Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ކޯލިޝަން

‎ކޯލިޝަނާއި މެދު އެއްބަސްވި ކަންކަން މިދަނީ ކޮށްދެމުން: ސަރުކާރު

އެއްބަސްވެފައި އޮތް އެއްބަސްވުމާއި ގާތަށް، 90 އިންސައްތަ ވެސް ފުރިހަމަ ވެފައި ނުވާ ކަމަށް ޤާސިމް ވިދާޅުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:38
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ކޯލިޝަނަށް އައުމަށް އެެއްބަސްވި ހުރިހާ ކަމަކަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެޓީވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމްޑީޕީއަކުން އަދި ސަރުކާރުން ވެސް ރަސްމީކޮށް ކޯލިޝަން މިހާރު ނެތްކަމަށް ވިދާޅުނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ހަގީގަތަކީ އެއްބަސްވެފައި އޮތް އެއްބަސްވުމާއި ގާތަށް، 90 އިންސައްތަ ވެސް ފުރިހަމަ ވެފައި ނުވުން ކަމަަަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ވެރިކަން ކާމިޔާބުކުރެވޭނީ ކޯލިޝަނެއް އޮވެގެން ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ނަމަވެސް ވެރިކަން ލިބުމަށްފަހު ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ އެއްގޮތް ކަމަށް ވިދާޅުވެ ގާސިމް ވަނީ އެކަމާއި މެދުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާއި ގުޅިގެން މިއުވާން ވިދާޅުވީ ވަކި އިންސައްތަ އެއް ވިދާޅުވުމަށް ފަހު ކޯލިޝަން އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ގާސިމް ވިދާޅުވުމުން، ކޯލިޝަން އެގްރީމެންޓާއި އެއްގޮތަށް ނުހިނގަނީ ކޮންކަމެއްކަން ސާފުނުވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ނުހިނގާ ކަމެއް އޮތް ނަމަ އެކަމެއް ފާހަގަކޮށްފި ނަމަ، އެ ކަމަަށް ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވެރިކަމަށް ވަޑައިގަންނަވާފައި ވަނީ ގުޅިފައިވާ ޕާޓީތަކާއި އެކު ކޯލިޝަން ހައްދަވައިގެންނެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި އެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުގާސިމް އިބްރާހީމްކޯލިޝަންރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ރައީސް އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެން، ބައްދަލުނުކުރައްވާތާ 100 ދުވަސް ހަމަވެއްޖެ!

ރައީސް އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެން، ބައްދަލުނުކުރައްވާތާ 100 ދުވަސް ހަމަވެއްޖެ!

16 މާރިޗު 2024

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު