުގެ މަސައްކަތުގައި އުޅުނު އެތައް މަސައްކަތްތެރީންނެއް މަރުވެފައިވާ ކަމަށް ބުނާ ވަހަކަވެސް ދޮގުކޮށްފައެވެ.

ޑެންމާކުން މިފަހަރުގެ މުބާރާތަށް ފަރުމާކުރި އެޤައުމުގެ ޖާޒީވެސް ވަނީ ގަތަރުން ކުރާ މިފަދަ އަމަލުތަކާއި ދެކޮޅުކަން އަންގައިދޭ ގޮތަށް ފަރުމާކޮށްފައެވެ. މީގެ އިތުރުން، މިފަހަރުގެ މުބާރާތުގައި ގަތަރު ކުޅޭ މެޗުތައް ބެލުމަށް ޑެންމާކުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މެމްބަރުން ގަތަރަށް ދަރުކުރާނެ މިންވަރުވެސް ވަނީ މަދުކޮށްފައެވެ. އެގޮތުން ޑެންމާކް އެފްއޭގެ ކޮންމެ މެމްބަރެއް ގަތަރަށް ދާނީ އެޓީމު ކުޅޭ އެންމެ މެޗެއް ބެލުމަށެވެ. ކޮންމެ މެޗަކަށް ޑެންމާކް އެފްއޭ ބޯޑުގެ ދެމެމްބަރުންނަށްވުރެ ގިނައިން ގަތަރަށް ނުދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް