Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެއިން ބިން ވިއްކުން

ހުޅުމާލެއިން ވިއްކާ ގޯތި ގަތުމަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލެ އިން 77 ބިން ވިއްކަން ވަނީ ހުޅުވާލައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 12:01
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެއިން ދިރިއުޅުމަށް ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މި ބިންތައް ވިއްކާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެގޮތުން 77 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލީ މިދިޔަ އޯގަސްޓް މަހުގެ 25ވަނަ ދުވަހުއެވެ.

އެޗްޑީސީ އިން ފުރަތަމަ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި މަހުގެ 11 އަދި 12 ވަނަ ދުވަހަށް ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ. ނަމަވެސް އެ ފުރުސަތު ވަނީ އަންނަ އޮކްޓޯބަރު މަހުގެ 3 އަދި 4 އަށް އިތުރުކޮށްފައެވެ. ތިންވަނަ ފަހަރަށް މި މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 5 އަދި 6 އަށެވެ.

އެޗްޑީސީ އިން ހުޅުމާލެ އިން ބިން ވިއްކަން ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ބީޗް ފްރަންޓުގެ 22 ބިމާއި ބީޗް ސައިޑުގެ 55 ބިމެވެ. ބީޗް ފްރަންޓުގެ ބިންތަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 11:00 އާހަމައަށެވެ. އަދި ބީޗް ސައިޑުގެ ބިންތަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 11:00 އާ ހަމައަށެވެ.

އެޗްޑީސީ އިން ހުޅުވާލައިފައިވާ މި ފުރުސަތުގެ ދަށުން ބީޗް ފްރަންޓްގެ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓެއް 6،500 ރުފިޔާއެވެ. އަދި ބީޗް ސައިޑުގެ ބިންތަކުގެ ފެށޭ އަގަކީ އަަފޫޓަކަށް 5،500 ރުފިޔާއެވެ. މި ފުރުސަތުގެ ދަށުން ވިއްކުމަށް ހަމަޖެހިފައވަނީ 1095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ މި ގޯތިތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް

މީގެ އިތުރުން، އެޗްޑީސީއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގޯތިތަކުގެ މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 3:30 އާއި ޖެހެންދެންކަމަށެވެ. އެގޮތުން އެޗްޑީސީއަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު