Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޕަނީޒް ގްރާންޓް އެއިޑް

ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ރާއްޖެއަށް ދޭ ސްކޮލަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

24 އޯގަސްޓު 2022 | ބުދަ 10:40

މިއީ މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕްތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޯގަސްޓު 2022 | ބުދަ 10:40
ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކުރުން

ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކުރުން

ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޖޭޑީއެސްގެ ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ޖަޕާނުން ރާއްޖެއަށް ވަމުން ގެންދާ އެހީއަށް ޖަޕާނު ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަޝިޕްގެ ދަށުން އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ފުޅާވަމުން ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ދެވޭ ލޯނާއި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމް ކުރާ ޓިވެޓް ސެންޓަރުތަކާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލަރޝިޕްތަކެކެވެ. އޭގެ ތެރޭގައި އެންވަޔަރަމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓާއި އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ހިމެނެއެވެ. މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

އޭގެ ތެރޭގައި މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓަރ އޮފް އާޓްސް އިން ޕަބްލިކް ޕޮލިސީ ހިމެނެއެވެ. އޭގެ އިތުރަށް މާސްޓަރ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕް އަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 22 އަހަރާއި 39 އަހަރު މީހަކަށްވާންޖެހޭއިރު އެމީހެއްގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނަން ޖެހެއެވެ. އަދި ސިވިލް ސާވަންޓެއް ނުވަތަ މިނިވަން މުވައްސަސާއެއްގެ ދާއިމީ މުވައްޒަފަކަށް ވާންޖެހެ އެވެ. މީގެ އިތުރަށް މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމަކީވެސް ޝަރުތެކެވެ.

ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ. މިއަދު ސޮއި ކުރެވުނު ސްކޮލަރޝިޕްތަކަށް އިއުލާން ކުރާނީ މި އަހަރުގެ ފަހުކޮޅުގައެވެ.

ޖޭޑީއެސްގެ މި ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޖަޕާނުން އެހީ ފޯރުކޮށްދިނުމުގެ ގޮތުންދޭ ސްކޮލަރޝިޕްތަކެކެވެ. 2020 ވަނަ އަހަރުން ފެށިގެން ޖޭޑީއެސްއިން  ދޭ މި ސްކޮލަރޝިޕްގައި މިހާރުވެސް 13 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މިއީ ޖޭޑީއެސް އިން މި ސްކޮލަރޝިޕް ދޭ ތިންވަނަ އަހަރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް