Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް 200 އަށްވުރެ ގިނަ މީހުން މާލެ އައިސްފި

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް އޮންނާނީ މި މަހުގެ 19ން 21ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 12:14
އެމްޑީޕީ ކޮންގްރެސްއަށް މީހުން މާލެ އައުން

އެމްޑީޕީ ކޮންގްރެސްއަށް މީހުން މާލެ އައުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންގްރެސްގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ މީހުން މާލެ އައިސްފިއެވެ.

ކޮންގްރެސް އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އައި މީހުންނަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީ ޕީޖީ ގްރޫޕްގެ އިސް މެމްބަރުން ވަނީ އެއް ނަންބަރު ޖެޓީއަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކޮންގްރެސްއާއި މެދު ކުރެވޭ އުންމީދު ބޮޑުކަމަށެވެ. އަދި ކޮންގްރެސް އަށް ހުށަހަޅާފައިވާ ޤަރާރަށް ތާއީދު ކުރާ ކަމަށް ވެސް އެކަކު ވަނީ ބުނެފައެވެ.

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް އޮންނާނީ މި މަހުގެ 19ން 21އަށެވެ.

އެ ޕާޓީން ބުނި ގޮތުގައި މި ކޮންގްރެސް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ. ކޮންގްރެސް ފެށުމުގެ ގޮތުން 19 ވަނަ ދުވަހުގެ ހަވީރު، އެމްޑީޕީ އިން ފާއިތުވި 17 އަހަރު ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

އަދި މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ ކޮންގްރެސް ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، ޤައުމީ މަޖިލީޙުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އެއީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅައި މަޝްވަރާ ކުރުމެވެ. ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސް އަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ފުރުސަތެއް ލިބޭ ފުރަތަމަ ކޮންގްރެސްއެވެ.

މި ކޮންގްރެސްގައި އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވުމަށް އެމްޑީޕީގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކަށް ވެސް ދައުވަތު އަރުވަން ވަނީ ނިންމާފައެވެ.

އެމް.ޑީ.ޕީ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

20 އޯގަސްޓު 2022
ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

19 އޯގަސްޓު 2022
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2022
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު