Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

23 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލައިގައި މުދިމަކު ވަނީ ހައްޔަރުކޮށްފައި!

21 ޖޫން 2017 | ބުދަ 04:45

މިހާރު ހައްޔަރުގައި ހުރީ މުދިމުގެ ދައްތަ އެކަނި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 ޖޫން 2017 | ބުދަ 04:45
ބޮޑު ޑްރަގު ނެޓްވޯކުން ރާއްޖެ އެތެރެކުރިން މަސްތުވާތަކެތި ފުލުހުން ދައްކާލަނީ

ބޮޑު ޑްރަގު ނެޓްވޯކުން ރާއްޖެ އެތެރެކުރިން މަސްތުވާތަކެތި ފުލުހުން ދައްކާލަނީ

ބޮޑު ޑްރަގު ނެޓްވޯކެއް ފަޅާ އަރުވާލައި ގާތްގަނޑަކަށް 23 ކިލޯގެ މަސްތުވާތަކެއްޗާއެކު 15 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކިނބިދޫ މުދިމު ހައްޔަރުކޮށްފައިވާކަން ރާއްޖެ އެމްވީއަށް ކަށަވަރުވެއްޖެ އެވެ.

ހައްޔަރުކުރި މީހުން މައުލޫމާތު ފުލުހުން ހާމަ ނުކުރިޔަސް، ޑްރަގު މައްސަލައެއްގައި މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ކިނބިދޫ މުދިމާއި އޭނާގެ އަންހެނުންނާއި މުދިމުގެ ދައްތަ ހިމެނޭ ކަމަށް، އެރަށުން ވާހަކަދެއްކި މީހަކު މައުލޫމާތުދެއްވި އެވެ.

Advertisement - newsAdvertisement

ކިނބިދޫ މުދިމަކަށް ހުރި މީހާ އަކީ އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ދައްތަ އަކީ އުމުރުން 50 އަަހަރު ގެ މީހެއް ކައުންސިލުން ބުނެ އެވެ. އެ އާއިލާ ހައްޔަރު ކުރީ ބޭސްފަރުވާ އަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސްފައި އެނބުރި އައި ވަގުތު އެއާޕޯޓުންނެވެ.

ކިނބިދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މުދިން މީހާއާއެކު އައި މީހެއްގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އިންޑިއާއިން ބަޔަކު ހަވާލުކުރި އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މީގެ ކުރިން އެފަދަ އެއްވެސް މައްސަލައެއްގައި ނުވަތަ، އެފަދަ ވާހަކައެއްވެސް، އެއާއިލާއާ ގުޅޭ ގޮތުން ނުދެކެވޭ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި

ޓޮބްލެރޯން ޗޮކްލެޓްގައި ވެސް ޑްރަގް އެތެރެކުރި

މިދިޔަ ހޯމަ ދުވަހު ފުލުހުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ޖޫން މަހުގެ 13، ވަނަ ދުވަހާއި 14 ވަނަ ދުވަހު އެއަރޕޯޓުން މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަން ހާމަކޮށްފަ އެވެ. މިފަދަ އޮޕަރޭޝަންތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، އެކަނި ބޭސްފަރުވާއަށްދާ ފަރާތްތަކަށް އެހީވުމަށްފަހު، އެފަދަ ފަރާތްތަކުގެ އިތުބާރު ހޯދުމަށްފަހު، ތަކެތި ރާއްޖެ ގެނައުމަށް ހަވާލު ކުރާ މަންޒަރު ކަމަށް ފުލުހުން ބުނެ އެވެ. މިއީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.

ކަސްޓަމްސް އިން ވެސް ވަނީ، މީހަކު ދޭ އެއްޗަކީ، ކޯއްޗެއްކަން ޔަގީންނުވާ ހިދު، އަދި ބަންދު ކުރެވިފައިވާ އެއްޗެއްނަމަ، ހަވާލުނުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި، އަތުލައިގަނެވުނު މައްސަތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން އިތުރު ފަސް އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ. މި އޮޕަރޭޝަންތަކުގައި، 15 މީހުން ހައްޔަރުކޮށްފައިވެ އެވެ. މި ހަތް އޮޕަރޭޝަންގައި ޖުމްލަ 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު މިތަކެތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އަތުލައިގަތް ބައެއް ޑްރަގް ހުރި ޓޮބްލެރޯން ޗޮކްލެޓްތަކެއްގެ ތެރޭގައި ކަދުރު ޕެކެޓްތަކެއްގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް