Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާމިލް ދީދީ ޕްރައިމަރީ ސްކޫލް

މި ސްކޫލާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ފަސޭހަތަކެއް ވާނެ: އެޑިއުކޭޝަން މިނިސްޓަރު

މިއިންދެނީ އެތައް ޒަމާނަކަށް އޭގެ މޭވާ ރައްޔިތުން ބިންނާނޭ މޭވާގަހެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 04:48
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ރަސްމީކޮށް ހުޅުވިގެންދިއުމާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

824 ދަރިވަރުންނާއެކު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ކިޔެވުން އާދިއްތަ ދުވަހު ވަނީ ފަށާފައެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނެޓުކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ ކަމަށެވެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކާމިލް ދީދީ ފްރައިމަރީ ސްކޫލާ އިންވެގެން ހުރި ޕްރީ ސްކޫލްވެސް މިއަހަރު ތެރޭގައި ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކުރެވިގެން ހުޅުވޭ ސަލާހުއްދީން ސްކޫލުގައި ވެސް ކިޔެވުން ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10އަކާއި ހަމައަށް ކިޔަވައިދެވޭނެ ސްކޫލެކެވެ. އެ ސްކޫލު ހުޅުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލެއް ހުޅުވޭ މުނާސަބާއަކީ ޚާއްސަ މުނާސަބާއެއް ކަމަށެވެ. ސްކޫލަކުން ކިޔަވާ، އެތަނަށް ދަރިވަރުވާ ކުދީންގެ ޢަދަދު އެތައް ހާހަކުން ގުނޭނެ ކަމަށާއި، އެކުދިންގެ ތެރޭގައި ޤައުމަށް ބޮޑެތި ޚިދްމަތްތައް ކޮށްދޭނޭ، ޒަމާންތަކަށް އެކުދީންގެ ނަން ވިދާނޭ ދަރިވަރުން ވެސް ހިމެނޭނެ ކަމަށެވެ. އެހެންކަމުން، މިކުރެވެނީ ތާރީޚީ ޚާއްސަކަމެއް ކަމަށާއި، މިއިންދެނީ އެތައް ޒަމާނަކަށް އޭގެ މޭވާ ރައްޔިތުން ބިންނާނޭ މޭވާގަހެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވާފައިވާ އަދީބެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް އިއްވެވި މޮޅު ބަސް މޮށުންތެރިއެއް ކަމަށާއި، އެ މަނިކުފާނުގެ ހޮބީއަކީ މި ސްކޫލުގެ މޮޓޯކަމުގައިވާ ފޮތް ބެލުމާއި ފޮތް ކިޔުމާއި ލިޔުއްވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި އެދިވަޑައިގަންނަވަނީ އެ ސްކޫލުގެ ނަން އެބޭފުޅަކަށް ނިސްބަތްވާ އަލްއުސްތާޛް ކާމިލްދީދީ ފަދައިން ސްކޫލުގެ ދަރިވަރުންނަކީ ފޮތާ ދޯޅު، ގިނަގިނައިން ފޮތް ކިޔާ، މުޖުތަމަޢުގައި ހޭލުންތެރިކަން ފަތުރާ ދަރިވަރުންތަކަކަށްވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު