Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެފްޓީއެމް ޓޮޕް ރީސާ 2022

ފްރާންސްގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް ރޯޑްޝޯއެއް ބާއްވައި، އައިއެފްޓީއެމް ޓޮޕް ރީސާ 2022ގައި ބައިވެރިވަނީ

ރޯޑްޝޯ އޮންނާނީ ޕެރިހުގެ ލެ 28 ޖޯޖްދަފިފްތުގައި އިންޑަސްޓްރީގެ 13 ކުންފުންޏެއްގެ ބައިވެރިވުމާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 14:01
އައިއެފްޓީއެމް ޓޮޕް ރީސާ 2022

އައިއެފްޓީއެމް ޓޮޕް ރީސާ 2022

ފަރަންސޭސިވިލާތުގެ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމުގެ މަގުސަދުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ޚާއްސަ، "ކަނެކްޓް ވިތު މޯލްޑިވްސް، ޔޯރ ސޭފް ހެވަން މޯލްޑިވްސް" ރޯޑްޝޯ ބާއްވައި، އިންޓަނޭޝަނަލް އެންޑް ފްރެންޗް މާކެޓް (އައިއެފްޓީއެމް) ޓޮޕް ރީސާ 2022ގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދެ ހަރަކާތުގެ ތެރެއިން ފަރަންސޭސިވިލާތުގެ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ބާއްވާ ރޯޑްޝޯ އޮންނާނީ ޕެރިހުގެ ލެ 28 ޖޯޖްދަފިފްތުގައި އިންޑަސްޓްރީގެ 13 ކުންފުންޏެއްގެ ބައިވެރިވުމާއެކުއެވެ. މި ރޯޑްޝޯގެ ބޭނުމަކީ ރާއްޖޭގެ މުހިއްމު އެއް ސޯރސް މާކެޓެއްގެ ގޮތުގައި ފަރަންސޭސިވިލާތް އަލުން ގާއިމުކޮށް، ޓްރެވަލް އޭޖެންޓުންނާއި އިންޑަސްޓްރީގެ ބައިވެރިންނާމެދު ވިޔަފާރީގެ ފަހި ގުޅުންތައް ބަދަހިކޮށް، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ފަރަންސޭސިވިލާތުގެ އެފްލުއަންޓް އޯޑިއަންސްތަކުގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 2022 ސެޕްޓެމްބަރ 20-22ށް ޕެރިސްގެ ޕޯޓްޑިވާރސައިގައި ބާއްވާ އައިއެފްޓީއެމް ޓޮޕް ރީސާ 2022ގައި އެމްއެމްޕީއާރުސީއާއެކު 27 އިންޑަސްޓްރީ ޕާރޓްނަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އައިއެފްޓީއެމް ޓޮޕް ރީސާ 2022އަކީ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ޚާއްސަކޮށްގެން ފަރަންސޭސިވިލާތުގައި ބާއްވާ މަލްޓި ޕަރޕަސް ޓްރޭޑް ޝޯއެކެވެ. މިގޮތުން މި ޝޯއަކީ މައިސް، ލެޝާރ، ބިޒްނަސް އަދި ގްރޫޕް ޓްރެވަލް ފަދަ ސެގްމެންޓުތަކާ ގުޅުންހުރި، ފަތުރުވެރިންނަށް ހިދުމަތްތައް ފޯރުކޮށްދޭ އަދި ވިއްކާ ގިނަ ފަރާތްތައް ބައިވެރިވާ ހަރަކާތެކެވެ. ޚިދުމަތްދޭ މަންޒިލްތަކާއި ވިޔަފާރިތަކަށް ޚާއްސަ މި އިވެންޓު މެދުވެރިކޮށް ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓްރެވަލް ބަޔަރުންނާއި، އިންފްލުއެންސަރުންނާއި، މާކެޓް ޕްރޮފެޝަނަލުންނާއި ވިޔަފާރިތަކަށް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު މި ފެއަރއިން ލިބިގެންދާނެއެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތްތައް ހިންގަމުން މި ދަނީ ފަރަންސޭސިވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިންގ ސްޓްރެޓެޖީގެ ދަށުންނެވެ. އަމާޒަކީ، މިފަދަ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ގާއިމްކޮށް، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން މި މާކެޓުން ލިބެމުންއައި އެރައިވަލްސްއާ އެއްވަރަށް މިހާރު މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް (ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑް) ޕްރޮމޯޓްކޮށް، ރާއްޖެއިން ޚިދުމަތްދޭ އެކި ސެގްމަންޓުތައް ކަމަށްވާ ހަނީމޫން، ރޮމޭންޓިކް، ފެމިލީ، އެޑްވެންޗަރ، ޑައިވް އަދި އަންޑަރވޯޓަރ ސެގްމެންޓުތައް އިޝްތިހާރުކުރުމެވެ. މީގެ އިތުރުން ރާއްޖެއަކީ ޖަޒީރާ ގައުމެއްކަމުން ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމާއި، މަންޒިލުން ފަތުރުވެރިންނަށް ލިބޭ ލަގްޜަރީ ފަދަ ތަފާތު ތަޖުރިބާތައް ފަރަންސޭސިވިލާތުގެ މާކެޓުގައި އިޝްތިހާރުކުރުންވެސް ހިމެނެއެވެ. މިފަދަ އިވެންޓްތަކުގެ ޒަރީއާއިން، އިންޑަސްޓްރީގެ ބައިވެރިންނަށް އެބޭފުޅުންގެ ޕްރޮޕަޓީތަކާއި، އުފެއްދުންތަކާއި، ޚިދުމަތްތައް ޕްރޮމޯޓް ކުރުމަށްވެސް ފުރުސަތު ލިބެއެވެ.

24 އޮގަސްޓް 2022އާ ހަމައަށް 34،120 އެރައިވަލްސްއާއެކު، ފަރަންސޭސިވިލާތަކީ މި އަހަރު ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,056,851 ފަތުރުވެރިންގެ %3.2 މާކެޓް ޝެއާރއެވެ. މި މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ދަނީ އެކި މާކެޓިންގ ކެމްޕެއިންތަކާއި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި ޑިޖިޓަލް މީޑިއާ އިޝްތިހާރު ކެމްޕެއިންތައް ކުރިއަށްގެންދިޔުމުގެ އިތުރުން، ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯރޑްސް" (ޑަބްލިއުޓީއޭ) 2021ގައި "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު