Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް

ބޯޑުގެ މަޤްސަދަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުން ހަރުދަނާކުރުން: މާހިރު

ހޮސްޕިޓަލް ހިންގުމުގައި ގެންގުޅޭނެ ސިޔާސަތުތައް ކަނޑައަޅާ، ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންތައްތައް ހިންގާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 09:42
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްގެ މެމްބަރު އާދަމް މާހިރު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްގެ މެމްބަރު އާދަމް މާހިރު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްގެ މަޤްސަދަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުން ހަރުދަނާކުރުން ކަމަށް އެ ބޯޑުގެ މެމްބަރު އާދަމް މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މާހިރު ވިދާޅުވީ ބޯޑު އެކުލަވާލާފައިވާ މައިގަނޑު މަޤްސަދަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުމުގައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުކުރެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

ބޯޑުން ކަނޑައެޅޭ ތަސައްވަރަކީ އެ ދާއިރާއެއްގެ ތެރެއިން ކަނޑައެޅޭ ތަސައްވަރުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯޑުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު ހޮސްޕިޓަލް ހިންގުމުގައި ގެންގުޅޭނެ ސިޔާސަތުތައް ކަނޑައަޅާ، ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންތައްތައް ހިންގާނެ ކަމަށް މާހިރު ފާހަގަކުރެއްވިއެވެ.

ބޯޑުގެ އެކުލަވާލިތާ ހަތް ދުވަސްވެފައިވާއިރު އަދި ބޯޑުގެ ބައްދަލުވުންތައް ނުބާއްވާ ކަމަށް މާހިރު ވިދާޅުވިއެވެ. އެހެންނަމަވެސް ބައްދަލުވުންތައް ބާއްވަން މަޝްވަރާ ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ބޯޑުގެ ބައްދަލުވުންތައް ވާޗުއަލްކޮށްވެސް ކުރިއަށް ގެންދެވޭނެކަމަށް މެންޑޭޓްގައި ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އުންމީދަކީ ފޭސް ޓު ފޭސްކޮށް ވެސް ބައްދަލުވުންތައް ކުރިއަށް ދިޔުން ކަމަށް މާހިރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

އެގޮތުން ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. އަދި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ މުޙައްމަދު ސާމިޢުއެވެ. މިބޯޑު އުފެއްދެވުމާ ގުޅިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްރ. އުނގޫފާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނީ އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ހުރުމުން - ޔޫއާރުއޭ

އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނީ އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ހުރުމުން - ޔޫއާރުއޭ

23 ޖުލައި 2024
އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ ނިޔާވެއްޖެ

އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ ނިޔާވެއްޖެ

08 ޖޫން 2024
މިއަދު ފެންނަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލަމުންދާ މަންޒަރު: ވައްޑެ

މިއަދު ފެންނަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލަމުންދާ މަންޒަރު: ވައްޑެ

12 މެއި 2024
އުނގޫފާރު އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގަން ހަވާލުކޮށްފި

އުނގޫފާރު އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގަން ހަވާލުކޮށްފި

28 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު