Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯޑަރ ސެކިއުރިޓީ ސަމިޓް

ޗައިނާ ރަޝިޔާ އަދި އިންޑިޔާގެ ލީޑަރުން ބައްދަލުކުރައްވަން ހަމަޖެހިއްޖެ

15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 04:40

މި ސަމިޓަކީ ހުޅަނގު ނޫން ގޮތެއް ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ދަނީ ބެލެވެމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 04:40
ތިން ލީޑަރުންގެ ސަމިޓު ބައްދަލުވުމެއްގެ ތެރެއިން

ތިން ލީޑަރުންގެ ސަމިޓު ބައްދަލުވުމެއްގެ ތެރެއިން

ބުރާސްފަތި ދުވަހު އުޒްބަކިސްތާންގައި ފެށޭ މުހިންމު ސަރަހައްދީ ސެކިއުރިޓީ ސަމިޓެއްގެ ތެރެއިން ޗައިނާ ރަޝިޔާ އަދި އިންޑިޔާގެ ލީޑަރުން ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ޝެންހާއި ކޯޕޮރޭޝަން އޯގަނައިޒޭޝަން ނުވަތަ އެސް.ސީ.އޯގެ މެމްބަރު ގައުމުތަކުގެ އެންމެ މަތީ ވެރިންގެ ބައްދަލުވުން ސެޕްޓެމްބަރު 15 އިން 16 އަށް ކުރިޔަށް ދާއިރު މި ސަމިޓަކީ "ހުޅަގު ނޫންގޮތެއް" ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ވެސް ދަނީ ސިފަކުރެވެމުންނެވެ. ޝެންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ މެމްބަރު އެހެން ގައުމުތަކަކީ ޕާކިސްތާން، އީރާން، ތުރުކީ އަދި ސެންޓްރަލް އޭޝިޔާގެ ހަތަރު ގައުމެކެވެ.

ސަމިޓްގައި މަޝްވަރާކުރެވޭނެ މުހިންމު މައުލޫއުތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމައިގެ އިތުރުން ހުޅަނގާއި ޗައިނާއާ ދެމެދު މަސްރަހު ގޯސްވާން ފަށާފައިވާތީ މި ދެ ކަންތަކަށް އިސްކަމެއް ދެވޭނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ސަމިޓްގައި "ސްޕޮޓްލައިޓް" އެންމެ ބޮޑަށް އެޅިގެންދާނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކަމަށް ވެއެވެ. މޯދީ ސަމިޓްގެ އަރިމަތިން ޗައިނާގެ ރައީސް ޝީ ޖިންގޕިންއާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ބައްދަލުކުރެވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިޔާއަކީ އިންޑިޔާ، އެމެރިކާ، އޮސްޓްރޭލިޔާ އަދި ޖަޕާން މި ހަތަރު ގައުމު ގުޅިގެން އުފައްދާފައިވާ ސެކިއުރިޓީ އެލަޔަންސެވެ. "ކުއަޑް" ގެ މެމްބަރަކަށް ވިޔަސް ރަޝިޔާއިން ޔޫކްރެއިން ހިފަން ކުރާ ހަނގުރާމަ އިންޑިޔާއިން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ހުޅަނގުން މަނާކޮށްފައި އޮތުމާއި އެކުވެސް އިންޑިޔާއިން ދަނީ ރަޝިޔާގެ ތެޔޮ ގަންނަމުންނެވެ. މޯދީ މިސަމިޓްގައި ބައިވެރިވެވަޑައިގަތުން މުހިންމު ވާ އަނެއް ސަބަބަކީ މިއީ ޗައިނާއާއި އިންޑިޔާގެ ސިފައިން ހިމާލިޔާ ބޯޑަރުމަތީ 2020 ވަނަ އަހަރު ހަމަލާ ބަދަލުކޮށް ދެފަރާތުންވެސް ސިފައިންތަކެއް މަރުވި ހާދިސާއަށް ފަހު ޗައިނާގެ ރައީސް ޝީ އާއި މޯދީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރުކަމަށް ވާތީއެވެ.

އަވަށްޓެރި ޕާކިސްތާންގެ ބޮޑުވަޒީރު ކަމަށް ޝަހްބާޒް ޝަރީފް ވަޑައިގެންނެވީ މިދިޔަ އެޕްރިލްގައި ކަމަށް ވާއިރު ދެގަމުގެ ދެމެދު ކުރިން ޖެހެމުން އައި މައްސަލަތައް މިހާރު ކޮންމެވެސް ވަރަކަށް ފިނިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އޮތީ އިންޑިޔާއާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. ނަމަވެސް މިހާރުގެ ފޮރިން މިނިސްޓަރު ބިލާވަލު ބުއްޓޯ ޒަރްދާރީ ވަނީ ވިޔަފާރި ގުޅުންތައް އަލުން ގާއިމް ކުރަން ބޭނުން ކަމަށް ވިދާޅުވެފައެވެ.

ޝެންހާއި ކޯޕޮރޭޝަން އޯގަނައިޒޭޝަން ނުވަތަ އެސް.ސީ.އޯއަކީ ބޯޑަރު ސެކިއުރިޓީ ޔަގީންކޮށް އަދި ހައްދުފަހަނަ އަޅާދިއުން ހުއްޓުވުމަށް 2001 ވަނަ އަހަރު ޗައިނާ ރަޝިޔާ އަދި ސެންޓްރަލް އޭޝިޔާގެ ހަތަރު ގައުމު ކަމަށްވާ ކަޒަކްސްތާން، ކިރްގިސްތާން، އުޒަބަކިސްތާން އަދި ތަޖިކިސްތާން ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ. އިންޑިޔާ އާއި ޕާކިސްތާން ގުޅިފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އީރާނަށް ފުލް މެމްބަރުކަން ލިބެނީ މިފަހަރުގެ ސަމިޓްގައެވެ. އެޖަމިއްޔާ މިވަގުތު ބެލެނީ ނޭޓޯ ފަދަ ހުޅަގުގެ ޖަމާއަތްތަކުގެ ނުފޫޒުން ނެއްޓި ތިބެވޭނެ ގޮތެއް ހޯދުމަށް އޮތް މަގެއްގެ ގޮތުގައެވެ.

މި ގްރޫޕްގަ ހިމެނޭ ގައުމުތަކުގެ އާބާދީ އެއްކޮށްލުމުން ދުނިޔޭގެ އާބާދީގެ 44 އިންސައްތަ އާއި ގާތް ކުރާއިރު، ޖިއޯގްރަފިކަލް ގޮތުން ބެލިއަސް މިގައުމުތައް ވަރަށް ބޮޑު އޭރިޔާއެއް ކަވަރު ކުރެއެވެ. އަދި މި ގައުމުތަކުގެ ޖީޑީޕީ ވެސް ދުނިޔޭގެ ޖީޑީޕީގެ 30 އިންސައްތަޔަށް ވުރެ އިތުރެވެ.

މި ބްލޮކްގެ ހަގީގީ މަސައްކަތަކީ ރީޖަނަލް ސެކިއުރިޓީ ޔަގީން ކުރުން ކަމަށް ވިއަސް ފަހުން ވަނީ އިގްތިސާދާއި ވިޔަފާރީގެ އިތުރުން ގާނޫނު ހިންގުމުގެ ކަންކަންވެސް އިތުރު ކޮށްފައެވެ.

މި ބްލޮކްގައި ޗައިނާ އަދި ރަޝިޔާގެ ނުފޫޒް ގަދަ ތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވްލަޑިމިއަރ ޕުޓިންޗައިނާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް