Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީ

އަޅުގަނޑުމެންނަށްވުރެ އަވަހަށް މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖޭން ބޭރުން ވެސް ނުގެނެވޭނެ: އާޒިމް

30 ސެޕްޓެމްބަރު 2022 | ހުކުރު 06:47

އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތުން މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ސެޕްޓެމްބަރު 2022 | ހުކުރު 06:47
އާދަމް އާޒިމް

އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށްވުރެ އަވަހަށް ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖޭން ބޭރުން ވެސް ނުގެނެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވިސްނުންފުޅާއެއްގޮތަށް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރާ މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދެއްވުން ކަމަށާއި އެމްޓީސީސީގައި މިއަދު އެ ގާބިލުކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ހަވާލު ކުރާ މަޝްރޫއުތަކުގެ ތެރެއިން ޕްރޮޖެކްޓަށް އެއްވެސް ބަދަލެއް ނުގެންނަ ނަމަ އެއާޕޯޓެއްގެ މަސައްކަތް ބިން ހިއްކުމާއެކު 18 މަސް ދުވަހުގެ ތެރޭގައި ނިންމާލުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އަދި ބޮޑެތި ބަނދަރުތަކުގެ މަސައްކަތް ވެސް ޕްރޮޖެކްޓަށް ބަދަލެއް ނުގެންނަ ނަމަ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލުމަށްފަހު ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކަމަށް ގާބިލު މުވައްޒަފުންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ ކުންފުންޏަށްވުރެ އަވަހަށް މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖޭން ވެސް އަދި ރާއްޖޭން ބޭރުން ވެސް ގެނެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ކުންފުނިން މިހާރު މަޝްރޫއެއްގެ މަސައްކަތް ވެސް ފަށަނީ އެ މަޝްރޫއަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށްގެން ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އަދި ކުރިން މަސައްކަތުގެ މެދުތެރެއިން އިކުއިޕްމަންޓުތައް ގެންދިޔަ ނަމަވެސް މިހާރު އެ ކުންފުނީގެ ހުރިހާ ސައިޓެއްގައި ވެސް ބޭނުންވާ މުވައްޒަފުންނާއި އިކުއިޕްމަންޓުތައް ހަމައަށް ހުންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން އެ ކުންފުނީގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު ރައްޔިތުން އެ ކުންފުންޏަށް އިތުބާރު ކުރަން ފަށާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ކުންފުންޏަށް މިއަދު ރައްޔިތުން އިތުބާރު ކުރަން ފަށާފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ އިތުބާރު ދެމެހެއްޓުމަށް ކޮންމެ ދުވަހަކު އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް