Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިބަރ ސޭފް މޯލްޑިވްސް ކެމްޕެއިން

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕެއިން ވެގެންދާނީ ރައްކާތެރިކަމާއެކު އިންޓަރނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމަށް އެޅޭ ފިޔަވަޅަކަށް: ނައިބު ރައީސް

އިންޓަރނެޓާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 07:30
ނައިބު ރައީސް ފައިސަލް ނަސީމު

ނައިބު ރައީސް ފައިސަލް ނަސީމު

ސައިބަރ ސޭފް މޯލްޑިވްސް، ޤައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާ އެކު އިންޓަރނެޓާއި، ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވީ، މިކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތު 2022" ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ. މިރަސްމިއްޔާތު އޮތީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި، އިންޓަރނެޓާއި، ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ އެއާއި ނުލައި މިއަދު ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޮވިޑް-19ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާޢީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ 'އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމަރސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

17 ޑިސެމްބަރު 2024
ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024
ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

05 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު