Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނީ ބަސް ދަތުރު: ޓްރެފިކް ބެލެހެއްޓުން

ބަހަށް ދަތިވާ ގޮތަށް ޕާކުކުރި 500 އަށްވުރެ ގިނަ އުޅަނދުތަކުގައި ސްޓިކާ ޖަހައިފި

532 އުޅަނދެއްގައި ވައިލޭޝަން ސްޓިކަރ ޖެހި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 01:57
މިނީ ބަހުގެ ޚިދުމަތް ފެށުން

މިނީ ބަހުގެ ޚިދުމަތް ފެށުން

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުރި 500 އަށްވުރެ ގިނަ އުޅަނދުތަކުގައި ޕާކިންގ ވައިލޭޝަން ސްޓިކަރ ޖަހައިފިއެވެ.

އާދީއްތަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 6 އިން 10 އަށް ޖުމްލަ 538 އުޅަނދެއްގައި ވަނީ ވައިލޭޝަން ސްޓިކަރ ޖަހާފައެވެ. މި އުޅަނދުތަކަކީ ބަހުގެ ޚިދުމަތް ދޭ މަގުތަކުގައި ޕާކު ނުކުރެވޭނެ ކަމަށާއި ޕާކު ކުރަން ޖެހޭނީ އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ތަންތަނުގައި ކަމަށް ފުލުހުން ބުނެފައިވަނިކޮށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ.

Advertisement - newsAdvertisement

މިނީ ބަހުގެ ޚިދުމަތް ދެމުން އަންނަނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށްވުން އެ ސަރަހައްދުތަކުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. އަދި ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް މިހާރު ފުލުހުން ވެސް އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެއެވެ. އެގޮތުން، ބަހަށް އުނދަގޫވާގޮތަށް ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހައި، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރާނެ ކަމަށް ފުލުހުން ވަނީ މި މަހުގެ 6 ވަނަ ދުވަހު އާއްމުކޮށް އިއުލާންކޮށްފައެވެ.

މިކަން އިއުލާން ކުރުމަށްފަހު ހަތަރު ދުވަހުގެ ތެރޭގައި 538 އުޅަނދުގައި ވައިލޭޝަން ސްޓިކަރ ޖަހާފައިވާއިރު 30 ސައިކަލާއި ކާރެއް ވަނީ ޓޯ ކޮށްފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މިނީ ބަހުގެ ޚިދުމަތް މާލޭގައި ދޭން ފެށީ މި މަހުގެ 5 ވަނަ ދުވަހު އެވެ. މި ޚިދުމަތް އެ ކުންފުނިން ދެމުން އަންނަނީ 3 ރޫޓެއްގައެވެ. އެއީ މަޖީދީމަގު ރޫޓާއި އޯކިޑު މަގު ރޫޓާއި އަމީނީ މަގު ރޫޓެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް މާލޭގައި 42 ބަސްސްޓޮޕް ހަދާފައިވާއިރު މި ޚިދުމަތް ދެނީ 18 ބަސް ބޭނުން ކޮށްގެންނެވެ. މި ޚިދުމަތް ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން މެންދަމު 12:15 އާ ހަަމައަށް ފޯރުކޮށްދެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނީ ބަސްޓްރެފިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު