Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ނަމުގެ ކުރިޔަށް ޢާންމު ގޮތެއްގައި މުޚާތަބު ކުރެވޭ ދަރަޖައާބެހޭ ރަސްމީ އުސޫލެއް ނެތި 14 އަހަރު

29 އޯގަސްޓު 2022 | ހޯމަ 06:02

އާންމުކޮށް މިހާރު މިބޭނުންކުރާ ދަރަޖައިގައި އެންމެންނަށް މުޚާތަބު ކުރުން އާންމުވީ 1980ން ފެށިގެން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 29 އޯގަސްޓު 2022 | ހޯމަ 06:02
ނަމުގެ ކުރިޔަށް ދަރަޖަ ބޭނުން ކޮށްގެން ކިޔާ ގޮތް ދައްކައިދޭ ލިޔުމެއް

ނަމުގެ ކުރިޔަށް ދަރަޖަ ބޭނުން ކޮށްގެން ކިޔާ ގޮތް ދައްކައިދޭ ލިޔުމެއް

ނަމުގެ ކުރިޔަށް ޢާންމު ގޮތެއްގައި މުޚާތަބު ކުރެވޭ ދަރަޖައާބެހޭ ރަސްމީ އުސޫލެއް ހަމައެއް މިހާރު ނެތެވެ. މިހާރުގެ ޤާނޫނުއަސާސީ (7 އޮގަސްޓު 2008)އާއި ހަމަޔަށް އަމަލުކުރަމުން އައި ރަސްމީ އުސޫލު ވަނީ ބާތިލުވެފައެވެ. އެއިގެ ފަހުން މިވީ 14 އަހަރު މިކަމާބެހޭ ރަސްމީ އުސޫލު ކަނޑައެޅިފައެއް ނެތެވެ. ކުރީގެ އުސޫލަށް ގާނޫނީ ބާރުވެރިކަން ލިބިފައެއްވެސް ނެތެވެ. ވީމާ، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމެކެވެ.

ރަސްމީ އުސޫލު ހަމައެއް ނެތި ރަސްމީ ލިޔެކިޔުންތަކުގައިވެސް އައްޝައިޚު، އަލްއުސްތާޛު ލިޔަމުން ކިޔަމުން ގެންދަނީއެވެ! އާންމު ގޮތެއްގައި އަލްފާޟިލު-އަލްފާޟިލާ މިއީ ނަސަބުގެ ގޮތުން އިއްޒަތްތެރި ބޭފުޅުންނަށް، ކުރިން މުޚާތަބު ކުރެވޭ ލަފުޒެކެވެ. 1960ގެ އަހަރުތަކުގައި، ކަމުވޮށިގެންވާ ބައެއް ބޭކަލުންނަށްވެސް މުޚާތަބު ކުރަން ފެށުނެވެ. އާންމުކޮށް އެންމެންނަށް މުޚާތަބު ކުރުން އާންމުވީ 1980ން ފެށިގެންނެވެ.

އަލްމުޙުތަރަމު_އަލްމުޙުތަރަމާމިއީ (ބޭފުޅުން ފިޔަވައި) ކަމުވޮށިގެންވާ ބޭކަލުންނާއި ކަނބަލުންނަށް މުޚާތަބު ކުރެވުނު ލަފުޒެކެވެ. އެންމެންނަށް އަލްފާޟިލު ކިޔުން 1980ގެ އަހަރުތަކުގައި އާންމުވުމާއެކު އަލްމުޙުތަރަމު ކިޔުން މަދުވެ ހުއްޓުނީއެވެ.

ދަންނު ފަންނު ހުނަރުގެ ގޮތުންއައްޝައިޚުދީނީ ޢިލްމުވެރިންނަށް އެންމެ ކުރީއްސުރެ މުޚާތަބު ކުރެވެއެވެ. އަލްއުސްތާޛުޤާނޫނީ ވަކީލުންނާއި، ބޭރުގެ ޖާމިއާ(ޔުނިވަރުސިޓީ/ކޮލެޖު)ތަކުން މަތީފެންވަރުގެ އިލްމީ ފާސް ހާސިލު ކުރައްވާފައިވާ އިލްމުވެރިންނަށް 1954އިން ފެށިގެން މުޚާޠަބު ކުރެވޭ ލަފުޒެކެވެ. މެޑިކަލް ޑޮކްޓަރުންނަށް ޑޮކްޓަރ ތަޢުލީމީ އެންމެ މަތީ ފާސަ ޕީއެޗްޑީ ޑޮކްޓަރ އެވެ. މަގާމުގެ ގޮތުން އައްސުލްޠާންރަދުންނަށް ސުމުއްވުލްއަމީރު ކިލެގެބޭފުޅުންނަށް ޞާހިބުއްދައުލަތު، ބޮޑުވަޒީރަށް(1954 އިން ފެށިގެން)ޞާޙިބުއް ސަޢާދަތުވަޒީރުންނަށް (1954އިން ފެށިގެން)ޞާޙިބުއް ސަޢާދަތުއޮނަރަބްލް ކަމުގައިވީ މި ޖުމުހޫރިއްޔަތާއެކު 1968ގައެވެ. (މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެފެންވަރުގެ މަޤާމުތަކަށް އޮނަރަބްލް) ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަފީރުން ޞާޙިބުލްފަޚާމަތު (HisExcellency) ނަސަބުގެ ގޮތުންއަލްއަމީރު-އަލްއަމީރާރަސްމަތިފުށު މަނިއްޕުޅުންނާޢި ގޮމައިންނަށްއައްނަބީލު-އައްނަބީލާރަސްކަލުންނަށް ކާފާފުޅު ވިދާޅުވާ މަނިއްފުޅުންނާއި ގޮމައިންނަށްކިލެގެއިންގެ އަނބިއަނބިކަނބަލުންނާ ބޭފުޅުނަށް(އަންނަބީލު-އައްނަބީލާ ތައާރަފުވީ 1940ގެ އަހަރުތަކުގައެވެ)ނަމުގެ ކުރިޔަށް ޢާންމު ގޮތެއްގައި މުޚާތަބު ކުރެވޭ ދަރަޖައާބެހޭ ރަސްމީ އުސޫލެއް ކަނޑައެޅިފައި އޮންނަން އެބަޖެހެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2022

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

05 ޖޫން 2022
މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
22 ޖުލައި 2021

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް