Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާންގެ ސިޔާސީ މަޞްރަޙު

ޚާމަނާއީ ނެތް ދުނިޔެއެއްގައި އީރާންގެ ސިޔާސީ މަޞްރަޙު އޮންނާނީ ކިހިނެއްބާ؟

ސުޕްރީމް ލީޑަރު ވާންޖެހެނީ ޝީޢީ ފިކުރުގެ އިސް މެންބަރަކަށް، ނަމަވެސް ޚާމަނާއީ އެ މަޤާމަށް ކުފޫ ހަމަ ކުރުމަށްޓަކާ ބަދަލު ގެނައީ ޤާނޫނުތަކަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 05:26
އީރާންގެ ސުޕްރީމް ލީޑަރު ޢަލީ ޚަމަނާއީ - 30 އެތައް އަހަރެއް ވީ ވެރިކަމުގައި ޚާމަނާއީ ވަނީ ތަފާތު ގުޅުންތަކެއް ބަދަހި ކުރައްވާ، އީރާނަށް ބާރުތަކެއް ވެސް ހޯއްދަވާ ދެއްވާފައި

އީރާންގެ ސުޕްރީމް ލީޑަރު ޢަލީ ޚަމަނާއީ - 30 އެތައް އަހަރެއް ވީ ވެރިކަމުގައި ޚާމަނާއީ ވަނީ ތަފާތު ގުޅުންތަކެއް ބަދަހި ކުރައްވާ، އީރާނަށް ބާރުތަކެއް ވެސް ހޯއްދަވާ ދެއްވާފައި

ޢަލީ ޚަމަނާއީގެ ނަމަކީ ދިވެހި ކަންފަތްތަކަށްވެސް ފަރިތަ ނަމެކެވެ. އެއީ މިދިޔަ 33 އަހަރުގެ ދިގު ތާރީޚުގައި މުޅި އީރާންގެ ކޮންޓްރޯލް ނަގައިހުންނެވި، އެ ޤައުމުގެ ރޫޙީ ލީޑަރެވެ. ނަމަވެސް މިހާރު ލިބެމުންދާ ޚަބަރުތަކުން އެކަން ބަދަލުވާން އުޅޭ ކަމުގެ އިޝާރާތްތަކެއްވެސް ދަނީ ލިބެމުންނެވެ. ޚާމަނާއީގެ ސިއްހީ ހާލަތު އިންތިހާއަށް ދެރަވެ، އެ ޤައުމުގެ އެންމެ ނުފޫޒުގަދަ ވެރިކަމުގެ ތަޚުތު ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

1981 ވަނަ އަހަރު އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު، ޚާމަނާއީގެ ކަނާތުގެ ވާގި ވަނީ ކޮންމެވެސް ވަރަކަށް ގޮސްފައެވެ. 2014 ވަނަ އަހަރު އޭނާ ވަނީ ޕްރޮސްޓްރޭޓް ކެންސަރު ސަރޖަރީއެއް ހައްދަވާފައެވެ. މިހާރު އުމުރުފުޅުން 83 އަހަރު ފުރިފައިވާ ޚާމަނާއީ އަކީ، 1989 ވަނަ އަހަރުން ފަށައިގެން އީރާންގެ ރޫޙީ ލީޑަރެވެ. ނުވަތަ ސުޕްރީމް ލީޑަރެވެ. ދަޢުލަތުގެ ހުރިހާ ކަމެއްގެ ފަހުބަސް ވިދާޅުވުމުގެ ބާރު އޮންނަ ބޭފުޅާއެވެ.

ސިއްޙީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ހުސްވި ހަފުތާ ތެރޭރަގައިވެސް ޚާމަނާއީ ވަނީ އޮޕަރޭޝަނެއް ކުރައްވާފައެވެ. މިވަގުތު އޮންނެވީ ބެޑްރެސްޓްގައެވެ. ސިއްޙީ ތަޖުރިބާކަރުންގެ ޓީމެއްގެ ބެލުމުގައި ދަށުގައި، އޮބްޒަރވޭޝަންގައެވެ. ޚާމަނާއީ ސަރޖަރީ ހެއްދެވީ، ބަނޑުގެ އާލާސްކަންފުޅެއްގައެވެ. ބަނޑުގައި އިންތިހާ ގަދައަށް އެޅި ވޭނާއެކު ހުމުގެ ވޭންވެސް ޚާމަނާއީ ތަޙައްމަލު ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

30 އެތައް އަހަރެއް ވީ ވެރިކަމުގައި ޚާމަނާއީ ވަނީ ތަފާތު ގުޅުންތަކެއް ބަދަހި ކުރައްވާ، އީރާނަށް ބާރުތަކެއްވެސް ހޯއްދަވާ ދެއްވާފައެވެ. އެ ކުރެއްވި މަސައްކަތްޕުޅުތަކެއްގެ ޙަޤީޤީ ބާރު ފެނިގެންދާނީ ޚާމާނާއީ ނެތް ދުނިޔެއެއްގައި ކަމަށް ސިޔާސީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުރަވެއެވެ.

އީރާންގެ ޤާނޫނު އަސާސީ ބުނާ ގޮތުން، ސުޕްރީމް ލީޑަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަނީ ތަޖުރިބާކާރުން މަޖިލީހަކުންނެވެ. އެ މަޖިލީސް އެކުލެވިގެން ވަނީ 88 އިމާމެއްގެ މައްޗަށެވެ. އެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ އީރާނުގެ އާންމުން ދޭ ވޯޓަކުން، ކޮންމެ 8 އަހަރަކުން 1 އަހަރުއެވެ. އެ މެންބަރުންނަކީ އީރާނުގެ އިންތިޚާބީ ފާރަވެރިޔާ ނުވަތަ ގާޑިއަން ކައުންސިލުން ރުހުން ދީފައިވާ މެންބަރުން ކަމުގައި ވާން ޖެހެއެވެ. ގާޑިއަން ކައުންސިލްގެ މެންބަރުންނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ސުޕްރީމް ލީޑަރު ޢައްޔަން ކުރައްވާފައިވާ މެންބަރުންނެވެ. އެހެންކަމުން، 2 ބާރުގައިވެސް ސުޕްރީމް ލީޑަރުގެ ނުފޫޒު އޮވެއެވެ.

ފާއިތުވީ 32 އަކަށް އަހަރު ދުވަހުގެ ތެރެގައި ޚާމަނާއީ ވަނީ، އެ މަޤާމުތަކަށް އިންތިޚާބު ކުރެވޭ މެންބަރުންނަކީ އެނާގެ ފިކުރާއި ޝިޢާރު އިސްކުރައްވާނެ މެންބަރުން ކަން ކަށަވަރު ކުރައްވާފައެވެ. އަދި އޭނާއަށް ފަހު އެ މަޤާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމުގައި އެ މެންބަރުން ޚިޔާރު ކުރައްވާނީ، ޚުދު ޚާމަނާއީގެ ފިކުރާއި ރަޢުޔުގެ ބޭފުޅެއްކަން ޔަޤީން ކުރައްވާފައެވެ. ސުޕްރީމް ލީޑަރު ކަމުގެ މަޤާމަށް ކަނޑައެޅޭ ބޭފުޅަކީ، ޢުމުރު ދުވަހަށް އެ މަޤާމަށް އައްޔަން ކުރެއްވޭ ޝަހުސެކެވެ.

އީރާނުގެ ޤާނޫނު އަސާސީގައި ވާ ގޮތުން މިވަގުތު ހުންނެވި ސުޕްރީމް ލީޑަރު އަވާހަރަވެއްޖެނަމަ ނުވަތަ އެ މަޤާމުން ދުރުކުރައްވައިފި ހިނދެއްގައި، ވީ އެންމެ އަވަހަކަށް އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ތަޖުރިބާކާރުންގެ މަޖިލީހުގެ މައްޗަށް ލާޒިމުވެގެންވެއެވެ. އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމުގެ މަސައްކަތަށް ދުވަސްތަކެއް ހޭދަވެގެންދާނެ ކަމަށް ބެލެވެއެވެ.

އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރެވެންދެން، އޭނާގެ ޒިންމާތައް ހިއްސާ ކުރައްވަމުން ގެންދަވާނީ ޤައުމުގެ ރައީސް، ޝަރުޢީ ދާއިރާގެ އިސްވެރިޔާ އަދި ގާޑިއަން ކައުންސިލްގެ މެންބަރެއް ކަމަށްވެސް އީރާނުގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި ވެއެވެ.

އީރާނުގެ ޤާނޫނު އަސާސީ ބުނާ ގޮތުން، ސުޕްރީމް ލީޑަރު ކަމުގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކީ "އާޔަތުއްލާ" އަކަށް ވާންޖެހެއެވެ. ނުވަތަ ޝީޢީ ފިކުރުގެ އިސް މެންބަރަކަށް ވަން ޖެހެއެވެ. ނަމަވެސް، ސުޕްރީމް ލީޑަރު ކަމުގެ މަޤާމަށް ޚާމަނާއީ ކަނޑައެޅުނު އިރު، އޭނާއަކީ "އާޔަތުއްލާ"އެއް ނޫނެވެ. އެ މަޤާމަށް އޭނާގެ ކުފޫ ހަމަ ކުރުމަށްޓަކާ ބަދަލު ގެނައީ ޤާނޫނުތަކަށެވެ.

އެހެންކަމުން އާ ލީޑަރަކު އައްޔަން ކުރެން ޖެހޭ ވަގުތެއްގައި އީރާންގެ ސިޔާސީ މަސްރަޙް އޮންނަ ގޮތަކުން، އަނެއްކާވެސް ޤާނޫނުތަކަށް ބަދަލު ގެނައުން އެކަށީގެންވެއެވެ.

އެމެރިކަން އެންޓަރޕްރައިޒް އިންސްޓިޓިއުޓް ފޮރ ޕަބްލިކް ޕޮލިސީ ރިސަރޗްގައި އީރާންގެ މަސްރަޙާ ބެހޭ ގޮތުން ދިރާސާ ކުރައްވަމުން ގެންދަވާ މައިކަލް ރޫބިން ވިދާޅުވާ ގޮތުގައި، ޚާމަނާއީ އަވަހާރަވުމަށްފަހު ކަން ވެގެންދާނެ ކަމަށް ލަފާ ކުރެވޭ އެކި ހާލަތްތައް އެބަހުއްޓެވެ. އެގޮތުން ބަދަލެއް އައުމުގެ ދުވެލި އަވަސް ވެދާނެ ކަމަށާ، ހަމަ އެފަދައިން ލަސްވުން ނުވަތަ އެއްވެސް ބަދަލެއް ނައުންވެސް އެކަށީގެންވާކަމަށް ރޫބިން ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ސުޕްރީމް ލީޑަރު ކަމުގެ މަޤާމުން ދެން ފެނިގެން ހިނގައިދާނެ ޝަހްސުންނަކީ ކޮބައިތޯ ބަލާއިރު އެންމެ ފުރަތަމަވެސް ބަޔާން ކުރެވޭ އެއް ނަމަކީ، އަދުގެ ރައީސް އިބްރާހީމް ރައީސީގެ ނަމެވެ.

2021 ވަނަ އަހަރު އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގައި، ޚާމަނާއީގެ މޭސްތިރިކަމުގެ ދަށުން ހިންގި ގާޑިއަން ކައުންސިލުން ވަނީ، އެ ފަހަރުގެ އިންތިޚާބުގައި ރައީސީއާ ގާތުން ވާދަ ކުރައްވަފާނެ ކަމަށް ބެލެވޭ ހުރިހާ މެންބަރުންނަށް، އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދާފައެވެ. އެއީ އީރާނުގައިވެސް ޑިމޮކްރަސީގެ ކުލަޖެހިފައި ވާ ކަމާއި ގިނަ ބަޔަކު ވޯޓުލާން ނުކުތް ކަން ދެއްކުމަށް ސަރުކާރުން މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދޭ ކަމުގެ ސިގުނަލެއް ކަމަށާ، އެއީ އޭނާ މަޤާމު ދޫކޮށްލައްވާއިރު ދެން އެ މަޤާމަށް ވަޑައިގަންނަވާނީ ހަމަ ޚާމަނާއީގެ ފިކުރުގެ ބޭފުޅެއްކަން ކަށަވަރު ކުރުމަށް ކުރި ކަމެއް ކަމަށް ބައެއް މީހުން ޤަބޫލު ކުރެއެވެ.

ފެންމަތިވެފައިވާ ތުހުމަތުތަކަށް ބަލާއިރު، ރައީސީއަކީ 1980ގެ އަހަރުތަކުގެތެރޭގައި އީރާނުގައި އެތައް ހާސް ސިޔާސީ ޤައިދީނެއް ޤަޠުލުކުރުމުގެ އަޑީގައި ހުރި އެއް ފަރާތަކީވެސް ރައީސީ،61، އެވެ.

2016 ވަނަ އަހަރު ގެ ތެރޭގައި ޚާމަނާއީ ވަނީ ޝީޢީންގެ ބާރު އޮންނަ، އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި، ދީނީ ވިޔަފާރި އިއްތިހާދެއްގެ ބެލެހެއްޓުންތެރިޔާގެ މަޤަމަށްވެސް ރައީސީ އައްޔަން ކުރައްވާފައެވެ. އޭގެ ފަހުން، 2017 ވަނަ އަހަރުވެސް ރައީސީ ވަނީ އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައެވެ. އެ ފަހަރު އޭނާއަށް ބަލި ޤަބޫލު ކުރައްވަން ޖެހިވަޑައިގަތީ، ކުރީގެ ރައީސް ހަސަން ރޫހާނީ ކާމިޔާބީއާއެކުގައެވެ. 2019 ވަނަ އަހަރު، ޚާމާނާއީ ވަނީ އީރާނުގެ ޝަރުޢީ ދާއިރާގެ އެންމެ މަތީ ވެރިޔާ ކަމުގެ މަޤާމަށް ރައީސީ ހަމަޖައްސަވާފައެވެ.

ރައީސީއަށްފަހު ދެން ސުޕްރީމް ލީޑަރު ކަމުގެ މަޤާމުގެ އުއްމީދީ ކެންޑިޑޭޓުންގެ ލިސްޓުން ޖާގަ ހޯދަނީ، ޚާމާނާއީގެ ދެވަނައަށް އެންމެ ދޮށީ ދަރިފުޅު، މުޖުތަބާއެވެ.

އުމުރުން 53 އަހަރުގެ މުޖުތަބާ ޚާމަނާއީއަކީ އީރާނުގައި ރަސްމީ އެއްވެސް މަޤާމެއް އަދާ ކުރާ މީހެއް ނޫނެވެ. އާންމުންގެ ތެރެއިންވެސް ފެންނަނީ މަދު ފަހަރަކުއެވެ. ނަމަވެސް އެއީ ޚާމާނައީގެ އެތެރެކޯލުގެ މުހިންމު މެންބަރެއް ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

2019 ވަނަ އަހަރު، އެމެރިކާއިން ވަނީ މުޖުތަބާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެމެރިކާގެ މާލީ ވުޒާރާއިން އޭރު ބުނީ، ޚާމާނާއީގެ ވެރިކަމުގެ ބައެއް މައްސޫލިއްޔަތުތައް މުޖުތަބާއާ ހަވާލުކުރައްވާފައި ވާ ކަމަށެވެ. އަދި އޭނާ ދިޔައީ އީރާން އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމުގައިވާ ޤުދުސް ފޯރސްގެ އޭރުގެ ކޮމާންޑަރަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށާ، ސަރަހައްދީ ހަމަނުޖެހުން އުފައްދާ، ދާހިލީ މަޤުޞަދުތަކެއް ހާސިލު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން ކަމަށް އެމެރިކާއިން ތުހުމަތު ކުރިއެވެ.

ސިޔާސީ މައިދާނުގައި މުޖުތަބާގެ މާ ބޮޑު ދައުރެއް ނެތް ނަމަވެސް، އަސްކަރިއްޔާގެ ނުފޫޒުގަދަ ގޮފީގެ ބާރުން އަސަރެއް ފޯރާނެ ކަމަށް ލަފާ ކުރެވެއެވެ.

ރޫބިން ލަފާ ކުރައްވާ ގޮތުގައި، ފަރުދާގެ ފުރަގަހުގައި ތިބެގެން ޤުދުސް ފޯރސްއިން ބާރުތައް ނެގުމަކީވެސް އެކަށީގެންވާ ކަމެވެ. އެހާ ހިސާބުން، އީރާނަކީ އަސްކަރީ ވެރިކަމެއް އޮތް ޤައުމެއް ތޯ ސުވާލު އުފެދިގެންދާނެއެވެ.

ކޮންމެ ގޮތަކަށް ކަން ނިމިގެން ދިޔަ ކަމުގައި ވީ ނަމަވެސް، އެކަމުގެ އަސަރު، ބައިނަލްއަގުވާމީ މައިދާނުން ފެންނާނެއެވެ. ވަކިން ހާއްސަކޮށް، އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ މޭރުމުންނެވެ.

ދުނިޔެއީރާންޢަލީ ޚަމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު