Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރަވަންދޫ ސިއްޙީ މަރުކަޒު

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމުކުރި އަވަސް ފަރުވާދޭ ޔުނިޓު ހުޅުވައިފި

މިއީ އިންޑިއާގެ އެހީއާއެކު ހުޅުވި ޔުނިޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 00:12
ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމުކުރި އަވަސް ފަރުވާދޭ ޔުނިޓު ހުޅުވުމުގެ ރަސްމިއްޔާތު

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމުކުރި އަވަސް ފަރުވާދޭ ޔުނިޓު ހުޅުވުމުގެ ރަސްމިއްޔާތު

ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމު ކުރި އަވަސް ފަރުވާދޭ ޔުނިޓު ހުޅުވައިފިއެވެ.

ބުުދަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޔުނިޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޖެންޑަރ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އަވަސް ފަރުވާ ދޭ ޔުނިޓުން ޚިދުމަތް ހޯދަން އަންނާނީ ހަމައެކަނި ނުރައްކާތެރި ހާދިސާތަކުގައި އަނިޔާލިބޭ ފަރާތްތައް ކަމުގައި އެކަނި ދެކިގެން ނުވާނެކަމަށާއި، ޖިންސީ އަނިޔާއާ ޖިސްމާނީ އަނިޔާ ލިބޭ ފަރާތްތައް ވެސް އެ ޔުނިޓުން ޚިދުމަތް ހޯދުމަށް އަންނާނެކަން ދަންނަން ޖެހޭކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ޚިދުމަތެއް ދޭއިރު ބަލަން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދަރަވަންދޫގެ ސިއްޙީ މަރުކަޒަކީ އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން އާއްމުކޮށް ޚިދުމަތް ހޯދާތަނަކަށް ވެފައި، އަވަސްފަރުވާގެ ޒަމާނީ ވަސީލަތެއް ޤާއިމުވެފައިވުމަކީ، އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުވެރިންނަށް ވެސް، ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން، ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އެކަށީގެންވާ އަވަސްފަރުވާގެ ޚިދުމަތް ގާތުން ލިބިގެންދާނެ ތަނަކަށް އެ ޔުނިޓު ވެގެންދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމުކުރި އަވަސްފަރުވާދޭ ޔުނިޓަކީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ގާއިމުކުރި ޔުނިޓެކެވެ. އެގޮތުން އިންޑިއާ ސަރުކާރުން އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ދިވެހި ސަރުކާރުން ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 3 މިލިއަން ރުފިޔާއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވަނީ އެ ޔުނިޓް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް މި ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީގެ ޚިދުމަތުގެ ސަބަބުން ހެޔޮ ބަދަލެއް އެންމެބޮޑަށް ފެނިގެންދާނެ އެއް ދާއިރާއަކީ، ސިއްޙީ ދާއިރާކަން ނަސީމް ފާހަގަކުރެއްވިއެވެ.

ބ. ދަރަވަންދޫހެލްތު މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު