Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޓީއެލް ފެރީ އަދި މިނީ ބަހުގެ ޚިދުމަތް

އާރުޓިއެލް ފެރީގެ ޒޯން 1ގެ މަސައްކަތާއި މިނީ ބަހުގެ ޚިދުމަތާ ގުޅޭގޮތުން ކެބިނެޓުން މަޝްވަރާ ކޮށްފި

6 ސެޕްޓެމްބަރު 2022 | އަންގާރަ 15:24

އާރުޓިއެލް ޚިދުމަތާ ގުޅޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 15:24
ކެބިނެޓް ބައްދަލުވުން ކުރިއަށްދަނީ

ކެބިނެޓް ބައްދަލުވުން ކުރިއަށްދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުގައިވާ އިންޓެގްރޭޓަޑް ޓްރާންސްޕޯޓް ނެޓްވޯކްގެ ކަންކަމުގެ ތެރޭގައި ހިމެނޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން 1 ގެ މަސައްކަތް ސަރުކާރުން އެއްކޮށް ނިންމާލުމާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ކެބިނެޓުން މަޝަވަރާ ކޮށްފިއެވެ.

އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ވަނީ ހާއްސަ ޕްރެޒެންޓޭޝަންތަކެއް ހުށައަޅައިފައެވެ. މި ޕްރެޒެންޓޭޝަންތައް ބިނާކޮށްފައިވަނީ އާރްޓީއެލް ފެރީގެ ޚިދުމަތާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތަކުގެ މައްޗަށެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ޒޯންތަކަކަށް ބަހާލައިގެން ތިން މަރުޙަލާއެއްގައި ކަމަށާއި، އަދި ޒޯން 1 ގައި ހިމެނޭ ހއ، ހދ، ށ، އަތޮޅުގައި ފެރީގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ޚިދުމަތުގެ ދެވަނަ މަރުޙަލާ އަދި ތިން ވަނަ މަރުޙަލާގެ މަސައްކަތްތައް ތަންފީޒުކުރާނެގޮތުގެ އިތުރު މަޢުލޫމާތު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މާލޭގައި ފަށާފައިވާ މިނީ ބަހުގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި ތަރުޙީބު ލިބެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މި ޚިދުމަތްތައް އިތުރަށް ކާމިޔާބުކަމާއެކު ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 އެޕްރީލު 2018

ފެބްރުއަރީ 1ގެ އަމުރު ތަންފީޒުނުކޮށް، ސިފައިން ދެއްކި ކިޔަމަންތެރިކަމަށް ޝުކުރު އަދާކޮށްފި

21 އެޕްރީލު 2018
ފެބްރުއަރީ 1ގެ އަމުރު ތަންފީޒުނުކޮށް، ސިފައިން ދެއްކި ކިޔަމަންތެރިކަމަށް ޝުކުރު އަދާކޮށްފި
27 މާރިޗު 2018

ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ނަމުގައި އާ ކުންފުންޏެއް އުފައްދާ ބޯޑް އެކުލަވާލައިފި

27 މާރިޗު 2018
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ނަމުގައި އާ ކުންފުންޏެއް އުފައްދާ ބޯޑް އެކުލަވާލައިފި
31 ޑިސެމްބަރު 2017

2017 ވަނަ އަހަރުގެ މަސައްކަތާއި ދޭތެރޭ އެމްޑީޕީ މެމްބަރުން ފަހުރުވެރިވާނެ: އެމްޑީޕީ

31 ޑިސެމްބަރު 2017
2017 ވަނަ އަހަރުގެ މަސައްކަތާއި ދޭތެރޭ އެމްޑީޕީ މެމްބަރުން ފަހުރުވެރިވާނެ: އެމްޑީޕީ
12 ނޮވެމްބަރު 2017

ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމުން، ފެރީގައިތިބި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފި

12 ނޮވެމްބަރު 2017
ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމުން، ފެރީގައިތިބި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފި
06 ނޮވެމްބަރު 2017

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

06 ނޮވެމްބަރު 2017
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި
10 ސެޕްޓެމްބަރު 2017

މިއަހަރުގެ ބަޖެޓް އޮކްޓޯބަރު 31ގެ ކުރިން މަޖިލީހަށް ފޮނުވޭނެ

10 ސެޕްޓެމްބަރު 2017
މިއަހަރުގެ ބަޖެޓް އޮކްޓޯބަރު 31ގެ ކުރިން މަޖިލީހަށް ފޮނުވޭނެ
15 އޯގަސްޓު 2017

'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި

15 އޯގަސްޓު 2017
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
01 މެއި 2017

އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި

01 މެއި 2017
އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް