Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްރޯޑްކާސްޓިން ކޮމިޝަން

ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 16:23
 ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

ހއ. ހޯރަފުށީގައި ކުންފުންޏަކުން ހުއްދަނެތި 12 ޗެނަލްއެއް ދޫކުރި މައްސަލައެއްގައި އެކުންފުނި 24،000 ރުފިޔާ އިން ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މިމައްސަލަ ނިންމާ ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ 6 ނޮވެންބަރު 2016ގައި ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތްތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ހޯރަފުށީގައި ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި އެކިފަހަރު އެކިޗެނަލްތައް ހިމަނައިގެން ޚިދުމަތް ދޭކަން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޕެކޭޖްތަކުގައި ހިމަނާފައިވާ ޗެނަލް ތަކުގެ ލިސްޓަށް އުނި އިތުރެއް ގެންނަ ނަމަ އެކަން ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށާއި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ކޭބަލްޓީވީގެ ޚިދުމަތުގައި ހިމެނޭ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިފައިވާކަން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް އެ ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އެކޮމިޝަނުން ބުންޏެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް -/2000 ރުފިޔާ އިން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެ 12 ޗެނަލްގެ ތެރޭގައި ހިމެނެނީ، ބީފޯޔޫ މޫވީޒް، ސައުދީ ޤުރުއާން، ޒީޓީވީ، ސޫރިޔާ، އެޗްއޯބީ، ސޮނީ މެކްސް، ސޮނީ ޕިކްސް އަދި ޓެން 3 ގެ އިތުރުން ޓެން 1 އާއި ސަހާރާ ވަން އަދި ފްރާންގްއެވެ.

ހުއްދަ ނުހޯދާ ދައްކާފައިވާ ޗެނަލްތައް ދެއްކުން ހުއްޓާލުމަށް އަންގާފައިވާއިރު ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައި ނިންމުމަށް އެ ކޮމިޝަނުން ވަނީ ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު