Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން އޮފީހުގެ ސީއީއޯ

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކުރި މައްސަލައިގައި ދެލައްކަ ރުފިޔާ ދޭން ޖެހިއްޖެ

5 ސެޕްޓެމްބަރު 2022 | ހޯމަ 06:14

ޖޯން ގްރިންޑަލް އާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާތިލުކުރީ 12 އޮކްޓޯބަރު 2021 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2022 | ހޯމަ 06:14
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް

ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކި ކުރި މައްސަލައިގައި ދެލައްކަ ރުފިޔާ ދޭން ޖެހިއްޖެއެވެ.

އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގައި ހުންނެވި ޖޯން ގްރިންޑަލް އާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާތިލުކުރީ 12 އޮކްޓޯބަރު 2021 ގައެވެ.

Advertisement - newsAdvertisement

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޖޯން ގްރިންޑަލް އައްޔަންކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ޖޯން އަކީ ޕެންޝަން ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން އޭނަ ވަނީ މަލްޓާ ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ލޮއިޑްސް ބޭންކިން ގްރޫޕުގެ ސީނިއަރ އެކްޗުއަރީގެ މަގާމު ފުރުއްވުމުގެ އިތުރުން، ކޮމްޕްރޭ ގްރޫޕް މަލްޓާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވާފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން އޭނާ ވަކިކޮށްފައިވަނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ. އޭރު ޕެންޝަން އޮފީހުން ބުނީ އޭނާ ވަކިކުރީ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވި ވަގުތެއްގައެވެ.

އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމީ ޖޯން މަގާމުން ވަކިކުރީ މައުޟޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށެވެ. ވުމާއެކު، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތްކަން ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް އޭނާއަށް ބަދަލުދޭން ޖެހުނީ އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާތީއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން 215،880ރ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ އޭނާގެ އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެގޮތަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް