Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ފަހަތުން އަރައި ތިން ލަނޑު ޖަހައި، ބްރެމެން އިން ޑޯޓްމަންޑު ބަލިކޮށްފި

21 އޯގަސްޓު 2022 | އާދީއްތަ 03:17

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމަންޑް ބަލިވީ 3-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2022 | އާދީއްތަ 03:17
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ވާޑާ ބްރެމަންއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން ހިތްދަތި ގޮތަކަށް ބޮރޫޝިއާ ޑޯޓްމަންޑު ބަލިވެއްޖެއެވެ.

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމަންޑް ބަލިވީ 3-2 އިންނެވެ. އެއީ މެޗުގައި ޑޯޓްމަންޑުން ދެ ލަނޑުގެ ލީޑެއްގައި އޮއްވާ، ފަހު ވަގުތުގެ ތެރޭގައި ބްރެމަން އިން ވަނީ ތިން ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ހޯދާފައެވެ.

ޑޯޓަމްންޑުގެ ފުރަތަމަ ލަނޑު ޖޫލިއަން ބްރަންޑްޓް ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ 77 ވނަ މިނެޓުގައި ޖެހީ ރަފައެލް ގަރޭރޯއެވެ. ލީޑުގައި އޮވެ ޑޯޓްމަންޑުން ކުޅެމުން ދަނިކޮށް، މެޗުގެ 89 ވަނަ މިނެޓުގައި ލީ ބުޗާނަން ވަނީ ލަނޑެއް ޖަހައި ބްރެމަންއަށް އުންމީދެއް ހޯދައިދީފައެވެ.

ބްރެމަންގެ ފަހު ދެ ލަނޑު ވެސްް ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެެއްކި ފަސް މިނެޓުގެ ތެރޭގައެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ނިކްލަސް ޝްމިޑްޓް ޖެހި ލަނޑުން ބްރެމަން އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޕްރެޝަރުގައި ޑޯޓްމަންޑުން އޮއްވާ ފަސް ވަނަ މިނެޓުގައި އޮލިވާ ބާކް ވަނީ ބްރެމަން މޮޅުކޮށްދިން ލަނޑު ޖަހާފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރެމަން އޮތީ ތާވަލްގެ އަށް ވަނަ މަގާމުގައެވެ. އެއީ ތިން މެޗުން ޖުމުލަ ފަސް ޕޮއިންޓް ހޯދައިގެންނެވެ. ތިން މެޗުން ޑޯޓްމަންޑަށް ލިބެނީ ހަ ޕޮއިންޓެވެ. އެ ޓީމު އޮތީ ހަތް ވަނައިގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް