Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

ޚިދުމަތެއް ފަށަން ޖެހޭނީ އިގްތިސާދީ ހާލަތަށް ބަލައި ޚަރަދު ކުޑަކޮށް، އިލެކްޓްރިކް ބަސް ގެނައި ނަމަ އިތުރު 60 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހުނީސް: އާޒިމް

25 ސެޕްޓެމްބަރު 2022 | އާދީއްތަ 02:09

ޑީސަލް ބަސް ގެނައީ ބަޖެޓް ތަންދޭވަރަކުން އިލެކްޓްރިކް ބަސް ގެންނަގޮތަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 02:09
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އަލަށް ޚިދުމަތެއް ފަށާއިރު ދުނިޔެއާއި ޤައުމުގެ އިގްތިސާދީ ހާލަތަށް ވިސްނާ ޚަރަދު ކުޑަގޮތެއް ޚިޔާރު ކުރަން ޖެހޭ ކަމަށާއި، މިނީ ބަސް ގެނައުމުގައި ވިސްނާފައިވަނީ އެގޮތަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފަށަން އިލެކްޓްރިކް ބަސް ނުވަތަ އީވީ ބަސް ގެނައުމަށް ނިންމި ނަމަވެސް ދުނިޔެއާއި ޤައުމުގެ އިގްތިސާދު ދަށްވެފައިވާ ހާލަތެއްގައި ޚަރަދު ކުޑަގޮތަކަށް ޚިދުމަތްތައް ފެށުމަށް ވިސްނަން ޖެހުނު ކަމަށެވެ. އެގޮތުން، ސަރުކާރާއި އެމްޓީސީސީއާ ގުޅިގެން ވިސްނީ މިފަދަ ހާލަތެއްގައި މިނީ ބަހުގެ ޚިދުމަތް ފަށަން އެންމެ ޚަރަދު ކުޑަގޮތަކީ ޑީސަލް ބަސްތައް ގެނައުން ކަމަށްވާތީ އެ ބަސްތައް ގެނައުމަށް ކަމަށެވެ. ނަމަވެސް ޚިދުމަތް ފަށައިގެން ބަޖެޓު ތަންދޭ ވަރަކުން އީވީ ބަސްތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ވެސް 6 އީވީ ބަސް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެފަދަ ބަސްތައް ގެންނަނަމަ އިންފްރާސްޓްރަކްޗަރއަށް ވެސް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އެ ބަސްތައް ޗާޖު ކުރާނެ ތަންތަން ހެދުން މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބަސްތައް އޮޕަރޭޓް ކުރުމަށް ހިނގާނެ ޚަރަދު ވެސް ޑީސަލް ބަސްތަކާ އަޅާ ބަލާއިރު އިތުރުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މުސްތަގުބަލަކީ އީވީ ބަސްތައްކަން ގަބޫލު ކުރައްވާކަން ހާމަކުރައްވައި އާޒިމް ވިދާޅުވީ 30 މީހުންގެ ކެޕޭސިޓީގެ އީވީ ބަހަކަށް 5.5 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެވަރުގެ ޑީސަލް ބަހަކަށް ޚަރަދު ކުރަން ޖެހޭނީ 1.3 މިލިއަން ރުފިޔާ ކަމަށާއި އެގޮތުން މިހާރު ގެނެސްފައިވާ ޑީސަލް ބަސްތަކަށް 36 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު އެ އަދަދަށް އީވީ ބަސްތައް ގެނައުމަށް އިންވެސްޓް ކުރި ނަމަ އިތުރަށް 60 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަން ޖެހުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން އުޅޭތާ 11 އަހަރުވެފައިވާއިރު އޭނާ އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރު ތެރޭގައި ޚަރަދު ކުޑަކޮށް، ފުރިހަމަ ބަސްތަކަކާއެކު ޚިދުމަތް ފެށިފައިވާ ކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ދުވާލެއްގެ މައްޗަށް 9000 އާއި 10000 އާ ދެމެދުގެ އަދަދަކަށް މީހުން އެ ޚިދުމަތް ހޯދައެވެ.

އެމްޓީސީސީގެ މިނީ ބަހުގެ ޚިދުމަތަށް ގިނަ ބައެއް ތައުރީފު ވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ކުރިން ހިނގާފައި އުޅުނު ފަރާތްތަކަށް މިހާރު ވަރަށް ބޮޑު ލުއިތަކެއް ލިބިއްޖެ ކަމަށާއި ޖީބަށް ވެސް ލުއިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރެއެވެ. އަދި 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ބަސް ސްޓޮޕަކަށް 10 މިނެޓުން ބަސް ދަތުރުތައް ބާއްވައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

14 މެއި 2017

ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭނީ ކުރާ ޝަކުވާއަށް ބެލުމެއް ނެތި: އަޒްލީން

14 މެއި 2017
ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭނީ ކުރާ ޝަކުވާއަށް ބެލުމެއް ނެތި: އަޒްލީން
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
30 މާރިޗު 2017

އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި

30 މާރިޗު 2017
އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި
25 މާރިޗު 2017

ޕީޕީއެމް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލާން ޖެހޭނީ އިނގިލި ބުރިކޮށްލާފަ: ޖައުފަރު

25 މާރިޗު 2017
ޕީޕީއެމް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލާން ޖެހޭނީ އިނގިލި ބުރިކޮށްލާފަ: ޖައުފަރު
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް