Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ޗައިނާ ގުޅުން

ޗައިނާއަށް އެންމެ ގިނައިން ދަރާފައިވާ ޤައުމުތަކުގެ 3 ވަނައިގައި ރާއްޖެ

ރާއްޖޭގެ އާމްދަނީގެ ނިސްބަތުން 38 އިންސައްތަ ދަރަނި ނިސްބަތްވަނީ ޗައިނާއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 15:02
ކުރީ ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ކުރީ ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ޗައިނާއަށް ދަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ އޮތް ކަމަށް އެ ޤައުމުގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

މި ލިސްޓު އެކުލަވާލައިފައިވަނީ ވޯލްޑް ބޭންކުގެ ޑޭޓާތައް ހިމަނައިގެން ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި މަޖައްލާ ކަމަށްވާ، ފޯބްސް އިންނެވެ. އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ވަނީ ބޮޑެތި އަދަދުތަކުން ޗައިނާއަށް ދަރަނިވެރިވެފައެވެ.

Advertisement - newsAdvertisement

އެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިފައިވަނީ ރާއްޖޭގެ ބޭރުގެ ދަރަންޏާއި ޤައުމުގެ އާމްދަނީގެ ނިސްބަތުން 38 އިންސައްތަ ދަރަނި ޗައިނާއަށް ނިސްބަތްވާތީއެވެ. ލިސްޓުގެ އެއްވަނައިގައި އޮތް އިރުމަތީ އެފްރިކާގެ ޖަބޫޓީގެ އާމްދަނީގެ ނިސްބަތުން 43 އިންސައްތަ ދަރަނި ޗައިނާއަށް ނިސްބަތްވާއިރު ދެވަނައިގައި އޮތް އެންގޯލާގެ 41 އިންސައްތަ ދަރަނި ނިސްބަތްވަނީ ޗައިނާއަށެވެ.

ފޯބްސް އިން ބުނެފައިވާ ގޮތުގައި ޗައިނާއިން އެންމެ ގިނައިން ލޯނުނަގާފައިވަނީ އާމްދަނީ ދަށް ޤައުމުތަކުންނެވެ. ޗައިނާއިން މިފަދަ ޤައުމުތަކަށް ލޯނު ދެނީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ކަމަށާއި އަންބުރާ ދައްކަން ޖެހޭ މުއްދަތު ވެސް އެހެން ޤައުމުތަކަށް ދޭ މުއްދަތަށްވުރެ ކުރުކަން ފޯބްސް އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ދަރަނީގެ ތެރެއިން 1.4 ބިލިއަން އެމެރިކާ ޑޮލަރަކީ ޗައިނާއިން ނަގާފައިވާ ދަރަންޏެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 22 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ހާމަ ކޮށްފައިވާގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2018ގެ ނިޔަލަށް އޭރުގެ ސަރުކާރުން ވަނީ 39 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފައެވެ. މިސާރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނަގާފައިވަނީ 37 ބިލިއަން ރުފިޔާގެ ދަރަންޏެވެ. ޗައިނާއިން އެންމެ ގިނައިން ދަރަނި ނަގާފައިވަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ރާއްޖޭގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ރާއްޖެ-ޗައިނާޗައިނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު