Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެސްޓުގެ ޝަރީއަތް

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓު ހޯދީ ރަނގަޅަށް؛ ހައި ކޯޓު

22 އޯގަސްޓު 2022 | ހޯމަ 14:24

ކްރިމިނަލް ކޯޓުން އެ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް ހުކުމް ކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2022 | ހޯމަ 14:24
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލަކު ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލަކު ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓް ހޯދީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ޕެސްޓުގެ ފަރާތުން ވަނީ ދިފާއުގެ ހުށައެޅުންތަކަށް ގޮތް ނިންމާފައެވެ.

Advertisement - newsAdvertisement

ދައުލަތުން އޭނާއާއި ދެކޮޅަށް ހުށައަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ނިންމުމަކަށް ވާސިލުވުމަށް ބޭނުންކުރި "ވޯކްލޮގް" އެއް ހާމަ ކޮށްދިނުމަށް އެދި ޕެސްޓުގެ ފަރާތުން ހުށައެޅިއެވެ. އަދި އެ ރިޕޯޓުގެ ނިންމުމަކަށް ވާސިލުވުމަށް ތަހުލީލުގައި ބޭނުންކޮށްފައިވާ ސޮފްޓްވެއަރ އިން ޖެނަރޭޓްކުރާ އޮޓޮމޭޓަޑް ރިޕޯޓުވެސް ހާމަކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ބޭންކް  "ސްޓޭޓްމަންޓު" ތަކާއި މުއާމަލާތްތަކުގެ ތަފްސީލުތައް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ވެސް ޕެސްޓުގެ ވަކީލް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކޯޓު މެދުވެރިނުކޮށް ހޯދޭނީ ކަސްޓަމަރުގެ އެކައުންޓުތަކާއި، ޑިޕޮސިޓްތައް ފަދަ އެކައުންޓުގެ މައުލޫމާތުކަމަށް ދިފާއުން ބަޔާންކޮށްފައިވެއެވެ. އެކަން ދިވެހިރާއްޖޭގެ ބޭންކިންގ އާއި ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.އެހެންކަމުން، ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓު ހެކީގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަތުމަށް ވަނީ ހުށައަޅާފައެވެ.

އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުރަންޖެހޭ ކަންކަމުގައި ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ ކަމަށް ފާހަގަކޮށްފައެވެ. އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ސްޓޭޓްމަންޓު ހޯދުމަށް ފޮނުވި ސިޓީގައި އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ ކަމެއް ފާހަގަކޮށްފައި ނުވާކަން މައްސަލަ ބެއްލެވި ގާޒީ ވަނީ ފާހަގަކުރައްވާފައެވެެ. އެހެންކަމުން ދައުލަތުން ބުނާ ބުނުމާއި، ސިޓީގައި ހުރި ކަންކަން ދިމާނުވާކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ. އެކަންކަމަށް ރިއާޔަތްކުރެއްވުމަށް ފަހު ގާޒީ ވަނީ އޭނާގެ އެކައުންޓް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިނުގަތުމަށް ނިންމަވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އެހެންނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކިތާބީ ހެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ، (ބޭންކް ސްޓޭޓްމެންޓްތަކަކީ) ގާނޫނާއި އެއްގޮތަށް ހޯދާފައިވާ ތަކެތި ކަމަށް ކަނޑައަޅާފައެވެ. އަދި އެ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ވަނީ ޙުކުމްކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

ޔާމީިންގެ މަރުގެ މައްސަލައިގައި އިސްމާއިލް ރަޝީދު ބަންދުކޮށްފައިވަނީ ރަނގަޅަށް: ހައިކޯޓް

20 ޖުލައި 2017
ޔާމީިންގެ މަރުގެ މައްސަލައިގައި އިސްމާއިލް ރަޝީދު ބަންދުކޮށްފައިވަނީ ރަނގަޅަށް: ހައިކޯޓް
08 ޖޫން 2017

މަހްލޫފް 6 މަހަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓް

08 ޖޫން 2017
މަހްލޫފް 6 މަހަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓް
20 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

20 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް