Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލެޓްފޯމް ފަރަށް އެރުން

ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފި

6 ސެޕްޓެމްބަރު 2022 | އަންގާރަ 10:07

މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 8:00ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 10:07
ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ބަލަނީ

ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ބަލަނީ

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް (އެސްއީޕީ)، ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ ސަރވޭގެ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 8:00ގައި ކަމަށެވެ. ނަޢީމް ވިދާޅުވީ ސަރވޭގެ މަސައްކަތް ނިންމާލުމަށް 1 ދުވަސް ނަގާނެކަމަށެވެ. 8 މީހުންގެ ޓީމެއް މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު، ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ.

Advertisement - newsAdvertisement

އީޕީއޭއިން މި މަސައްކަތް ފަށާފައިވާއިރު، މި ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުގެސަބަބުން އެ ސަރަހައްދަށް ވެއްޓުނު ދަގަނޑުތައް ނަގައި އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް، ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އާދިއްތަ ދުވަހު އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ނުނިމި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށީ މިދިޔަ މަހު 28ގައި ކަމަށާއި އޭރުވެސް މޫސުން ގޯސްކަމަށެވެ. އެހެންނަމަވެސް ޕްލެޓްފޯމް ފަރަށް އެރި ސަރަހައްދު ސާފުކޮށް ނިންމާފައިވަނީ އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ މަޝްރޫއު ހިންގަމުންއަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިން ބުނީ ޕްލެޓްފޯމް ފުންނުކުރެވި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލެޓްފޯމް ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ ވައިގަދަވުމާއި ރާޅު ބޮޑުވުމުގެ ސަބަބުން ކަމަށާއި، އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް