Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިމް ކިއާ ޓޮން އަވަހާރަވުން

ސިންގަޕޫރު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އަވަހާރަވެއްޖެ

ލިމް އަކީ ސިންގަޕޫރު ފުޓުބޯޅަ އެސޯސިއޭޝަން ފުރަތަމަ އިންތިޚާބީ ރައީސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:36
ލިމް ކިއާ ޓޮން

ލިމް ކިއާ ޓޮން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ސިންގަޕޫރު (އެފްއޭއެސް)ގެ ރައީސް ލިމް ކިއާ ޓޮން އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 70 އަހަރުގެ ލިމް އަވަހާރަވެފައިވަނީ ބުދަ ދުވަހުގެ ވަގުތެއެއްގައެވެ. ލިމް އަކީ ސިންގަޕޫރު ފުޓުބޯޅަ އެސޯސިއޭޝަން ފުރަތަމަ އިންތިޚާބީ ރައީސް އެވެ. އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ލިމް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ލިމް ވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

ލިމް އެންމެ ފުރަތަމަ އެ އެސޯސިއޭޝަންގައި އަދާކުރައްވާފައިވަނީ ކޮމެޓީ މެމްބަރުކަމެވެ. 1999 ވަނަ އަހަރުން ފެށިގެން ލިމް އައި އެފްއޭއެސް ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ލިމް ވަނީ އެފްއޭއެސްގެ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން ލިމް އަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ކޮމެޓީއެއްގައި މަސައްކަތް ކުރެއްވި ސިންގަޕޫރަށް ނިސްބަތްވާ ފުރަތަމަ ފަރާތެވެ. 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ލިމް ވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމެޓީގެ ޑެޕިއުޓީ ޗެއާމަނަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

ލިމް އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ އެފްއޭއެސް އިން ވަނީ އާއިލާއަށް ތައުޒިޔާގެ މެސެޖު ފޮނުވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ ކުޅިވަރު މިނިސްޓަރު އެޑްވިން ޓޮން ވެސް ވަނީ ލިމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އެޑްވިން ވިދާޅުވެފައިވާ ގޮތުގައި، ލިމް އަކީ ސިންގަޕޫރުގެ ފުޓުބޯޅަ މަތީ ފެންވަރަކަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި ފަރާތެކެވެ. މީގެ އިތުރުން ލިމް އަކީ އަބަދުވެސް ފީފާ އާއި އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ގަވާއިދަށް އަބަދުވެސް އަމަލުކުރައްވާ، އިހްތިރާމްކުރެއްވި ފަރާތެއް ކަމަށް ވެސް އެޑްވިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން އިބްރާހިމް އަލް ޚަލީފާ ވެސް ވަނީ ލިމް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާ، އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އޭއެފްސީ ރައީސް ވިދާޅުވި ގޮތުގައި ލިމް އަކީ ސިންގަޕޫރުގެ ފުޓުބޯޅައިގެ އިތުރުން މުޅި އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ކުޅަދާނަ ޝަޚުސިއްޔަތެކެވެ.

ލިމް އަވަހާރަވުމާ ގުޅިގެން ސިންގަޕޫރުގެ ޑޮމެސްޓިކް ފުޓުބޯޅަ ލީގުގެ މެޗުތައް ވެސް ވަނީ ފަސްކޮށްފައެވެ.

ސިންގަޕޫރުސިންގަޕޫރު ފުޓުބޯޅަ އެސޯސިއޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
02 އޯގަސްޓު 2025

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
17 ޖުލައި 2025

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
01 ޖުލައި 2025

ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ

01 ޖުލައި 2025
ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ
30 ޖޫން 2025

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
30 ޖޫން 2025

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

30 ޖޫން 2025
ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި
30 ޖޫން 2025

އޯކިޑް ހައިބްރިޑަކަށް، ރައީސުލްްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފި

30 ޖޫން 2025
އޯކިޑް ހައިބްރިޑަކަށް، ރައީސުލްްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު