Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

ޑްރަގް ރިހެބިލިޓޭޝަންގެ ދެވަނަ ޕްރޮގްރާމަށް ގާތްގަނޑަކަށް 120 ގައިދީން ކުރިމަތިލާފައިވޭ: އިމްރާން

ޖަލުގައި ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން، ޕްރޮގްރާމް ހިންގޭނެކަމަށް ބެލެވެނީ 50 ގައިދީންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 11:27
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ގައިދީންނަށް ހިންގި ޑްރަގް ރިހެބިލިޓޭޝަންގެ ދެވަނަ ޕްރޮގްރާމަށް ގާތްގަނޑަކަށް 120 ގައިދީން ކުރިމަތިލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ޑްރަގް ރިހެބިލިޓޭޝަންގެ ދެވަނަ ޕްރޮގްރާމަށް އެހާގިނަ ގައިދީން ކުރިމަތިލާފައިވާއިރު، ޖަލުގައި ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން ޕްރޮގްރާމް ހިންގޭނެކަމަށް ބެލެވެނީ 50 ގައިދީންނަށް ކަމަށެވެ.

Advertisement - newsAdvertisement

ޖަލަކީ އަދިވެސް މަސްތުވާތަކެތި އެކި ގޮތްގޮތުން ވަންނަ ތަނެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، މިއީ ރާއްޖެ ނޫނަސް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން ހިނގާ ގޮތް ކަމަށެވެ. އެހެންނަމަވެސް އެކަން ރަނގަޅުކަމަށް ބުނަނީ ނޫން ކަމަށާއި، އެކަންކަމުން ސަލާމަތްވުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަން ހުރިކަމަށް އިމްރާން ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން ހިންގަން ކަނޑައެޅި ޔުނިޓަކީ ޑްރަގް ފްރީ ޒޯނަކަށް ހަދަން ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޔުނިޓްގައި ސެކިއުރިޓީ ވަރަށް ބޮޑަށް މަތިކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަންގެ ދެވަނަ ޕްރޮގްރާމު ފެށޭއިރު އެތަނަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މީގެއިތުރުން ޑްރަގް ރިހެބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމުގައި ގައިދީން ޖެއްސި މައްސަލަތަކާއި ފާހަގަކޮށްފައިހުރި ކަންތައްތައް ރަނގަޅުކުރުމަށްފަހު ނޮވެމްބަރު މަހުގެ ތެރޭގައި ދެވަނަ ޕްރޮގްރާމް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއި އެކު މި ޕްރޮގްރާމް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް، ބައިވެރިންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި އަދި އައްސޭރި ޖަލުގައި ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންދާޒާއަކީ މިއަހަރު ނިމުމުގެ ކުރިން އިމާރާތްތައް ނިމި، އެތަން ބޭނުންކުރަން ފެށޭނެކަމަށް ކޮމިޝަނަރ އޮފް ފްރިޒަންސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!
20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު