Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް

ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް، ނައިބު ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

13 ސެޕްޓެމްބަރު 2022 | އަންގާރަ 18:28

ފުލުހުންގެ ޤާބިލްކަން އިތުރުކުރުމާއި، ރާއްޖޭގެ އަވައްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 18:28
ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް ހޫންގ ވީ ޓެކް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް ހޫންގ ވީ ޓެކް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް ހޫންގ ވީ ޓެކް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއިި، ސިންގަޕޫރުގެ ޕޮލިސް ކޮމިޝަނަރ ވަނީ، ދެޤައުމުގެ ފުލުހުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފުލުހުންގެ ޤާބިލްކަން އިތުރުކުރުމާއި، ރާއްޖޭގެ އަވައްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ފުލުހުންނަށްވެސް ކުރިމަތިވާ، އެެއްގޮތް ހުރަސްތަކާއި ދަތިތައް ޙައްލު ކުރުމުގައި، ދެޤައުމުގެ ފުލުހުންގެ މެދުގައި، ތަޖުރިބާ އާއި މަޢުލޫމާތު ބަދަލުކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ، ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި، ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ، ފޮރިން ސެކްރެޓަރީ، އަޙްމަދު ލަޠީފާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްސިންގަޕޫރު

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
02 އޯގަސްޓު 2025

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
17 ޖުލައި 2025

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!
03 ޖުލައި 2025

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
01 ޖުލައި 2025

ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ

01 ޖުލައި 2025
ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ
30 ޖޫން 2025

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
30 ޖޫން 2025

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

30 ޖޫން 2025
ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް