Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދޫ ކައުންސިލް

އިހަވަންދޫ ކައުންސިލްގެ ނިންމުން ޤާނޫނާ ޚިލާފު، ތަބާވާކަށް ނުޖެހޭނެ: އަލީ ޙުސައިން

ބައެއް ބިދޭސީންގެ މައްޗަށް 6 ކަމެއް ވަނި މަނާކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 14:42
އިހަވަންދޫ ކައުންސިލުން ނިންމާފައިވާ ކަންކަން

އިހަވަންދޫ ކައުންސިލުން ނިންމާފައިވާ ކަންކަން

ހއ އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލި ކަމަށް ބިދޭސީއަކު އިއުތިރާފު ވުމާއި ވިދިގެން، އިހަވަންދޫ ކައުންސިލުން ބިދޭސީންގެ ތެރެއިން ވަކިބައެއްގެ ބައެއް ހައްޤުތައް ހިފެހެއްޓުމަށް ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށާއި، އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްޙޫރު ޤާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް މަނާކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަނާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

Advertisement - newsAdvertisement
  1. މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.
  2. ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 ން ފެށިގެން، ހަވީރު 5:30 އާއި ދެމެދު ފިޔަވާ ގްރޫޕް ހަދައިގެން ރަށުގެ އެއްވެސް ސަރަޙައްދެއްގައި މަޑުކޮށްގެން ތިބުން.
  3. ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ތަނަކުން މަސްވެރިކަން ކުރުން.
  4. ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު، ފަން، މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުން.
  5. ރަށުގެ ކުނިގޮނޑަށް، ކުނިއުކާލުމަށް ފިޔަވާ އިތުރު އެއްވެސް ބޭނުމަކަށް އެ ސަރަޙައްދަށް ދިއުން.
  6. ރަށުގައި ބޭއްވޭ ހަފްލާތަކަށް ދައުވަތު ނުދޭހާ ހިނދަކު ގޮސްނޫޅުން

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ އިއުލާނާއި އެކު އާންމުކޮށްފައިވާ އިތުރު ލިއުމެއްގައި ބުނެފައިވަނީ ސަރުކާރު މުއައްސަސާތަކުގެ ބެލުމުގެދަށުން ގެނެސްފައިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުން މި ކަންކަމުން އިސްތިސްނާ ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

މި ކަންކަމުގެ އިތުރުން، އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިތުރު އިޢުލާނެއްގައި ބުނެފައިވަނީ، އިހަވަންދޫގައި އުޅޭ ހުރިހާ ބިދޭސީންނާއި، ބިދޭސީން ގެންގުޅޭ ފަރާތްތައް، އާދީއްތަ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ކައުންސިލަށް ހާޒިރުވެ، ކައުންސިލްގައި ރަޖިސްޓްރީ ވުމަށް އަންގާ ކަމަށެވެ.

މި އެންގުންތަކާއި ގުޅިގެން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން، އަލީ ޙުސައިން ވިދާޅުވީ، ބިދޭސީންގެ ތެރެއިން ވަކި ބައެއްގެ ގައްޤުތަކެއް ހިފަހައްޓަން އިހަވަންދޫ ކައުންސިލުން ނިންމި ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން އެ ކައުންސިލަށް ނިންމޭނެ ކަމެއް ނޫން ކަމަށާ، ޤާނޫނުން އެ ކަންކަން ތަންފީޒު ކުރުމުގެ ބާރުވެސް ނުދޭ ކަމަށެވެ. އެހެންކަމުން އެ ކަންކަމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

ބިދޭސީންނަކީ ރާއްޖޭގައި ދިރިއުޅޭ ސަޕްރެސްޑް މައިނޯރިޓިއަކަށް ވާއިރު، މިގޮތަށް ތަފާތު ކުރުންތަކެއް ގެންގުޅުމަކީ އޭގެ ސަބަބުން އިޖުތިމާއީ އަދި ޖިނާއީ މައްސަލަތަކެއް ނުކުތުމަށް މަގުފަހިކުރާ ކަމެއް ކަމަށް އަލީ ޙުސައިން ފާހަގަކުރެއްވިއެވެ.

ކުށް ކުރާ ކަމަށް ލޭބަލްކޮށް، ބިދޭސީންގެ ތެރެއިން ވަކި ބައެއްގެ ހައްޤުތަކެއް ހިފެހެއްޓުމުގެ ސަބަބުން އިޖުތިމާއީ އަދި ޖިނާއީ މައްސަލަތަކެއް ދިމާވުމުގެ ބިރު އޮތްއިރު، ދާދި ފަހުން އެމެރިކާގައި މިފަދަ މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މުސްލިމުންނާއި ޓެރަރިޒަމާއި ގުޅުވައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކާއި، މުސްލިމުންނާއި ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަށްފަހު މުސްލިމުންނާއި ދެކޮޅަށް ހިންގާ ހޭޓް ކްރައިމްގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ.

އަލީ ޙުސައިން ވިދާޅުވީ، ރަށުގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން އުޅޭނަމަ އެކަން ބަލައި އެފަރާތްތައް އިމިގްރޭޝަނާއި ހަވާލުކުރުމަކީ ކައުންސިލްގެ އިހުތިޞާސްގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ވަކި ބިދޭސީން ވެގެން ހައްގުތަކެއް ނުހިފެހެއްޓޭނެ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން އިތުރަށް ވިދާޅުވީ، ބިދޭސީނަށް ރާއްޖެއަށް އެތެރެވެވެން އޮތީ ކަނޑާ ވައިގެ މަގުން ކަމަށްވާއިރު، ޤަވާއިދާ ޚިލާފަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅުމަކީ މައްސަލައެއް ކަމަށާ، އެކަމުގައި ސަރުކާރުތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުން ބިދޭސީންނާއި ގުޅުން ހުރި އެކި މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުން އެކަށޭނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

ނިމިގެންދިޔަ ހަފްތާގައި އިހަވަންދޫގައި ހިނގި ހާދިސާ އާއި 2002 ވަނަ އަހަރު އެ ރަށުގައި ހިނގި ހާދިސާއެއްގައި ބިދޭސީން ބައިވެރިވެފައިވާއިރު، އިހަވަންދޫ ކައުންސިލުން ބުނީ، މި ކަންކަމުގެ ސަބަބުން އިހަވަންދޫގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށާއި، ރަށް ބަދުނާމުވަމުންދާ ކަމަށެވެ. އަދި އިހަވަންދޫ އަކީ މެހުމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށަކަށްވާއިރު، ރަށުގެ ރައްޔިތެއްގެ އެއްވެސް ބައިވެރިވުމެއް ނެތި ބިދޭސީންގެ އަތުން ރަށުގައި ހުރި މެހެމާނެއް މަރުވެގެން ދިއުމުގެ ސަބަބުން، ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ ބިދޭސީއެއްގެ ފަރާތުން ރަށަށް "ހަޑި ނަމެއް އަންނާކަށް އެއްވެސް ރައްޔިތަކު ނޭދޭ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު