Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނިހާނަށް ކުރާ ދައުވާތައް

ނިހާނަށް ކުރާ ދައުވާތައް މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށް ނިންމައި ޝަރީއަތް ފަށަން ތައްޔާރުވެއްޖެ

ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ހެކިން ޝަރީއަތަށް ބަލައިގަތުމަށްވެސް ޝަރީއަތުން ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:16
ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށް ނިންމައި، އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމައިފިއެވެ.

މި މައްސަލައިގެ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުމެވެ. އެގޮތުން މި މައްސަލައިގައި ހުށައަޅާފައިވާ ބައެއް ދައުވާތަކާއި ގުޅިގެން ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ފަރާތްތަކަކީ ދައުލަތުން ކޮށްފައިވާ ދައުވާއާއި ގުޅުން ނެތް ފަރާތްތަކެއްކަމަށް ބުނެ ހުށައަޅާފައިވާ ބައެއް ހުށައެޅުންތައް ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން، ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފާއި، އޭރު ޕީޕީއެމް ޕީޖީ ގްރޫޕުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭރު އުޅުއްވި އިތުރު މެމްބަރުން ހިމެނެއެވެ.

އެހެންނަމަވެސް، ދައުލަތުން ކޮށްފައިވާ ބައެއް ދައުވާތަކާއި ގުޅިގެން ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ހެކިން ޝަރީއަތަށް ބަލައިގަތުމަށްވެސް ޝަރީއަތުން ނިންމާފައިވެއެވެ.

މި މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްވެސް ހުށައަޅާފައިވެއެވެ. އެއީ ޝަމީމްގެ ޓްވިޓަރ އެކައުންޓުން 30 އޮކްޓޯބަރުގައި ކުރައްވާފައިވާ ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއްކަމާއި، އޭގެ ސައްޙަކަން ސާބިތު ކޮށްދިނުމަށެވެ. އެގޮތުން އެ ޓްވީޓަކީ އަދީބުގެ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެން ދިފާއުން ސާބިތުކޮށްދޭން ބޭނުންވާ ކަންކަމަށް މުހިއްމު ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

އެ ހެކި ބަލައިނުގަތުމަށް ދައުލަތުން އެދުނު ނަމަވެސް، ޝަރީއަތުން ނިންމީ އެއީ ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ކަމަށެވެ. ހަމަ އެގޮތަށް އަހުމަދު މަޙުލޫފު 9 އޯގަސްޓު 2021 ގައި ކުރެއްވި  ޓްވީޓަކާއި ގުޅިގެންވެސް ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާ ބަލައިގަތުމަށް ޝަރީއަތުން ނިންމެވިއެވެ.

މި މައްސަލައިގައި ނިހާނުގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރޭގައި މި މައްސަލައިގައި ދައުވާ އުފުލުމުގައި އުނިކަން ހުރިކަމާއި، އަހުމަދު އަދީބު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމާއި، ބޭންކް ސްޓޭޓްމަންޓުތަކާއި ޓްރާންސެކްޝަންތަކުގެ ތަފްސީލު ހެކީގެ ގޮތުގައި ބަލައިނުގަތުމާއި، މޯބައިލް އަދި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓު ހެކީގެ ގޮތުގައި ބަލައިނުގަތުމާއި، މި މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނާއި ގުޅޭ އެއްބަސްވުމުގެ އިތުރުން، އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފު އެއްބަސްވުން ހާމަކޮށްދިނުމަށް ހުށައެޅި ހުށައެޅުންތައް ހިމެނެއެވެ.

އެހެންނަމަވެސް އެހުށައެޅުންތައް ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި މައްސަލައިގައި ހުށައަޅާފައިވާ ދައުވާތައް މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށް ނިންމަވައި، މި މައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމަވާފައެވެ.

ވުމާއެކު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި، އިފްތިތާޙީ ބަޔާން ހުށައެޅުމެވެ.

ކްރިމިނަލް ކޯޓްއަހުމަދު ނިޙާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު