Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ކަނޑުގެ ދިރާސާއެއް ކުރުން

ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަނީ

ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2022 | ހުކުރު 03:24
ރާއްޖޭގެ ކަނޑުތައް

ރާއްޖޭގެ ކަނޑުތައް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަން ނިންމައިފިއެވެ.

މި ދިރާސާއަކީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަނެއް ކަމަށްވާ "ނެކްޓަން" ގުޅިގެން ކުރިއަށްގެންދާނެ ދިރާސާއެކެވެ. މި ދިރާސާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެ، ދިރާސާއިން ލިބޭ މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މި ދިރާސާއާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ނެކްޓަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ 35 ދުވަހަށް ދެމިގެންދާ މި މިޝަން ފަށަން ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މި ދިރާސާ މިޝަންގައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުންނާއި، ދިވެހިރާއްޖެއިން އެކުލަވާލެވިފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކުރާނެ ކަމަށާއި މިއީ މިހާ ފުނަށް ދިވެހިރާއްޖޭގައި ހިންގޭ ފުރުތަމަ ސާރވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މިޝަންގެ ފުރުތަމަ 30 ޑިސެންޓްތައް ލީޑްކުރުމަށްޓަކައި ދިވެހިރާއްޖެއިން 10 މެރިން ސައިންޓިސްޓުން ވަނީ "މޯލްޑިވިއަން އެކުއަނޯޓުން"ގެ ގޮތުގައި ހޮވާފައެވެ. މި ޑިސެންޓްތައް ނުވަތަ ފީނުންތައް ކުރިއަށްދާނީ ކަނޑުގެ އެންމެ ފުނަށްދެވޭ ޒާތުގެ ސަބްމާރސިބަލްތަކެއް ގައެވެ. ދިވެހިރާއްޖެއިން މި މިޝަންގައި ބައިވެރިވުމަށް ހޮވާލެވޭ އެކުއަނޯޓުން އިއުލާން ކުރާނީ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުގައި މާލޭގައި ބާއްވާ ޕްރެސް ކޮންފަރެންސެއް މެދުވެރިކޮށް ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ބޭސްލައިން ހެލްތު ޗެކެއް ކުރިޔަށް ގެންދިޔުމެވެ.

މި ހެލްތު ޗެކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ 20 އިންސައްތަ ޙިމާޔާތްކުރުމަށް ސަރުކާރުން ކަނޑައަޅަފައިވާ ލަނޑުދަނޑި ޙާސިލްކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ލިބިގެންދާނެއެވެ. މިއީ ގާތްގަނޑަކަށް ޖަރުމަންވިލާތުގެ ދެބައިކުޅަ-އެއްބައި ވަރުގެ ސަރަޙައްދެކެވެ.

މި މިޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވީ ޤައުމުގެ 71 އިންސައްތަ އާމްދަނީ އަންނަނީ ކަނޑުތަކުން ކަމަށްވާއިރު މި ސަރުކާރުން ދަނީ ކަނޑުފަޅުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ނޫ އިޤްތިޞާދެއް ބިނާ ކުރުމަށް 5 އަހަރުގެ ޕްލޭނެއްގެ ދަށުން މަސައްކަތްކުރަމުން ކަމަށެވެ. އަދި މި ފެށޭ މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ އިޤްތިޞާދާއި​​ އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ޤާއިމްކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިގޮތުގައި ދުނިޔެއަށް ދިމާވެފައިވާ މޫސުން ބަދަލުވުމުގެ ކާރިސާއިން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު ކަނޑުތައް ހިމާޔަތް ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަނޑުދިރުންތައް ހިމާޔަތް ކުރަން ޖެހޭކަމަށެވެ. އެކަން ކުރެވޭނީ ކަނޑުގައިވާ ދިރުންތަކުގެ މައުލޫމާތު އެއްކޮށް ދިރާސާ ކުރެވިގެން ކަމަށާއި މި މިޝަންއާއެކު ފެށިގެންދަނީ ކަނޑުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންބޮޑެވެ. ނަމަވެސް، ދިވެހި ކަނޑުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބިގެންދާ މިފަދަ ދިރާސާތަކާއެކު، ކަނޑުތައް ޙިމާޔާތްކޮށް މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތައް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މިޝަން ކުރިއަށްގެންދާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާރސިޓީ އޮފް އޮކްސްފޯރޑްގެ ތަޖުރިބާކާރެއް ކަމުގައިވާ ޕްރޮފެސަރ ލޫސީ ވުޑާލް ވިދާޅުވީ މި ދިރާސާއިން ފަރުތަކާއި މަސް އާލާވާ މުހިންމު ތަންތަން ފާހަގަކޮށް ސަރުކާރަށް އެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި މިޝަންއާއެކު ދިވެހިރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރާނެއެވެ. މި މިޝަންގައި ޖުމްލަ 40 ބައިވެރިން ބައިވެރިވާނެއެވެ. އެއީ 16 ދިވެހި ބައިވެރިންނާއި 24 ބައިނަލްއަޤްވާމީ ބައިވެރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު