Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެރިޓައިމް ސޭފްޓީ ވީކް

ބައިނަލްއަގްވާމީ މެރިޓައިމް ސޭފްޓީ ވީކްގެ ނިންމުމުގެ ހަފްލާ ބާއްވައިފި

29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:40

މި ހަފްތާ ރާއްޖޭގައި ފާހަގަކޮށްފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:40
މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި އުޅަނދުތައް ބަލާ ފާސްކުރަނީ

މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި އުޅަނދުތައް ބަލާ ފާސްކުރަނީ

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މެރިޓައިމް ސޭފްޓީ ވީކް ނިންމުމުގެ ހަފްލާ ބާއްވައިފިއެވެ.

މި ހަފްތާ ރާއްޖޭގައި ފާހަގަކޮށްފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށެވެ.

ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަމާގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން މާލޭ ނޯތު ހާބަރުގައި މިނިސްޓްރީގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފުން ވެސް ވަނީ މި ވީކް ފާހަގަކުރުމަށް ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ނޯތު ހާބަރުގައި ހުރި ހުރިހާ އުޅަނދުތައް ބަލާފާސްކުރިއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ބައެއް އުޅަނދު ފަހަރުގައި ލައިފް ޖެކެޓް މަދުވުމާއި، ލައިފް ޖެކެޓްގައި ނަންބަރު ޖަހާފައި ނެތުމާއި، ލައިފް ރިންގި ނެތުމާއި ލައިފް ރިންގުގައި ހުންނަންޖެހޭ ވައު ގަނޑުތައް ހަރުކޮށްފައިނެތުން ކަހަލަ ކަންކަމެވެ. އަދި އެކަންކަން އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ބުނެދީ އުޅަނދުތަކުގައި އެއްޗެހި ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެމްޕީއެލްގެ ޓީމުން ވެސް އެހީތެރިކަން ފޯރުކޮށްދީ، ދަތުރުވެރިން ސަލާމަތީ ކަންތައްތައް އަހުލުވެރި ކުރުވުމަށް ފުރިހަމައަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަސައްކަތް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަފުތާ ފާހަގަކުރުމުގެ މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކުރުވުމާއި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގާދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.

މެރިޓައިމް ސޭފްޓީ ވީކްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް