Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކައުންޓިންގ ދާއިރާގެ ޚާއްސަ ފޯރަމެއް

އެކައުންޓިންގ ދާއިރާގެ ފަރާތްތަކަށް ޚާއްސަ ޓެކްނިކަލް ފޯރަމެއް ބާއްވަނީ

މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 11އާ ހަމައަށް ވަނީ ހުޅުވާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖުލައި 2022 | ބުދަ 16:32
ސީއޭ މޯލްޑިވްސް

ސީއޭ މޯލްޑިވްސް

ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އައިއެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސް ފޯރަމްގެ ނަމުގައި ޚާއްސަ ޓެކްނިކަލް ފޯރަމެއް ބޭއްވުމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، (ސީއޭ މޯލްޑިވްސް)އިން ނިންމައިފިއެވެ.

މި ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އަންނަމަހުގެ 20ން 21އަށެވެ. މި ފޯރަމް އޮންނާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ.

ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 11އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯރަމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ސީއޭ މޯލްޑިވްސުން ބުނެއެވެ.

މިއީ ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި ރާއްޖޭގައި އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެއްކަމަށް ސީއޭ މޯލްޑިވްސުން ބުނެއެވެ.

މި ފޯރަމްގައި މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް (މިކްޕާ)ގެ 2 މެމްބަރުންގެ އިތުރުން ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކައުންޓިންގ ސްޓޭންޑަޑްގެ އެންމެފަހުގެ އަޕްޑޭޓްތަކާއި، އަލަށް ނެރުނު ސްޓޭންޑަޑްތަކުގެ އިތުރުން ސްޓޭންޑަޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަނަށެވެ.

ސީއޭ މޯލްޑިވްސުން ބުނީ މި ފޯރަމް އަމާޒުކޮށްފައިވަނީ އެ އިންސްޓިޓިއުޓްގެ މެމްބަރުންނަށާއި އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެކައުންޓިންގ ދާއިރާގައި ތައުލީމު ހާސިލުކުރަމުންގެންދާ ދަރިވަރުންނަށްކަމަށެވެ.

މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންސްޓިޓިއުޓްގެ މެމްބަރުން ފީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު، މެމްބަރުން ނޫން ފަރާތްތަކުން 2000 ރުފިޔާ އަދި ދަރިވަރުން 750 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ސީއޭ މޯލްޑިވްސް

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2022

އެކައުންޓެންޓުންގެ ފޯރަމުގައި ބައިވެރިވާން ހުޅުވާލައިފި

14 އޮކްޓޯބަރު 2022
އެކައުންޓެންޓުންގެ ފޯރަމުގައި ބައިވެރިވާން ހުޅުވާލައިފި
20 އޯގަސްޓު 2022

އެކައުންޓިންގ ސްޓޭންޑަރޑްތަކަށް ޚާއްސަ ފޯރަމެއް ސީއޭ މޯލްޑިވްސްއިން ފަށައިފި

20 އޯގަސްޓު 2022
އެކައުންޓިންގ ސްޓޭންޑަރޑްތަކަށް ޚާއްސަ ފޯރަމެއް ސީއޭ މޯލްޑިވްސްއިން ފަށައިފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު