Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް

އެކައުންޓިންގ ސްޓޭންޑަރޑްތަކަށް ޚާއްސަ ފޯރަމެއް ސީއޭ މޯލްޑިވްސްއިން ފަށައިފި

20 އޯގަސްޓު 2022 | ހޮނިހިރު 09:09

މި ފޯރަމުގައި 200 މީހުން ބައިވެރިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 އޯގަސްޓު 2022 | ހޮނިހިރު 09:09
ސީއޭ މޯލްޑިވްސްއިން ފެށި ފޯރަމުގެ ތެރެއިން

ސީއޭ މޯލްޑިވްސްއިން ފެށި ފޯރަމުގެ ތެރެއިން

އެކައުންޓިން ސްޓެންޑަރޑްތަކަށް ޚާއްސަކޮށްގެން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އިން ފޯރަމެއް ފަށައިފިއެވެ.

އައި.އެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސް ފޯރަމް ސީއޭ މޯލްޑިވްސްއިން ކުރިއަށްގެންދާނީ ދެ ދުވަހުގެ މުއްދަތަކަށް، ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. މި ފޯރަމް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ސީއޭގެ މޯލްޑިވްސްގެ ކައުންސިލް މެމްބަރ ފަތުހުﷲ ޖަމީލްއާއި ސީއޭ މޯލްޑިވްސްގެ ކައުންސިލްގެ އިތުރުން ޓެކްނިކަލް އެންޑް ސްޓޭންޑަރޑް ކޮމިޓީގެ މެމްބަރުންނާއި އެކައުންޓިންގ ދާއިރާގެ ފުންނާބު އުސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިއީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް (އެމްއައިސީޕީއޭ)ގެ އެހީތެރިކަމާއެކު ސީއޭ މޯލްޑިވްސްއިން ކުރިއަށްގެންދާ ފޯރަމެކެވެ. އެގޮތުން، އެ އިންސްޓިޓިއުޓްގެ ދެ މެމްބަރަކު މި ފޯރަމުގައި ސެޝަންތައް ކުރިއަށްގެންދާނެއެވެ. އެމްއައިސީޕީއޭގެ ދެ މެމްބަރުންގެ އިތުރުން ކުރީގެ އޮޑިޓަރ ޖެނެރަލް އަދި ނައީމް އެންޑް ޖިނާން އެލްއެލްޕީގެ ޕާޓްނަރ އިބްރާހިމް ނައީމްގެ ފަންނީ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މި ފޯރަމުގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމެޖެހިފައިވަނީ އެކައުންޓިންގ ސްޓޭންޑަރޑްތައް ކަމަށްވާ އައި.އެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސްގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، އަލަށް ނެރުނު ސްޓޭންޑަރޑްތަކުގެ އިތުރުން އެ ސްޓޭންޑަރޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަންތަކަށެވެ. މި ސެޝަންތަކުގެ ޒަރީއާއިން، އޮޑިޓް ފަރމްތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ސީއޭ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވީ، ރާއްޖޭގައިވެސް މާލީ ރިޕޯޓުތަކަކީ ގިނަ ބަޔަކު އެކި ކަންކަމުގައި ބޭނުންކުރާ އެއްޗަކަށްވުމުން، އެ ހުރިހާ ރިޕޯޓުތަކެއް އެއް ސްޓޭންޑަރޑްތަކަކަށް ހެދުން މުހިންމުކަމަށެވެ. މި ރިޕޯޓުތަކަކީ ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ބަލާ ރިޕޯޓުތަކެއްކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވީ، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އައި.އެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސް ފަދަ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ފޯރަމެއް ބޭއްވުމުގައި އެމްއައިސީޕީއޭއިން ސީއޭ މޯލްޑިވްސްއަށް ދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެ އިންސްޓިޓިއުޓަށް ނިޔާޒީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސީއޭ މޯލްޑިވްސްއިން ބުނިގޮތުގައި މިފަދަ ފޯރަމެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެމްބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން މި ފޯރަމްގައި ބައިނަލްއަގުވާމީ އޮޑިޓިން ހަމަތަކަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން އޮޑިޓަރުންނާ އެކައުންޓެންޓުންގެ މަސައްކަތަށް އަންނާނެ ބަދަލުތަކަށް އަލިއަޅުވާލާނެ ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.

މި ފޯރަމްގައި، އޮޑިޓް ފަރމްތަކާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 200 މީހުންބައިވެރިވެއެވެ.

ސީއޭ މޯލްޑިވްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2022

އެކައުންޓެންޓުންގެ ފޯރަމުގައި ބައިވެރިވާން ހުޅުވާލައިފި

14 އޮކްޓޯބަރު 2022
އެކައުންޓެންޓުންގެ ފޯރަމުގައި ބައިވެރިވާން ހުޅުވާލައިފި
13 ޖުލައި 2022

އެކައުންޓިންގ ދާއިރާގެ ފަރާތްތަކަށް ޚާއްސަ ޓެކްނިކަލް ފޯރަމެއް ބާއްވަނީ

13 ޖުލައި 2022
އެކައުންޓިންގ ދާއިރާގެ ފަރާތްތަކަށް ޚާއްސަ ޓެކްނިކަލް ފޯރަމެއް ބާއްވަނީ
17 އޯގަސްޓު 2017

މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ

17 އޯގަސްޓު 2017
މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ
15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް