Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް19

ކޮވިޑް 19ގައި މިއަހަރު މިހާތަނަށް އެއްމިލިއަން މަރު

26 އޯގަސްޓު 2022 | ހުކުރު 07:44

ވެކްސިން ދެވުނު މީހުންގެ އަދަދު ދިހައެއް އިންސައްތަ ނުވަތަ އެއަށް ވުރެ ދަށުގަ ހުރި 34 ގައުމަކަށް އެހީވުމަށް މިއަހަރުގެ ޖަނަވަރީ މަހު ޚާއްސަ ޕްރޮގްރާމެއް ފަށާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 އޯގަސްޓު 2022 | ހުކުރު 07:44
ވެކްސިން ދެނީ

ވެކްސިން ދެނީ

ކޮވިޑް19 ބަލީގައި މިއަހަރު މިހާތަނަށް އެއްމިލިއަން މަރު ރިކޯޑް ކުރެވިފައިވާކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް އަދޮނަމް ވިދާޅުވެއްޖެއެވެ. އަދި މި ހިތާމަވެރި ހިސާބަށް އާދެވުމުގެ ނަތީޖާއަކަށް ވާންޖެހޭނީ އިތުރު މީހުންނަށް ވެކްސިން ދެވޭތޯ ބެލުން ކަމަށް ޓެޑްރޮސް ވިދާޅުވެފައިވެއެވެ.

ޖެނީވާގައި ގަވާއިދުން ބާއްވާ ބްރީފިންގގައި ވާހަކަފުޅު ދައްކަވަމުން ޓެޑްރޮސް ވިދާޅުވީ ކޮވިޑް19 ބަލި ކުރިމަތިވެ ދެއަހަރާއި ބައިވެފައިވާއިރު، ބަލި ޖެހުނު ނަމަވެސް މަރުނުވެ ސަލާމަތް ކުރެވޭ ގޮތްތައް ފަހިވެފައި ހުރެމެ، މިއަހަރު އެކަނި އެއްމިލިއަން މީހުން މަރުވެފައިވުމުން، ކޮވިޑާއެކު އުޅެން ދަސްވެފައިވާ ކަމަކަށް ނުބުނެވޭނެ ކަމުގައެވެ. އަދި ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކޮށް ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސް ވީ މީހުން އަދި ހައި ރިސްކް އެންމެންނަށް އަވަހަށް ވެކްސިން ދީ ނިންމާލުމަށް ސަރުކާރުތަކަށް އަނެއްކާވެސް ގޮވާލައްވާފައިވެއެވެ.

އޭނާ ވިދާޅުވީ ވެކްސިން ދެވުނު މީހުންގެ އަދަދު ކުރިން އެހާ މަތި ނޫން ގައުމުތަކުގައި، ޚާއްސަކޮށް އެފްރިކާގެ ގައުމުތަކުގައި ނަމްބަރުތައް މިހާރު މަތިވަމުން އަންނާތީ އެކަމާ އުފާކުރައްވާ ކަމުގައެވެ.

ވެކްސިން ދެވުނު މީހުންގެ އަދަދު ދިހައެއް އިންސައްތަ ނުވަތަ އެއަށް ވުރެ ދަށުގަ ހުރި 34 ގައުމަކަށް އެހީވުމަށް މިއަހަރުގެ ޖަނަވަރީ މަހު ޑަބްލިއުއެޗްއޯއިން ވަނީ ޚާއްސަ "ވެކްސިން ޑެލިވަރީ ޕާޓްނަރޝިޕް ޕްރޮގްރާމް" އެއް ފަށާފައެވެ. މި 34 ގައުމުގެ ތެރޭން 6 ގައުމު ފިޔަވައި އެހެން ހުރިހާ ގައުމަކީ އެފްރިކާ ބައްރުގެ ގައުމުތަކެވެ.

ވެކްސިން ދެވުނު މީހުންގެ އަދަދު ދިހައެއް އިންސައްތަޔަށް ވުރެ ދަށުގައި މިއަދު ވަނީ 10 ގައުމެއްގައެވެ. މި ހުރިހާ ގައުމުތަކަކީ ވެސް ހަނގުރާމަތަކާއި އެހެންވެސް އިންސާނީ މުސީބާތްތައް ކުރިމަތިވެފައިވާ ގައުމުތަކެވެ.

އެންމެ އިސްކަން ދޭން ޖެހޭ މީހުންނަށް ވެކްސިން ދެވިފައިވާ މިންވަރު މަތިކަން ފާހަގަކުރައްވަމުން ޓެޑްރޮސް ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް އަދިވެސް ވަނީ ވެކްސިން ނުދެވި ކަމުން ވެކްސިނޭޝަން ޕްރޮގްރާމް ހަލުވި ކުރުމަށް ކަންތައްތަކެއް ކުރަން އެބަޖެހޭ ކަމުގައެވެ.

ފަގީރު ގައުމުތަކުގެ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ތިންބައިކޮށްފައި ދެބައި މީހުންނާއި އުމުރުން ދުވަސް ވީ މީހުންގެ ހަތަރުބައި ކޮށްފައި ތިންބައި މީހުން، މިހާތަނަށް ވެކްސިން ނުދެވި ވާ މީހުންގެ ތެރޭގައި ހިމެނެއެވެ.

ޓެޑްރޮސް ވިދާޅުވީ އާމްދަނީގެ ގޮތުން ހުރިހާ ފެންވަރެއްގެ ގައުމުތަކުން ވެސް ހައިރިސްކް މީހުންނަށް އިސްކަން ދީ، ފުރާނަ ސަލާމަތް ކޮށްދެވޭނެ ގޮތްތައް އިތުރުކޮށް، ޓެސްޓް ކުރެވޭނެ ގޮތްތައް އިތުރުކޮށް އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލާ އަމަލުކޮށްގެން މެނުވީ މިކަމަށް އެދެވޭ ހައްލެއް ނުލިބޭނެ ކަމުގައެވެ.

ޓެޑްރޮސްގެ ވާހަކަފުޅުގައި ވަނީ މަންކީ ޕޮކްސްގެ ހާލަތާ ބެހޭ ގޮތުންވެސް އަލި އަޅުވާލައްވާފައެވެ. އޭނާ ވިދަޅުވީ މުޅި ދުނިޔެއަށް ބަލާއިރު މިބަލި ފެތުރޭ މިންވަރު ވިހި އިންސައްތަ ދަށްވެފައިވާ ކަމަށާއި އެހެން ނަމަވެސް އެމެރިކާގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. ބަލި ފުރަތަމަ ފެށުނު އިރު ކޭސްތައް ގިނައީ ޔޫރަޕްގައި ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ. ރިޕޯޓުކުރެވިފައި ބަލިމީހުންގެ 40 އިންސައްތަ މިހާރު ޔޫރަޕަށް ނިސްބަތްވާއިރު 60 އިންސައްތަ ނިސްބަތް ވަނީ އެމެރިކާއަށް ކަމަށް އޭނަ ވިދާޅުވި އެވެ.

އަދި އެމެރިކާ އަދި ކެރީބިއަން އަށް މަންކީޕޮކްސް ވެކްސިން ފޯރުކޮށްދިނުމަށް ވެކްސިން ކުންފުނި ބަވޭރިއަން ނޯޑިކް ކުންފުނިން ޑަބްލިއުއެޗްއޯއާ އެކު ނިމުނު ހަފްތާގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެސަރަހައްދުގައި މަންކީޕޮކްސް ކޮންޓްރޯލް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2019

2019: މިއަހަރުވެސް އަނިޔާވެރި 3 މަރު، އެކްސިޑެންޓުތަކުގައި 5 މަރު!

30 ޑިސެމްބަރު 2019
2019: މިއަހަރުވެސް އަނިޔާވެރި 3 މަރު، އެކްސިޑެންޓުތަކުގައި 5 މަރު!
04 ޖެނުއަރީ 2019

މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް

04 ޖެނުއަރީ 2019
މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް
21 ޑިސެމްބަރު 2018

މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟

21 ޑިސެމްބަރު 2018
މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟
23 ޖޫން 2018

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
18 އޮކްޓޯބަރު 2017

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟
02 އޮކްޓޯބަރު 2017

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
15 ޖުލައި 2017

"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟

15 ޖުލައި 2017
"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް