Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ހަވާލޭ ވަތަން" ޖަލްސާ

މިސަރުކާރުން ކޯލިޝަން ދަމަހައްޓަނީ ކޮންމެ ބަޔަކަށްވެސް ލިބޭ ބައި ބޮޑުކުރަން: ޔާމީން

މިހާރުގެ ކޯލިޝަނަކީ އިޚްލާސްތެރި ކޯލިޝަނެއް ނޫންކަމަށް ޔާމީން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޯގަސްޓު 2022 | ހޮނިހިރު 05:21
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ފަޚުރުވެރިކަމާއެކު ވިދާޅުވާ ވާހަކައަކީ މިސަރުކާރުގެ ކޯލިޝަން ނޫނީ ދެމެހެއްޓުނު ކޯލިޝަނެއް ނެތް ވާހަކަކަމަށާ،އި ނަމަވެސް އެއީ ކަން އޮތްގޮތްތޯ ސުވާލުކުރައްވައި، ސަރުކާރު ކޯލިޝަނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ކަނޑައަޅައި، ޓިކެޓް އެރުވުމަށް ބޭއްވި "ހަވާލޭ ވަތަން" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ، މިހާރުގެ ކޯލިޝަނަކީ އިޚްލާސްތެރި ކޯލިޝަނެއް ނޫންކަމަށް ވިދާޅުވެފައެވެ. ޔާމީން ވަނީ އެންމެ ކައިރިން ބުރަކައްޓަށާއި އަރިކައްޓަށް ހަންޖަރު ޖަހައިގެން ކޯލިޝަން ދަމަހައްޓާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

ޔާމީން ވިދާޅުވީ ރައީސް ސޯލިހު ކޯލިޝަން ދަމަހައްޓަވަނީ ރަށްތަކާއި ފަޅުތަކާއި ސެޓްލްމަންޓްތަކާއި ވެންޓިލޭޓަރުތައް އަތްޕުޅުމައްޗަށް ލައްވައިގެންކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމެއް އިސްތިގުލާލެއް ނެތްކަމަށެވެ. ނަމަވެސް މިކަންކަމާމެދު އަޑުއުފުލައި ވާހަކަދައްކަން ކެރޭ ސިޔާސީ ލީޑަރެއް ނެތްކަމަށެވެ.

އެހެންކަމުން އެކަން ކުރަންޖެހެނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންކަމަށެވެ. ގައުމުގެ ބަހާތައް ހިމާޔަތްކުރަން ބޭނުންވާ އިޚްލާސްތެރި ލީޑަރެއް ނެތްކަމަށާއި ކޮންމެ ލީޑަރަކުވެސް ބަލަނީ މިވެނި މީހަކު ރައީސްކަމަށް އައުމުން އެމީހަކަށް ލިބޭނީ ކޯއްޗެއްތޯ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ކޯލިޝަން ހަދާނެކަމަށް ވިދާޅުވެފައިވާނެކަމަށާއި، ކޯލިޝަން ހެދިނަމަވެސް ދިވެހިންގެ މުދަލާއި ދިވެހިންގެ ފަޅުރަށްތައް ހިތުހުރި ގޮތަކަށް ބެހޭނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ.

ޕީޕީއެމްޕީޕީއެމް / ޕީއެންސީ ސަޕޯޓަރުންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު