Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޤަވާއިދު

ޓެކްސީތަކުގައި ކެމެރާ ހަރުކުރުން މަޖުބޫރުކޮށް ޤަވާއިދު ގެޒެޓުކޮށްފި

24 އޯގަސްޓު 2022 | ބުދަ 09:46

ޤަވާއިދަށް އަމަލުކުރަން ފަށާނީ 6 މަސް ފަހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޯގަސްޓު 2022 | ބުދަ 09:46
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން މަޖުބޫރުކޮށް ޓެކްސީ ޤަވާއިދު ވަނީ ގެޒެޓުކޮށްފައި

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން މަޖުބޫރުކޮށް ޓެކްސީ ޤަވާއިދު ވަނީ ގެޒެޓުކޮށްފައި

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން މަޖުބޫރުކޮށް ޓެކްސީ ޤަވާއިދު ގެޒެޓުކޮށްފިއެވެ.

މި ޤަވާއިދު ގެޒެޓުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ޤަވާއިދަށް އަމަލުކުރަން ފަށާނީ 6 މަސް ފަހުންނެވެ.

Advertisement - newsAdvertisement

ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޓެކްސީގެ ޚިދުމަތް ދިނުމަށް އަގު ނަގަންވާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އަދަދުތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ. އަދި ޓެކްސީގެ ޚިދުމަތް ލިބިގަންނަ ފަސިންޖަރުން، އަތުން ހިފައިގެން ހުންނަ އަތްދަބަހާއި ކޮތަޅުފަދަ ތަކެއްޗަށް އިތުރު އަގެއް ނަގައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު، މި އުސޫލުތަކާއި ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަގު ނެގުމަކީ މަނާކަމެއްކަންވެސް ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ޓެކްސީން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި ޑްރައިވަރުން އެހީތެރިވާންޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. ޚާއްޞަކޮށް، ބަލިމީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިޙުސާސް ކުރަން ޖެހިފައިވާ މީހުން ޓެކްސީއަށް އަރައި ފޭބުމުގައްޔާއި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާއި ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި އެހީތެރިވާން ޖެހެއެވެ.

އަދި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަންވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ޕްރައިވެޓް ހަޔަރގައި ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް ޓެކްސީގެ ޚިދުމަތް ދެވޭނީ، މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަން (އެޕް) އެއް މެދުވެރިކޮށް ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އެގޮތުން އެ މިންގަނޑުތައް ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުންވެސް ލާޒިމުކޮށްފައިވާއިރު، ޑޭޝް ކެމަރާ އިން ރެކޯޑް ކުރާ މަންޒަރުތައް ހަތް ދުވަހުގެ މުއްދަތަކަށް ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހެއެވެ.

މި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފައިވާކަމުގެ ޝަކުވާ، އެކަން ހިނގާތާ އެންމެ ގިނަވެގެން (3 ތިނެއް) ދުވަހުގެ ތެރޭގައި އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުން މިނިސްޓްރީއަށް ހުށައެޅިދާނެކަމަށް ޤަވާއިދު ބުނެއެވެ. ަކުވާގެ އިތުރުން، މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި ފާހަގަކުރެވޭ ކަމަކާ ގުޅިގެން ނުވަތަ ފުލުހުންގެ ފަރާތުން ހުށަހަޅާ ކަމަކާ ގުޅިގެންވެސް ޝަކުވާ ބެލިދާނެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2018

ފާރިސްގެ ޖަލު ގޮޅިތެރޭގައި ކެމެރާ އަޅާފައި ހުރުމަކީ އިންސާނިއްޔަތާ ޚިލާފް ކަމެއް: އެޗްއާރްސީއެމް

15 މާރިޗު 2018
ފާރިސްގެ ޖަލު ގޮޅިތެރޭގައި ކެމެރާ އަޅާފައި ހުރުމަކީ އިންސާނިއްޔަތާ ޚިލާފް ކަމެއް: އެޗްއާރްސީއެމް
01 ޖެނުއަރީ 2018

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮންމެ މަހަކު ޕީޕީއެމަށް ޚަރަދު ކުރަން މަޖުބޫރުކޮށްފި

01 ޖެނުއަރީ 2018
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮންމެ މަހަކު ޕީޕީއެމަށް ޚަރަދު ކުރަން މަޖުބޫރުކޮށްފި
21 އޮކްޓޯބަރު 2017

ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ބިރު ދައްކައި މަޖުބޫރުކޮށްގެން: އާޒިމް

21 އޮކްޓޯބަރު 2017
ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ބިރު ދައްކައި މަޖުބޫރުކޮށްގެން: އާޒިމް
19 އޮކްޓޯބަރު 2017

ކުޑަ ގަނޑުކޮޅެއްގައި ނަމްބަރު ޖަހައި، މިރޭގެ ޖަލްސާއަށް ދިޔުމަށް ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރުކޮށްފި

19 އޮކްޓޯބަރު 2017
ކުޑަ ގަނޑުކޮޅެއްގައި ނަމްބަރު ޖަހައި، މިރޭގެ ޖަލްސާއަށް ދިޔުމަށް ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރުކޮށްފި
11 އޮކްޓޯބަރު 2017

މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިއުމަށް ސްޓެލްކޯގެ މުއައްޒަފުނަށް މަޖުބޫރުކޮށް ކުންފުނީގެ ބައެއް އިވެންޓްތައް ވެސް ކެންސަލް!

11 އޮކްޓޯބަރު 2017
މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިއުމަށް ސްޓެލްކޯގެ މުއައްޒަފުނަށް މަޖުބޫރުކޮށް ކުންފުނީގެ ބައެއް އިވެންޓްތައް ވެސް ކެންސަލް!
02 އޮކްޓޯބަރު 2017

ފުލުސް އޮފީހަށް 100 އެކްސިސް ކެމެރާ ހޯދުމަށް އިއުލާން ކޮށްފި

02 އޮކްޓޯބަރު 2017
ފުލުސް އޮފީހަށް 100 އެކްސިސް ކެމެރާ ހޯދުމަށް އިއުލާން ކޮށްފި
01 އޯގަސްޓު 2017

މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!

01 އޯގަސްޓު 2017
 މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް