Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ އިނާމް

ބޭނުންވަނީ ވީހާވެސް ގިނަ ފަރާތްތަކުން ޒުވާނުންގެ އިނާމަށް ކުރިމަތިލާން: ޔޫތު މިނިސްޓްރީ

19 ސެޕްޓެމްބަރު 2022 | ހޯމަ 02:06

މިއަހަރު 18 ދާއިރައަކުން އިނާމު ދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ސެޕްޓެމްބަރު 2022 | ހޯމަ 02:06
ޔޫތު މިނިސްޓްރީގެ އެޑްމިން އޮފިސަރު

ޔޫތު މިނިސްޓްރީގެ އެޑްމިން އޮފިސަރު

ޒުވާނުންގެ ދުވަހާ ގުޅުވައިގެން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް ޤައުމީ ފެންވަރުގައި ދެމުން އަންނަ އިނާމަށް ވީހާވެސް ގިނަ ބަޔަކު ކުރިމަތިލާން ޔޫތު މިނިސްޓްރީން އެދިއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި ޒުވާނުންގެ ޤައުމީ އިނާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ އެޑްމިން އޮފިސަރު އާމިނަތު ރަަޝީދާ ވިދާޅުވީ މިހާރުވެސް ޒުވާނުންގެ އިނާމަށް ގިނަބަޔަކު ކުރިމަތިލަމުންދާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އިނާމު ނުލިބިދާނެ ކަމަށް ދެކި އިނާމަށް ކުރިމަތިނުލާ ތިބެދާނެ ކަމަށާއި އެ ފަރާތްތަކުން ވެސް އިނާމަށް ކުރިމަތިލުމަށް އޭނާ އެދިލެއްވިއެވެ.

Advertisement - newsAdvertisement

މި އިނާމަކީ ޒުވާނުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެ މަސައްކަތްތަކަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއްކަން ފާހަގަކުރައްވައި އާމިނަތު ރަޝީދާ ވިދާޅުވީ ޔޫތު މިނިސްޓްރީން ބޭނުންވަނީ ވީހާވެސް ގިނަ ޒުވާނުން މި އިނާމުތަކަށް ކުރިމަތިލުމަަށް ކަމަށެވެ.

ޤައުމީ ފެންވަރުގައި ރާއްޖެއިން ޒުވާނުންގެ ދުވަހެއް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެގޮތުން ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

ސަރުކާރުން ޒުވާނުންނަށް ހާއްސަ ޤައުމީ އިނާމެއް ދޭން ނިންމާފައިވަނީ އެކި ދާއިރާތަކުން ޒުވާނުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނާއި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމުގެ ގޮތުންނެވެ. އަދި ޒުވާނުންނަކީ މަސައްކަތަށް ޝައުގުވެރިވާ، ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާ، ހަރުދަނާ ބަޔަކަށް ހެދުމާއި ތަފާތު ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ޒުވާނުންނަކީ ޒުވާނުންނަށްޓައި އިސްނަގައިގެން ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ވެސް މި އިނާމު ދިނުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިހާރު ހުޅުވާލާފައިވާއިރު 18 ދާއިރާއަކުން ޒުވާނުންނަށް މި އިނާމަށް ކުރިމަތިލެވޭނެއެވެ.

ޒުވާނުންގެ އިނާމަށް ހުޅުވާލާ ދައިރާތައް:

މި އިނާމުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް އިނާމަކީ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާއެވެ. މިއީ ޖެހިފައިވާ މުސީބާތަކުން ނުވަތަ ގުދުރަތީ ކާރިސާއަކުން މީހަކު ނުވަޔަ ބަޔަކު ސަލަމާތް ކުރުމަށްޓަކައި އަމިއްލަ އެދުމެއްނެތި ކޮށްފައިވާ މަސައްކަތާއި އެ މަސައްކަތުގެ މިންވަރަށް ބަލައި ދޭ އިނާމެކެވެ. މި އިނާމު ދިނުމުގައި އިންސާނިއްޔަތަށްޓަކައި ޚިދުމަތް ކުރުމުގެ މަތިވެރި ރޫހުގައި ތިމާފެ ޖާނާއި މުދާ ހޭދަކޮށްފައިވާ މިންވަރަށް ނުވަތަ ބަޔަކަށް ކުރިމަތިވެދާނެ ދެރަކަމަކުން ނުވަތަ ހިތާމަވެރި ހާދިސާއަކުން ރައްކާތެރި ކުރުމަށްޓަކައި އިސްނަގައިގެން ކޮށްފައިވާ މަސައްކަތާއި އެމަސައްކަތުގެ ފެންވަރަށް ވެސް ބަލާނެއެވެ.

މި އިނާމުތަކަށް ނަން ހުށަހަޅާ ފަރާތްތަކުން އެ ހުށަހަޅާ ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު މެދުކެނޑުމެއްނެތި ޚިދުމަތް ކޮށްފައި ހުންނަ ޖެހޭނެއެވެ. މި އިނާމަށް ނަން ހުށަހެޅޭނީ އުމުރުން 18 އަހަރާއި 36 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ. އެގޮތުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ސޯޝަލް ސެންޓަރުންނާއި ގޫގުލް ލިންކް މެދުވެރިކޮށް ފޯމު ބަލައިގަންނާނެއެވެ.

ޒުވާނުންގެ ދުވަސްކުޅިވަރާ ބެހޭ ވުޒާރާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
08 މެއި 2023

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި

08 މެއި 2023
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
09 އެޕްރީލު 2023

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

09 އެޕްރީލު 2023
މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި
24 މާރިޗު 2023

"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި

24 މާރިޗު 2023
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
18 މާރިޗު 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

18 މާރިޗު 2023
ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް