Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުމަތީގައި ޕެލެޓް ބެހެއްޓުން

މަގުމަތީގައި ޕެލެޓް ބަހައްޓާ މީހުން ޖޫރިމަނާ ކުރުން ފަސްކޮށްފި

ޖޫރިމަނާ ކުރުން ފަސްކުރީ އާންމުންނަށް އިތުރަށް ފުރުސަތު ދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 އޯގަސްޓު 2022 | ބުދަ 11:04
މާލެ ސިޓީގެ އެކި ސަރަހައްދުތަކުން މީގެކުރިން ނަގާފައިވާ ޕެލެޓްތައް

މާލެ ސިޓީގެ އެކި ސަރަހައްދުތަކުން މީގެކުރިން ނަގާފައިވާ ޕެލެޓްތައް

ޕާކުކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރާ ގޮތަށް އޮތް އޮތުން ފަސް ކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖޫރިމަނާ ކުރުން ފަސްކުރީ އާންމުންނަށް އިތުރަށް ފުރުސަތު ދިނުމަށް ކަމަށެވެ. ޖޫރިމަނާ ކުރުމަށްވުރެ ވަގުތުދީގެން މައްސަލަ ހައްލުކުރުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އާންމުން ހޭލުންތެރިކުރުވުމަށް ކައުންސިލުން ޕްރޮގްރާމުތައް ހިންގާނެ ކަމަށާއި ފުރުސަތު ދިނުމަށްފަހު، އިތުރަށް ނަސޭހަތް ވެސް ދޭނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރުމަށް ނިންމާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ނިންމާފައި އޮތީ ބުރާސްފަތި ދުވަހުން ފެށިގެން ޖޫރިމަނާ ކުރުމަށެވެ. ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންނާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މޮނިޓާކޮށް ބަލަހައްޓާ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން ޕެލެޓް ބަހައްޓާ ނަމަ ޖޫރިމަނާކުރާނީ މާލޭގެ އާންމު ތަންތަނުގައި ތަކެތި ބަހައްޓާ ނަމަ، ޖޫރިމަނާކުރާނެ އަގުތަކުގެ ދަށުންނެވެ.

އެ އުސޫލުގައި ބުނީ އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ ތަންތަނުގައި ހުއްދަ ނުނަގައި ތަކެތި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި އެ އުސޫލާ ހިލާފަށް ތަންތަނުގައި އެއްޗެހި ބަހައްޓާނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ. އޭގައިވާ ގޮތުން ތަކެތި ބަހައްޓަން ހާއްސަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަނެއްގައި ތަކެތި ބަހައްޓައިފި ނަމަ އެ ފަރާތެއް ފުރަތަމަ ފަހަރަށް 500-1000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

އެކަން ދެވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ އެ ފަރާތެއް 1500ރ. އިން އަދި ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 1800ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް ކައުންސިލްގެ އުސޫލުގައިވެ އެވެ.

އުސޫލުގައި ބުނީ ހަތަރު ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ، ގަވާއިދާ ހިލާފްވެގެން އަަޅަންޖެހޭ ފިޔަވަޅެއް އެޅުމާ އެކު 2000ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ. ގަރާޖު، ގުދަން، ވޯރކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން, ސިޓީ ކައުންސިލަށް ހުށަހެޅުމުން, ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކައުންސިލުން ވަނީ މީގެކުރިން ކުރަހައިދީފައެވެ.

މާލޭގެ މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލަ މީގެކުރިންވެސް ބޮޑުވެގެން މާލޭ ސިޓީ ކައުންސިލުން އެ ޕެލެޓްތައް ދެފަހަރެއްގެ މަތިން ނަގާފައިވެސް ވެއެވެ.

މަގުމަތީގައި ޕެލެޓް ބެހެއްޓުން މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް