Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މާވިންއަށް ކުރާ ދައުވާ: ތަރުޖަމާނު ނެތުމުން އަޑުއެހުން ކެންސަލް

ތަރުޖަމާނު ބަލިވެ އުޅޭކަން އަންގައި ކޯޓަށް ސިޓީއެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2022 | އާދީއްތަ 07:48
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް، ތަރުޖަމާނު ބަލިވެ އުޅޭކަން އަންގައި ކޯޓަށް ސިޓީއެއް ހުށައަޅާފައިވާތީ، މި މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

Advertisement - newsAdvertisement

މާވިންއަށް ކުރާ ދައުވާގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 27 ޖޫން 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި  އޮތީ ދައުލަތުން ހެކި ހާމަ ކުރުމާއި، މާވިންގެ ބަންދު މުރާޖައާގެ ބައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހުށައަޅާ ހެކި ހާމަކޮށްފައެވެ. އަދި ދިފާއުން ވަނީ ހެކި ހުށައަޅަން އިތުރު ފުރުސަތަކަށް އެދިފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ލިއުމުން ދިފާއީ ހެކި ހުށައަޅަން 7 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މި މައްސަލައިގެ މަދަނީ މިންގަނޑުން ގޮތެއް ނިންމަވަމުން އެ ދުވަހު ގާޒީ ވިދާޅުވީ، މިއީ މަަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ޝަރީއަތަށް ބުރަވެވޭ ކަަމަށެވެ. އެއަށްފަހު ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެފަރާތަށްވެސް 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެ ދުވަހު ބޭއްވި އަޑުއެހުމުގައި މާވިންގެ ބަންދު މުރާޖައާވެސް ކުރިއަށް ގެންގޮސްފައިވާއިރު، ބަންދު މުރާޖައާއާ ގުޅޭގޮތުން ދައުލަތުން ފާހަގަކޮށްފައިވާ ގޮތުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުމަށް ބަދަލު ގެންނަންޖެހޭ ޙާލަތެއް ނެތެވެ. ދިފާއުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.

މައްސަލަ ބައްލަވާ ގާޒީވެސް ވަނީ އޭނާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު