Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޓީއެލްގެ ޚިދުމަތް

ބޮޑުތިލަދުންމަތީގެ 3 ބޭފުޅަކު ދިވެހިންނަށް މިނިވަންކަން ހޯދައިދެއްވި، މިއަދުގެ ރައީސް ދިވެހިން ރަށްތަކުން މިނިވަންކޮށްދެއްވަނީ: އާޒިމް

28 ސެޕްޓެމްބަރު 2022 | ބުދަ 02:05

ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އާޒިމް ޝުކުރު އަދާކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ސެޕްޓެމްބަރު 2022 | ބުދަ 02:05
އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

ތިލަދުންމަތީގެ ތިން ބޭފުޅަކު ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވިއިރު މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިހު ދިވެހިން ރަށްތަކުން މިނިވަންކުރައްވަމުން ގެންދަވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް) ގެ ފުރަތަމަ ފިޔަވަހި ނިންމައި ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމުން ގުޅުވާލުން ފާހަގަ ކުރަން އަންގާރަ ދުވަހުގެ ރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅުވާލުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ޒަމާނުއްސުރެ ދިވެހިންގެ ސިކުނޑީގައި އޮތް ރަށު ބަންދުގެ ފިކުރުން މިންޖުވާނެ މަސައްކަތެއް ކަމަށެވެ. އަދި އާރުޓީއެލްއާއެކު މިއަދު ރައްޔިތުން ރަށު ބަންދުން ވީއްލި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ލުއި ފަސޭހަތައް ލިބެން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސްގެ ވިސްނުންފުޅު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ އާރުޓީއެލްއަކީ ރާއްޖޭގެ ތަރައްގީ އާ ޒަމާނަކަށް ވާސިިލް ކޮށްދޭނެ ޚިދުމަތެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ތަކުލީފުން ރައްޔިތުން މިނިވަން ކޮށްދޭނެ ޚިދުމަތް ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވަނީ ޒަމާނީ އުޅަނދުތަކެއްގައި ކަމަށާއި އެ ޚިދުމަތް ދިނުމަށް ހުރިހާ މުވައްޒަފުންނަށް ވެސް ތަމްރީނުކޮށް ޚިދުމަތަށް ފައްކާ ކޮށްފައިވާނެ ކަމަށެވެ. އަދި ސަތަރި ފެރީން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ފެރީގެ ނިޒާމަށް ރައީސް ބަދަލު ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވަނީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ރަށްތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށާއި ރަށްރަށުގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ތިން އަތޮޅެއްގައި ދެމުން އައި ނަމަވެސް ސަރުކާރުގެ އަމާޒަކީ 2024 ގެ ނިޔަލަށް މުޅި ރާއްޖެ މި ފެރީ ނިޒާމުން ގުޅުވާލުމެވެ. އެ މަސައްކަތުގެ ދަށުން ބޭނުންވާ އިތުރު ލޯންޗުތައް ބަނުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރިއަށް އޮތް ނުވަ މަހުގެ ތެރޭގައި އިތުރު ނުވަ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އާރްޓީއެލް އާދަމް ޢާޒިމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް