Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިޔާގައި ކިޔަވާ ކުއްޖަކު މަރުވުން

ޓީޗަރަކު އަނިޔާކުރުމުގެ ސަބަބުން ދަރިވަރަކު މަރުވެއްޖެ

ދަލިތު ދަރިކޮޅަކީ އިންޑިޔާގައި އެންމެ ދަށް ފަންތީގެ މީހުންގެ ގޮތުގައި ބަލާ މީހުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 16:10
ދަށު ފަންތީގެ މީހުންނަށްވެސް ހިމާޔަތް ދިނުމަށް ގޮވާލައި އިންޑިޔާގައި މުޒާހަރާކުރަނީ

ދަށު ފަންތީގެ މީހުންނަށްވެސް ހިމާޔަތް ދިނުމަށް ގޮވާލައި އިންޑިޔާގައި މުޒާހަރާކުރަނީ

އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި ޓީޗަރަކު އަނިޔާކުރުމުގެ ސަބަބުން, 15 އަހަރުގެ ކިޔަވާކުއްޖަކު މަރުވެއްޖެއެވެ. މި ކުއްޖާއަކީ އިންޑިޔާގައި ދަރަޖަ ބެހިފައި އޮންނަގޮތުން އެންމެ ދަށު ދަރަޖަކަމަށް ބެލެވޭ "ދަލިތު" ދަރިކޮޅަށް ނިސްބަތްވާ ކުއްޖެއްކަމަށްވެއެވެ. ކުއްޖާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްނެވެ. އެއާއެކު ޓީޗަރުވަނީ ފިލާފައި ކަމަށާއި ފުލުހުން މިހާރު އޭނާ ހޯދަމުންދާކަމަށް ޚަބަރުލިބެއެވެ.

ނިކިލް ދޯރޭ ނަމަކަށްކިޔާ މި ކުއްޖާގެ ބައްޕަ ފުލުހަށް ހާދިސާ ރިޕޯޓްކުރަމުން ބުނިގޮތުގައި، މި މަހުގެ ކުރީކޮޅު ހިނގި ހާދިސާގައި އޭނާ ގައިގައި ޓީޗަރު ތަޅާފައިވަނީ އިމްތިހާނެއްގައި "ސޯޝަލް" މިލަފްޒުގެ ސްޕެލިންގ ނުބައިކޮށް ކިއުމުންނެވެ. ދަނޑިބުރިއަކުން ފުރަތަމަ ތެޅުމަށްފަހު ހޭނެތި ބިންމައްޗަށް ވެއްޓެންދެން ފައިންވެސް ތެޅިކަމަށް ބައްޕަ ރިޕޯޓްކޮށްފައިވެއެވެ. މިހާދިސާއަށްފަހު ފަރުވާދެމުން ދަނިކޮން ކުއްޖާ މަރުވެފައިވަނީ ހޯމަ ދުވަހުއެވެ. އެއާއެކު އިންޑިޔާގެ މިހިސާބުގައި ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމުގެ ގަދަފަދަ އޮއިވަރެއް ފެށިފައެވެ.

އިންޑިޔާގައި ދަލިތު ކޮމިއުނިޓީއަކީ އެންމެ ދަށް ފަންތީގެ މީހުންގެ ގޮތުގައި ޒަމާނުއްސުރެ ބެލެމުން އަންނަ ބައެކެވެ. އަދި އެމީހުންނަށް އިހާނެތިކޮން ހިތުމަކީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަދިވެސް އަންނަނީ ގަބޫލުކުރަމުންނެވެ. އެމީހުންނަށް މީގެ ކުރިން ދީފައިވާ ނަމަކީވެސް "އަންޓަޗަބަލްސް"އެވެ. މާނައަކީ "ބީހެންވެސް އެކަށީގެންނުވާ" އެވެ.

މި ކުއްޖާގެ މަރާގުޅިގެން މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ ކުއްޖާގެ ހަށިގަނޑު އަންދާ ވަގުތު ޖެހުމުގެ ކުރިން ޓީޗަރު ހޯދައި ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި ދަލިތުންގެ ފުރާނައަކީވެސް ހުރުމަތްތެރިވެގެންވާ އެއްޗެއްކަމަށާއި، އަދި ދަލިތުންނަށްވެސް ސަރުކާރުން ހިމާޔަތާއި އިންސާފު ލިބެންޖެހޭނެކަމަށް ގޮވައި ދަނީ އަޑު އުފުލަމުންނެވެ.  

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު