Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން

ގޯއްޗާއި ފްލެޓަށް އެދި 15000ށްވުރެ ގިނަ ފޯމު ހުށަހަޅައިފި

މިހާތަނަށް 15،641 ފޯމު ވަނީ ހުށަހަޅާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 11:46
ގޯތި ދޫކުރުމުގެ އުސޫލު

ގޯތި ދޫކުރުމުގެ އުސޫލު

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 15000ށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

އެ މިނިސްޓްރީން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިންގޮތުގައި، މިހާތަނަށް އެ މިނިސްޓްރީއަށް ވަނީ 15،641 ފޯމު ހުށަހަޅާފައެވެ. ގިނަ އަދަދަކަށް ފޯމު ލިބެމުންދަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި، ގޯތި ލިބޭނެ ގޮތްތަކާއި، ޝަރުތުތަކާއި، ލިބޭ ގޯތީގެ ސައިޒްތައް ވަނީ އާންމުކޮށްފައެވެ.

ޝަރުތުތަކުގެ ތެރޭގައި; މާލޭގެ ރައްޔިތެއް ކަމުގައިވުން (މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތަކަށް)، އުމުރުން 18 އަހަރު ފުރިފައިވުން (އުމުރު ހަމަވެފައިވާކަމަށް ބަލާނީ ސްކީމްގެ ފޯމް ހުށަހަޅާ މުއްދަތުގެ ތާރީޚަށް)، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ނުވުން، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުމާއި، މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން، އަދި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލައި، ނުވަތަ ވިއްކާލާފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް، ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއްވެސް ހުށަހެޅިދާނެއެވެ. އެޕްލިކެންޓްގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެވެސް ޝަރުތު ހަމަވާންވާނެއެވެ. ޖޮއިންޓް އެޕްލިކެންޓުންގެ ގޮތުގައި އެޕްލިކޭޝަން ހުށަހެޅޭނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިންނެވެ. "ބެހެނިވެރިން" ކަމުގައި ބަލާނީ ބިން ރަޖިސްޓްރީވެފައިވާ މީހުންނެވެ. އަދި އާއިލާ ކަމަށް ބަލާނީ (އިމީޑިއަޓް ފެމިލީ) މަންމަ، ބައްޕަ އަދި ދަރިންނެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާ ފަރާތްތަކުން ދޫކޮށްލާ ބިމާމެދު އަމަލުކުރާނެ ގޮތްތަކުގެ ތެރޭގައި ހިމެނެނީ; އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ބިމުން އެމީހާ ދޫކޮށްލާ ބައި ލިބުން، ބިން ނިސްބަތްވާ ހުރިހާ ބެހެނިވެރިންނަށް ލިބުން، ނުވަތަ ބިން ނިސްބަތްވާ ހުރިހާ ބެހެނިވެރިން ދޫކޮށްލުމުން އެބިން، ސްކީމް ހިންގާ ފަރާތަށް ލިބުން. އަދި ތިމާގެ ނަމުގައި އެކަނި ރަޖިސްޓްރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން އެ ބިން ލިބޭނީ ސްކީމް ހިންގާ ފަރާތަށެވެ.

ބަންޑާރަ ގޯއްޗަކުން ބިމުން ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމުން އެބައި ލިބޭނީ އެ ބިމުގެ ދެންތިބި ވާރިސުންނަށެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށްޓަކައި، ފޯމްތައް އިވެލުއޭޓްކުރުމުގެ ބޭނުމަށް، އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހާލެވޭނެއެވެ. އެހެންނަމަވެސް އެ ކެޓަގަރީތަކަކީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބެއްނޫނެވެ.

ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށެވެ.

ގޯތި ލިބޭނެ ބޮޑުމިން ކަނޑައަޅާނެ ގޮތަކީ، ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ލާނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4000 އަކަފޫޓެވެ.

މާލޭ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރުވެފައިވާ ނުވަތަ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ، 18 އަހަރުން މަތީގެ ދިވެހިންނަށެވެ.

ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓަށާއި 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. ބާކީ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުންނެވެ.

ހުޅުމާލެމާލެ ސިޓީގޯތި ގެދޮރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު