Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސްކްރީމް ޕައުޑަރެއް ބޭނުންކުރުން މަނާކުރުން

ހުއްދަ ނެތް ކާކުލައެއް އަޅާފައިވާތީ އައިސްކްރީމް ޕައުޑަރެއް ބޭނުންކުރުން މަނާކޮށްފި

7 ސެޕްޓެމްބަރު 2022 | ބުދަ 13:05

އެއީ"ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ" ގެ ލޮޓް ނަންބަރު L3105210523

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ސެޕްޓެމްބަރު 2022 | ބުދަ 13:05
"ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ"

"ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ"

އިޓަލީ ވިލާތުގެ "ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ" ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ "ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ" ގެ ލޮޓް ނަންބަރު L3105210523 އަށް ހުއްދަ ނެތް ކާކުލައެއް އަޅާފައިވާކަމަށެވެ. އަދި މި އައިސްކްރީމް ޕައުޑަރ ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

Advertisement - newsAdvertisement

މި އެލަރޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްއެފްޑީއޭގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު ވިދާޅުވީ ކާއެއްޗިއްސަށް އަޅަންވާ ބާވަތްތަކާއި، އަޅައިގެން ނުވާނެ ބާވަތްތައް ހުންނަ ކަމަށެވެ. ސްޓެލާ ބްރޭންޑުގެ އައިސްކްރީމް ފައުޑަރުގެ އެ ފަހަރުގެ އުފެއްދުމަށް އަޅާފައިވަނީ ކާ އެއްޗިއްސައަށް އަޅައިގެން ނުވާނެ ބާވަތުގެ ކާކުލައެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ މީގެ ރިސްކު އަދި އެހާވަރަށް ބެލިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ އާންމުކޮށް ޑިސްޓްރިބިއުޓް ކުރާ ބާވަތުގެ އައިސްކްރީމް ޕައުޑަރެއް ނޫން ކަމަށާއި، އާންމުކޮށް އެ ޕައުޑަރ ބޭނުންކުރަނީ އައިސްކްރީމް ހަދާ ތަންތަނުން ކަމަށެވެ. އެހެންވީމަ އެ ބާވަތް މާކެޓުގައި ދައުރުވުމުގެ ފުރުސަތު ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބާވަތަކީ 2023 އާ ހަމައަށް މުއްދަތު ހަމަވާ ބާވަތަކަށް ވާތީ އަދިވެސް އެތެރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އެހެންނަމަވެސް އެ ލޮޓް އެތެރެނުކުރުމަށް މިހާރު އެދިފައިވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެއީ ޕެކެޓްގެ ބަރުދަނުގައި 1 ކިލޯ 35 ގްރާމް ހުންނަ އައިސްކްރީމް ޕައުޑަރެކެވެ. އެ އުފެއްދުމުގެ މުއްދަތު ހަމަވަނީ 2023 ވަނަ އަހަރުގެ 5 ވަނަ މަހުއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް