Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ސާފުކުރުން

ވެށި ސާފުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުން މުހިއްމު: ނައިބުރައީސް

އަބަދުވެސް އެކި ނަންނަމުގައި ވެށި ސާފު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:08
"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން އިންޒާމްކޮށްފައިވާ ސާފުކުރުމުގެ ބޮޑު ހަރަކާތް

"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން އިންޒާމްކޮށްފައިވާ ސާފުކުރުމުގެ ބޮޑު ހަރަކާތް

ވެށި ސާފުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުން މުހިއްމުކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސާފު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ، "ވޯލްޑް ކްލީންއަޕް ޑޭ"ގެ ގޮތުގައި މި ހަރަކާތް ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 190އެއްހާ ގައުމެއްގައި ކުރިއަށްދާކަމަށެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މީގެ 4 އަހަރު ކުރިންކަމުގައިވީނަމަވެސް، އަބަދުވެސް އެކި ނަންނަމުގައި ވެށި ސާފު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާކަމަށް ނައިބުރައީސް ވިދާޅުވިއެވެ.  

ނައިބުރައީސް ވިދާޅުވީ، ވެށި ސާފު ކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ވަށައިގެންވާ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ، އަބަދުވެސް ވެށީގެ ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

ވެށި ސާފު ކުރުމުގައި ފަރުދީ ޒިންމާ އަދާކުރާ ރޯލުގެ މުހިއްމުކަންވެސް ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކުނި އުކާލުމުގައިވެސް ހެދިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުމަށް ނައިބްރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ.

ސާފުތާހިރުކަމަކީ ބައެއްގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް މިނެކިރޭނެ މިންގަނޑެއްކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެކަން ދުނިޔޭގެ ގައުމުތަކުންވެސް ފެންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން ދުވަހަކުވެސް ގޯސްނުވާ މިންވަރަށް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ގޯސްވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ކުނި މެނޭޖްކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެކަމަށްޓަކައި ކުރިއަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބުރައީސް ވަނީ، ވެށީގެ ސާފުތާހިރުކަމަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި މަގުމައްޗާއި އާންމު ތަންތަނަށް ކުނި އުކާނުލުމަށް ޚާއްސަ އިސްކަމެއް އަބަދުވެސް ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހުޅުމާލެނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު