Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެމިލީ ކޯޓު

އޯގަސްޓުމަހު ފިރިހެނުންނަށް ގެވެށި އަނިޔާކުރުމާގުޅޭ 14 އިންސައްތަ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅި

އޯގަސްޓު މަހު 188 ކައިވެނި ކޮށްދީފައިވާއިރު، 148 ވަރިކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 09:10
ފެމިލީ ކޯޓް

ފެމިލީ ކޯޓް

އޯގަސްޓު މަހު ފިރިހެނުންނަށް ގެވެށި އަނިޔާކުރުމާގުޅޭ 14 އިންސައްތަ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ އޯގަސްޓު މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން އޯގަސްޓު މަހު 188 ކައިވެނި ކޮށްދީފައިވާއިރު، 148 ވަރި ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން 27 މައްސަލައެއް ނިންމާފައިވާއިރު، އަލަށް ހުށަހެޅުނު 17 މައްސަލައަކާއެކު 44 މައްސަލައެއް އަދި ނުނިމި އެބަހުރިކަމަށް ކޯޓުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއާ ގުޅޭ 7 މައްސަލައެއް އޯގަސްޓު މަހު ފެމިލީ ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި ކުރީ މަހުގެ ބާކީގެ ގޮތުގައި 5 މައްސަލައެއް ހިމެނޭއިރު، ރައްކާތެރި ކުރުމުގެ އަމުރުތަކާއިގުޅޭ 7 މައްސަލައެއް މި މުއްދަތުގައި ކޯޓުން ވަނީ ނިންމާފައެވެ.

އެއް މައްސަލައެއްގައި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތްކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ގެވެށި އަނިޔާއާ ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 4 މައްސަލައެއް ބާކީ ނުނިމި އެބައޮތެވެ.

ފެމިލީ ކޯޓުން މައުލޫމާތު ދޭ ގޮތުގައި އޯގަސްޓު މަހު ހުށަހެޅިފައިވާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން 86 އިންސައްތަ މައްސަލައަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލައެވެ. 14 އިންސައްތަ މައްސަލައަކީ ފިރިހެނުން ހުށަހަޅާފައިވާ މައްސަލައެވެ.

އޯގަސްޓު މަހު ޙުކުމް ތަންފީޒު ކުރުމާގުޅޭ 29 މައްސަލައެއް އަލަށް ކޯޓަށް ހުށަހެޅިފައިވެއެވެ. ބަލަދުވެރިކަމާއި ބެލެނިވެރިކަމާ ގުޅޭ 1 މައްސަލަ ހުށަހެޅިފައިވާއިރު، މަރު ސާބިތު ކުރުމާގުޅޭ 6 މައްސަލަވެސް ހުށަހެޅިފައިވެއެވެ.

އޭގެ އިތުރުން، ވަލީ ހޯދުމާ ގުޅޭ 4 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ފެމިލީ ކޯޓަށް ހުށަހެޅިފައިވެއެވެ.

ފެމިލީ ކޯޓްގެވެށި އަނިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

03 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު