Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތާނުގައި ބަލިމީހުންނަށް ހިލޭ ސާބަހަށް ޚިދުމަތް ދިނުމުގެ އެންމެ ކުރީގައި ޑޮކްޓަރުން

5 ސެޕްޓެމްބަރު 2022 | ހޯމަ 08:47

އެ ކޭމްޕުގައި 6 ޑޮކްޓަރަކު މަސައްކަތް ކުރާއިރު، ދުވާލެއްގެ މައްޗަށް 700 އާއި 800 އާ ދެމެދު އަދަދަކަށް ބަލި މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ސެޕްޓެމްބަރު 2022 | ހޯމަ 08:47
ގިނަ ޢަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ދާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ގޮތެއްގައި ކާބޯތަކެތި ނުލިބުމުގެ ކަންބޮޑުވުން

ގިނަ ޢަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ދާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ގޮތެއްގައި ކާބޯތަކެތި ނުލިބުމުގެ ކަންބޮޑުވުން

މޫސުމީ ގަދަވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިޘާތަކުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ޤާއިމުކޮށްފައިވާ މެޑިކަލް ކޭމްޕަކުން ދުވާލެއްގެ މައްޗަށް ޚިދުމަތް ހޯދާ މީހުންގެ އަދަދު، އެތައް ސަތޭކައަކަށް އަރާ ކަމަށް އެ ކޭމްޕުގައި ބަލި މީހުން ބެލުމުގެ މަސައްކަތުގައި ހަރާކާތްތެރިވާ ޑޮކްޓަރަކު ހާމަ ކުރައްވައިފިއެވެ.

ޑްރޯން މެދުވެރިކޮށް ނަގާފައިވާ މަންޒަރުތަކުން ފެންނަ ގޮތުން، ސިންދު ޕްރޮވިންސްގެ ޖޯހީ އަވަށުގެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ ފެނު އަޑީގައެވެ. ގެތަކާއި ދަނޑުބިންތައް ސުންނާފަތި ވެފައި ވާ އިރު، އެހެން ސަރަހައްދަކަށް ދެވެން އޮތް މަގުތަކާވެސް ވަނީ ގުޅުން ކެނޑިފައެވެ.

ސިއްހީ ފަރުވާ ދެމުން ދަނީ ކައިވެނި ހަފުލާތައް ބާއްވަމުން ދިޔަ ހުސް ޖާގައެއްގައި، ކުލިނިކު ހަދައިގެންނެވެ. އެކަން ކުރީވެސް އެ ސަރަހައްދުގެ ޑޮކްޓަރުންގެ މަސައްކަތުންނެވެ. ބޭރަށް ހިންގުމާއި، މެލޭރިއާ، ގަދައަށް ހުން އައުމުގެ އިތުރުން ހަމުގެ މައްސަލަތަކައިގެން އަންނަ މީހުންނަށް ފަރުވާ ދެމުން ދަނީ ހިލޭ ސާބަހަށެވެ. އެ ކޭމްޕުގައި 6 ޑޮކްޓަރަކު މަސައްކަތް ކުރައްވާއިރު، ދުވާލެއްގެ މައްޗަށް 700 އާއި 800 އާ ދެމެދު އަދަދަކަށް ބަލި މީހުންނަށް ޚިދުމަތް ފޯރުކޮށްދެއްވައެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ދާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ގޮތެއްގައި ކާބޯތަކެތި ނުލިބުމުގެ ކަންބޮޑުވުމެވެ.

ތާރީޚު ނުދެކޭ ފަދަ މޫސުމީ ގަދަ ވިއްސާރައިގެ އިތުރުން، އުތުރުގެ ފަރުބަދަމަތީ ސަރަހައްދުގެ ގަނޑުފެނުގެ ކޯރުތައް ނުވަތަ ގްލޭޝިއަރތައް ވިރުމުގެ ސަބަބުން ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހިތާމަވެރި ކާރިޘާގައި މަރުވި މީހުންގެ 1200 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި 441 ކުޑަކުދިންވެސް ހިމެނެއެވެ. 

ފާއިތުވީ ދުވަސްތަކަކީ ޕާކިސްތާނަށް ރެކޯޑް މިންވަރަކަށް ވިއްސާރަ ކުރި ދުވަސްވަރެކެވެ. ސިންދު ޕްރޮވިންސަކީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދެވެ.

ޕާކިސްތާނަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިޘާގެ އަސްލަކީ މޫސުމީ ނޭދެވޭ ބަދަލުތައް ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ އިރު، ޕާކިސްތާނަކީ މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގު ފަހި ކުރާ އެންމެ މައިގަނޑު އެއް މަސްދަރު ކަމަށް ވާ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ ޤައުމުތަކުގެ ލިސްޓުގައި މާ ބޮޑު ހިއްސާއެއް އޮންނަ ޤައުމެއް ނޫން ކަން، އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ފާހަގަ ކުރައްވައެވެ. ނަމަވެސް، މިއަދު ޕާކިސްތާނަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ޙަޤީޤީ ތަކުލީފު ތަސްވީރު ކޮށްދޭ "ގްރައުންޑް ޒީރޯ" ކަމަށް ޕާކިސްތާނުން ދަނީ ސިފަ ކުރަމުންނެވެ.

މި ފެށުނު ސެޕްޓެމްބަރ މަހަކީ ޕާކިސްތާނަށް އަދިވެސް ގަދައަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ހާދިޘާތަކާ ކުރިމަތިލާން ޖެހޭނެ ދުވަސްތަކެއް ކަމަށް، މޫސުމާ ބެހޭ އޮފިޝަލުން ވަނީ ލަފާ ކުރައްވާފައެވެ. ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތައް މިހާރު ހުށިޔާރު ވެ އޮތީ އިންޑަސް ކޯރުގެ ފެންގަނޑު ފުރި، ބަންޑުންވެގެން ހިނގައިދާނެ ވަގުތަކަށެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ތަރައްޤީ ވަމުން އަންނަ ނާޒުކު ޤައުމުތަކަށް ކުރިމަތިލާން ޖެހޭ ކާރިޘާތަކަށް އެކަށީގެންވާ ބަދަލު ދިނުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ ނިޒާމަކަށް ދުނިޔެ ބޭނުން ވެފައި އޮންނަތާ ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށާ، އަދި މިފަދަ ކާރިޘާތަކަށް މަގުފަހި ކުރުމުގެ ތާރީޚެއް އޮތް، ސިނާއީ ގޮތުން ކުރިއަރާފައި ވާ ޤައުމުތަކުން އެ ކަމުގެ ޒިންމާ އުފުލަން ޖެހިފައި އޮންނަތާވެސް ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށް ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، މުނީރު އަކްރަމް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުވުން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައި ވާ ޤައުމުތަކުގައި ކަމަށް ވީ ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އުފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައި ވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގެ ރަށްވެހިންނަށެވެ.

1959 ވަނަ އަހަރުން ފެށިގެން ބަލާ ކަމުގައި ވާ ނަމަ، ކާބަންޑައިއޮކްސައިޑް ބޭރު ކުރި ނިސްބަތުން ޕާކިސްތާން ހިއްސާ ކުރަނީ އެންމެ 0.4 ޕަސެންޓްއެވެ. އެމެރިކާއިން 21.5 ޕަސެންޓް، ޗައިނާއިން 16.5 ޕަސެންޓް އަދި ވިލާތުގެ އިއްތިހާދުން 15 ޕަސެންޓްއެވެ. ނަމަވެސް، މިއަދު ޕާކިސްތާނަށް އުފުލަން ޖެހިފައިވާ ތަކުލީފަކީ އެ ނިސްބަތާ އަޅާ ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ 3 ބައިކުޅަ 1 ބައި ސަރަހައްދު މިހާރު އޮތީ ފެނު އަޑީގައެވެ. ޕާކިސްތާނުގެ އާންމު ސިއްހީ ހާލަތުވެސް މިވަގުތު އިންތިހާއަށް ގޯހެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި

24 ސެޕްޓެމްބަރު 2017
ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި
12 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް

12 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް
13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް